Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރ

ކުރީގެ ސަރުކާރުން ސިޔާސީ މަސްލަހަތު ހިމާޔަތްކުރަން އަސްކަރިއްޔާ ނާޖާއިޒު ގޮތުގައި އިންތިހާއަށް ބޭނުން ކުރި : މިނިސްޓަރ މާރިޔާ

24 އެޕްރީލު 2019 | ބުދަ 03:25

ސިފައިން ވަނީ ސިޔާސީ މަގްސަދަށްޓަކައި ނުހައްގުން ވަޒީފާއިން ވަކި ކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 24 އެޕްރީލު 2019 | ބުދަ 03:25
ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

ސިފައިންގެ 127 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

ކުރީގެ ސަރުކާރުން އެމީހުންގެ ސިޔާސީ މަސްލަހަތު ހިމާޔަތް ކުރަން ދިވެހި އަސްކަރިއްޔާ ނާޖާއިޒުގޮތުގައި އިންތިހާއަށް ބޭނުންކުރި ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

127 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ސިފައިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ފާއިތުވެގެން ދިޔަ 5 އަހަރަކީ ސިފައިން އެންމެ ދަތި ހާލުގައި އުޅެން ޖެހުނު 5 އަހަރު ކަމަށާއި އެގޮތުން ދިވެހި ސިފައިން ތިބީ ނާއުންމީދުވެ ވަޒީފާގެ އެއްވެސް ޔަގީންކަމެއް ނެތިފައި ކަމަށާއި ހެދިފައިވާ ގާނޫނޫތަކާއި ގަވާއިދުތަކަށް ބެލުމެއްނެތި ކުރާ އަމުރުތަކާއި ގުޅިގެން ވެސް ސުވާލު ކޮށްލުމުގެ ފުރުސަތު ވެސް ނޯންނަ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެ ސުވާލެއް ކޮށްފިނަމަ އެމީހަކީ މުއައްސަސާއަށް ކިތަންމެ އަގުހުރި ހިދުމަތެއް ކުރި މީހެއް ވިޔަސް ، އެކަމަށް ބެލުމެއް ނެތި ވަޒީފާއިން ވަކިކުރާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުން އެތައް ހަރަދެއް ކޮށްގެން ގައުމަށް އެތައް ޒަމާނެއް ވަންދެން ހިދުމަތް ކޮށްފައިވާ ސިފައިން ވަނީ ސިޔާސީ މަގްސަދަށްޓަކައި ނުހައްގުން ވަޒީފާއިން ވަކި ކޮށްފައި ކަމަށެވެ. އަދި ޝަކުވާ ހިފައިގެން ދާނެ އަދުލުވެރި ނިޒާމެއް އެއިރު ސިފައިންގެ ތެރޭގައި ނެތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement
" ޝަކުވާ ހިފައިގެން ވަޑައިގަންނަވާނެ އަދުލުވެރި ނިޒާމެއް ސިފައިންގެ ތެރޭގައި ވަނީ ނެތިފައި ، ގާނޫނާއި ގަވާއިދަށް ބެލުމެއްނެތި ކުރާ އަމުރުތަކާއި ގުޅިގެން ސުވާލެއް ކޮށްލިއަސް މި މުއައްސަސާއަށް އެތައް އަހަރެއް ވަންދެން އިހްލާސްތެރިކަމާއެކު ކޮށްދިން ހިދުމަތަށް ބެލުމެއްނެތި ވަނީ ވަޒީފާއިން ވަކިކޮށްފައި ، ދިވެހި ސިފައިން ތިބީ ނާއުންމީދުވެފައި. ވަޒީފާގެ އެއްވެސް ޔަގީންކަމެއް ނެތިފަ . އަޅުގަނޑުމެން މި ދަނީ މިކަން ކަމުގައި ރަނގަޅު އުސޫލުތަކެއް ތައާރަފް ކުރަމުން. ބޭނުމަކީ ބޮޑުން ހިތުހުރިހާ ގޮތަަކަށް އެތައް ޒަމާންތަކެއް ވަންދެން ރެޔާއި ދުވާލު ހިދުމަތުގައި އުޅުއްވާފައިވާ ސިފައިން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކި ކުރުމުގެ ފުރުސަތު ނުދިނުން " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާ އަކީ ޒަމާނީ އަސްކަރިއްޔާއަކަށް ހެދުމަށް ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން ދިވެހި ސިފައިންގެ ހުނަރު އިތުރުކޮށް، އިތުރަށް ޕްރޮފެޝަނަލައިޒް ކުރުމާއި އިތުރު ތަމްރީނުގެ ފުރުސަތު ހޯދައިދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ދިވެހި ސިފައިންގެ ވެލްފެއަރގެ ކަންކަން އިތުރަށް ފުޅާކޮށް ކެންޓޯންމަންޓް ސްޓައިލް އެކޮމަޑޭޝަން، ސިފައިންގެ ޢާއިލާތަކަށް ލިބިދިނުމުގެ ވިސްނުން ހަޤީޤަތަކަށް ހެއްދެވުމަށް ވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ގޮތަށް، ބޭނުންވާ އިކްއިޕްމަންޓް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އަސްކަރިއްޔާއަކީ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާ އަދި ޖަވާބުދާރީވާ އަސްކަރީ ފައުޖަކަށް ހެދުމަށް އަންގާރަ ދުވަހުގެ ރޭ ތައާރަފް ކުރެވުނު ސިފައިންގެ ކެޕްސްޓޯން ޑޮކްޓްރީން އަކީ ލަނޑުދަނޑި ހާސިލްކުރުމުގެ މުހިއްމު ވަސީލަތަކަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރކަމާއި ހަވާލުވުމުގެ ކުރިން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ދިވެހި އަސްކަރިއްޔާ އޮތް ހާލަތު ދެނެގަތުން ކަމަށާއި އެ ދިރާސާގައި އަސްކަރިއްޔާ އޮތް ހާލު ފެނިވަޑައިގެން ހިތާމަ ކުރެއްވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް