Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުޚީ

ހަލާކުވެ ދަންދެން ފަނޑިޔާރުގެ އިސްލާހުކުރުމުގެ ވާހަކަ ދައްކާނަން: އިމްތިޔާޒު

25 އެޕްރީލު 2019 | ބުރާސްފަތި 03:51

ފަޑިޔާރުގެއާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ކުށެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 25 އެޕްރީލު 2019 | ބުރާސްފަތި 03:51
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

ގައުމާއި ދަރިންގެ ހައްގާއި ކުރިމަގަށް ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކަންޖެހޭ ކަމަށާއި، އޭނާ ހަލާކުވެދާނީ ފަނޑިޔާރުގެ އިސްލާހުކުރާ ވާހަކަ ދައްކައިގެން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި އިމްތިޔާޒު ވިދާޅުވީ ފަނޑިޔާރުގެއާބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ކުށެއް ނޫން ކަމަށާއި ފަނޑިޔާރުން ވަކި ކުރެވޭނެ ވާހަކަ ދެއްކުން ވެސް އެއީ ކުށެއް ނޫން ކަމަށެވެ. ކުށަކަށް ނުވާ ކަމެއްގައި ބިރު ދައްކައި، މައްސަލަ ބެލުމަށް ތަންތަނަކަށް ނުވެސް ގެންދެވޭނެ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިމްތިޔާޒު ވިދާޅުވީ ފަނޑިޔާރުންގެ ވާހަކަ ދެއްކުމުން ވަކި ތަނަކަށް ގެންގޮސް ސުވާލުކުރުމަކީ ބިރު ދެއްކުން ކަމަށެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުން ކަންކަން ކުރާ ގޮތުގެ ވާހަކައާ، މިހާތަނަށް ކަންތައްތައް ހިންގާފައިވާ ގޮތުގެ ވާހަކަ ދެއްކުން އެއީ ކުށެއް ކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ގާނޫނެއް ރާއްޖޭގައި ނެތް ކަމަށެވެ. ކުށެއް ކަމަށް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ހަދައިގެން މެނުވީ އެއްވެސް މީހަކަށް އަދަބެއް ނުދެވޭނެ ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ އަދުލް އިންސާފަކީ އެންމެންގެ ހައްގެއް ކަމަށާއި، އިންސާފު ނުލިބޭނަމަ އެ ވާހަކަ ދައްކާނެ ކަމަށާއި، އެއީ އެ މީހެއްގެ ހައްގެއް ކަމަށެވެ. މީގެ އިތުރުން އިމްތިޔާޒު ވިދާޅުވީ އިންސާފު ހޯދުމަށް ރާއްޖޭގެ ފަނޑިޔާރުގޭގައި މި ހިންގަމުންދާ ނާއިންސާފުތަކުގެ ވާހަކަ ދައްކަންޖެހޭ ކަމަށާއި، ރައްޔިތުންނަށް ކަންކަން އޮޅުން ފިލުވައިދޭންޖެހޭ ކަމަށެވެ.

''ގަދަ އަޑުން އެ ވާހަކަ ދެއްކުން. ވީހާ ވެސް ބާރަށް އެވާހަކަ ދެއްކުން. ހުރިހާ ތަނެއްގައި ވާހަކަ ދެއްކުން. ކޯޓު ތެރޭގައި ވެސް، މަގުމަތީގައި މަޖިލީހުގައި ވެސް ދެންވެސް ހުރިއްޔާ ހުރި ތަނެއްގައި ޕޯޑިއަމްތަކުގައި ވެސް ޓީވީގައި ވެސް ވާހަކަ ދެއްކުން. އަޅުގަނޑުމެން ކޮންމެ މީހެއްގެ ހައްގެއް،'' އިމްތިޔާޒު ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން މަރުތައް ބަލާ ކޮމިޝަންގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގި މައްސަލައަށް އަލިއަޅުއްލައްވާ އިމްތިޔާޒު ވިދާޅުވީ ވަކީލުންނަކީ ކޮންމެ ގައުމެއްގައި ވެސް އަދުލްއިންސާފު ގާއިމްކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކޮށްދޭ ބައެއް ކަމަށާއި، އެ ބޭފުޅުންގެ ވަރަށް ބޮޑެތި މަސްއޫލިއްޔާތުތައް އޮންނަ ކަމަށެވެ. ކަންކަން ގޯސްކަމަށްދާނަމަ އެކަންކަން ފާހަގަކޮށް އެކަންކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުން އައުލާކަން ބޮޑީ ވެސް ވަކީލުން ކަމަށެވެ.

ފަނޑިޔާރު ގޭގައި ހުރި މައްސަލަކުގެ ވާހަކަ ހެޔޮ ނިޔަތުގައި ދެއްކެވީމަ މިގެންދަނީ ސުޕްރީމް ކޯޓަށް. ގެންގޮސް މި އިންޒާރު ދިނުމުގެ އަމަލުތައް މިހިންގަނީ. ރާއްޖޭގެ އެކަކު ވެސް އަމިއްލަ ނަފުސުގެ އަނގަ ބަންދުވެގެން ވާހަކަ ދެއްކުން މަނާ ވެގެން ހުރެގެން ނުވާނެ. ވާހަކަ ދައްކައިގެން ކަންކަން އިސްލާހު ކުރެވޭނީ. ވާހަކަ ދައްކައިގެން ކުރިއަށް ގެންދެވޭނީ. ގާނޫނީ ވަކީލުން ޖެހެލުމެއް ނުވާނެ،'' އިމްތިޔާޒު ވިދާޅުވިއެވެ.

އިމްތިޔާޒު ވިދާޅުވީ އިންސާފުވެރި ފަނޑިޔާރުގެއެއް ގާއިމްކުރަން ބޭނުންވާ ކަމަށާއި، އެފަދަ ވާހަކަތަކާއި، މަންޒަރުތައް ދަރިންގެ ދަރިންނަށް ދައްކުވައިދޭން ބޭނުންވާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
07 ފެބުރުއަރީ 2017

ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު

07 ފެބުރުއަރީ 2017
ސަރުކާރުގެ ދިފާއުގައި ޕީޕީއެމް މެމްބަރުނަށް ވާހަކަ ދައްކަވަން ނުކުރޭ: ރިޔާޒު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް