Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ބޮމުގެ ހަމަލާތައް

ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު

ބޮން ގޮއްވާލުމުގެ 28 ގަޑިއިރު ކުރިން އަދި 10 މިނިޓް ކުރިންވެސް އެންގި ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 23 އެޕްރީލު 2019 | އަންގާރަ 07:59
ޑރ. ރަޖިތަ ސެނެރަތްނެ

ޑރ. ރަޖިތަ ސެނެރަތްނެ

އީސްޓާއާ ދިމާކޮށް އާދިއްތަ ދުވަހު އަވަށްޓެރި ސްރީލަންކާގެ ޗާޗާއި، ހޮޓާތަކުގައި ހިނގި ބޮންގޮވުމުގެ ހާދިސާގެ މައުލޫމާތު ބޭރުގެ ޖާސޫސީ އިދާރާތަކުން ތަކުރާރުކޮށް ދީފައިވާ ކަމަށް ލަންކާގެ ހެލްތް މިނިސްޓަރު ޑރ. ރަޖިތަ ސެނެރަތްނެ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަމުން ރަޖިތަ ވިދާޅުވީ، ލަންކާ އަށް ޓެރަރިސްޓް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ބޭރު ގައުމުތަކުގެ ޖާސޫސީ އިދާރާތަކުން އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ޑިފެންސް އެޖެންސީތަކަށް ދެމުން ދިޔަ ކަމަށެވެ.

'' އޭޕްރީލް ހަތަރަކުން ފެށިގެން އިންޓެލް އެޖެންސީތަކުން ދިޔައީ އެ މައުލޫމާތުތައް ދެމުން. ބޮން ގޮއްވާލުމުގެ 28 ގަޑިއިރު ކުރިން އަދި 10 މިނިޓް ކުރިންވެސް އެންގި. ނެޝަނަލް އިންޓެލިޖެންސްގެ ޗީފް ސިސިރަ މެންޑިސް ވަނީ އެ މައުލޫމާތު އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ( އައިޖީޕީ) އާ ހިއްސާ ކޮށްފައި. ތައުހީދު ޖަމާއަތުން ހަށި ގޮއްވާލައިގެން ހަމަލާތަކެއް ރާވަމުންދާ ކަމަށް ވެސް ބުނި '' އޭނާ ވިދާޅުވިއެވެ.

ރަޖިތަ ވިދާޅުވީ، ތައުހީދު ޖަމާއަތުގެ ލީޑަރުން ކަމަށްވާ، ޒަރަން ހާޝިމީ، ޖަލްހަލް ހިތަލް، ސަޖިތް މޮއުލަވީ އަދި ސިލްހަން ހަމަލާ ރޭވުމަށް ލަންކާ އަށް ގޮސްފައިވާ ކަމަށް ލަންކާގެ އިންޓެލްގެ ޗީފް، އައިޖީޕީ ޕްރިޔަލަލް ޑިސަނަޔާކީ އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

އައިޖީޕީ އެ މައުލޫމާތު މިނިސްޓްރީއަލް ސެކިއުރިޓީ ޑިވިޝަން ( އެމްއެސްޑީ) ޖުޑިޝަލް ސެކިއުރިޓީ ޑިވިޝަން ( އެމްއެސްޑީ)، ސެކިއުރިޓީ ޑިވިޝަން އިންޗާޖް އޮފް ފޯމާ ޕްރެޒިޑެންޓްސް އެންޑް ސެކިއުރިޓީ ޔުނިޓަށް ވެސް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމަކު ޕްރައިމް މިނިސްޓްރިއަލް ސެކިއުރިޓީ ޑިވިޝަންއާ ޕްރެޒިޑެންޓަލް ސެކިއުރިޓީ ޑިވިޝަން އަށް ހަމަލާތަކުގެ ވާހަކަ ޑީއަޖީ އަންގާފައި ނުވާ ކަމަށް ހެލްތް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އެދުވަސްވަރު ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ. އެކަމަކު ބޮޑު ވަޒީރު ރަނިލް އަށް ދައުވަތު ދެއްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޮންގޮއްވުމުގެ ހިތާމަވެރި ހާދިސާ ހިނގިއިރު ޑިފެންސް މިނިސްޓަރު ގައުމުން ބޭރުގައި ހުންނެވި އިރު ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރަކު އައްޔަން ކޮށްފައެއް ނުވެއެވެ.

'' ހާދިސާ ހިނގިތަނާ އެކު ކުއްލި ބައްދަލުވުމަކަށް ބޮޑު ވަޒީރު ގޮވައިލެއްވި. ވިހި މިނިޓް ވަންދެން ބޮޑު ވަޒީރު ހުންނެވި ޑިފެންސް މިނިސްޓަރު ރޫމް ތެރޭގައި. އެއްވެސް މެމްބަރަކު ވަޑައިނުގަންނަވާ.'' ވިދާޅުވިއެވެ.

އޭގެ ފަހުން އާދިއްތަ ދުވަހު މެންދުރު ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް ބޮޑު ވަޒީރު ކައުންސިލް މެމްބަރުންނަށް ދައުވަތު ދެއްވި ކަމަށާއި އެއްވެސް ބޭފުޅަކު ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

ހަމަލާގެ ޒިންމާ ރައީސް ސިރިސޭނަ ނަންގަވަން ޖެހޭ ކަމަށް ގަބޫލްފުޅުކުރައްވަންތޯ ނޫސްވެރި އަކު ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، އެކަމުގެ ޒިންމާ ރައިސްގެ އިސްތަށިފުޅުގައި ނާޅުއްވާނެ ކަމަށެވެ. އެކަމަކު ޒިންމާ ތަކުން ސަރުކާރުން ދުރުނުވެވޭނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށާއި ޒަހަމްވި މީހުންގެ އާއިލާތަކަށް 100،000 ރުޕީސްގެ އިތުރުން ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުޕީސް ދޭން ނިންމާފައިވާ ކަމަށް ރަޖިތަ ވިދާޅުވިއެވެ.

މީގެ ހަ މަސް ކުރިން އިންޑިއާގެ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ ( އެންއޭއައިއޭ) އަށް ސްރީލަންކާގެ ޗާޗްތަކެއްގައި ބޮންތަކެއް ގޮއްވާލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުން ރިޕޯޓް ކުރެއެވެ. އެންއައިއޭ އިން އެ މައުލޫމާތު ލަންކާގެ ފަރާތްތަކާއި ހިއްސާކޮށްފައިވާ ކަމަށްވެސް އެ ނޫހުގައިވެއެވެ.

ހާދިސާގެ މައުލޫމަތު ކުރިން ލިބިފައިވާއިރު، ސީރިއަސް ގޮތެއްގައި ނަގާފައި ނުވާ ސަބަބު ތަހުގީގު ކުރަން ޖެހޭ ކަމަށް ޓެލެކޮމިއުނިކޭޝަން މިނިސްޓަރު ހަރިން ފެނާންޑޯ ވަނީ އާދިއްތަ ދުވަހު ވިދާޅުވެފައެވެ.

ތައުހީދު ޖަމާއަތާ ގުޅުން އޮންނަ ސާޅިސް މީހަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ. އެ ޖަމާއަތާއި ގުޅުން އޮންނަ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި ހަމަލާތަކާއި ގުޅިގެން ފުލުހުން ސީރިޔާގެ ރައްޔިތަކާއި ސުވާލު ކުރަމުންދާ ކަމަށް ލަންކާ ގައި ހުންނަ ބީބީސީ ރިޕޯޓަރު އައްޒާމް އަމީން ވަނީ ރިޕޯޓް ކޮށްފައެވެ.

ލަންކާގެ ގައުމީ ހިތާމާގެ ދުވަސް ކަމުގައި މިއަދު ކަނޑައަޅާފައިވާއިރު މަރުވި މީހުންގެ ހަނދާނުގައި ސުކޫތެއް ވަނީ ގެނެސްފައެވެ. އަންގާރަ ދުވަހު ހެނދުނާ ހަމަޔަށް 310 މީހަކު މަރުވެ 480 މީހަކު ޒަހަމްވެފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

އެމްބަސީ ބަދަލުކޮށްފިނަމަ، އިޒްރޭލު ބަލައެއް ނުގަންނާނަން: ސާއިބް އުރައިކާތް

27 ޖެނުއަރީ 2017
ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

ސައުދީއަށް ރައްތަށް ވިއްކުމާ ދެކޮޅު ނިންމުމަށް މިސްރުގެ މަތީކޯޓުން ވެސް ތާއީދުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު