Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއޭސީ

ފަޒީލް ޤައުމީ ރެކޯރޑް ތިންވަނަ ފަހަރަށް އާކުރިއިރު، ސާއިދު ސެމީ އަށް!

ފަޒީލް ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 32:46 މިނެޓުން ރޭސް ނިންމައިގެން

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 22 އެޕްރީލު 2019 | ހޯމަ 05:12
ހުސައިން ފަޒީލް ހާރޫން / ޤައުމީ މުބާރާތުގެ ކާމިޔާބީތަކާއެކު

ހުސައިން ފަޒީލް ހާރޫން / ޤައުމީ މުބާރާތުގެ ކާމިޔާބީތަކާއެކު

ގަތަރުގެ ދޯހާގައި އާދިއްތަ ދުވަހު ފެށި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 10،000 މީޓަރު (10 ކިލޯމީޓަރު) ދުވުމުން ރާއްޖޭގެ ހުސައިން ފަޒީލް ހާރޫން ޤައުމީ ރެކޯރޑް އައުކުރި އިރު، ހަސަން ސާއިދު ވަނީ މުބާރާތުގެ 100 މީޓަރު ދުވުމުން ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.

ފަޒީލް ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 32:46 މިނެޓުން ރޭސް ނިންމައިގެންނެވެ. އޭނާ އެންމެ ފުރަތަމަ ޤައުމީ ރެކޯރޑް މުގުރާލާފައި ވަނީ 2017 ވަނަ އަހަރު ބޭއްވި އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 34:21 މެނެޓުން ރޭސް ނިންމައިގެންނެވެ. 28 އަހަރަށް ފަހު ފަޒީލް މި ރެކޯރޑްމުގުރާލީ ހުސައިން ހަލީމް (ކުޑަހުސެން) 1989 ވަނަ އަހަރު ހަދާފައިވާ ރެކޯރޑް މުގުރާލައިގެންނެވެ.

ދެވަނަ ފަހަރަށް ފަޒީލް ޤައުމީ ރެކޯރޑް އައުކުރީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވި ޤައުމީ މުބާރާތުގައި 33:34 މިނެޓުން 10 ކިލޯމީޓަރު ދުވެގެންނެވެ. މި މުބާރާތުގައި އޭނާ ތިން ރަން މެޑަލް ހާސިލް ކުރިއިރު، މުބާރާތުގެ އެންމެ މޮޅު އެތުލީޓްގެ މަޤާމު ވެސް ލިބުނީ އޭނާ އަށެވެ.

ހަސަން ސާއިދު / 2015 ވަނަ އަހަރުގެ އޭއޭސީ

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުން ސެމީ ފައިނަލަށް ސާއިދު ދަތުރުކުރީ ފުރަތަމަ ބުރުގެ އެއް ވަނަ ހީޓުގައި 10.47 ސިކުންތު ދުވެގެންނެވެ.

މި މުބާރާތުގައި ފަޒީލްއާއި ސާއިދުގެ އިތުރުން ރާއްޖޭގެ ޓީމުގައި ހިމެނެނީ ނަޖޫމް ހަސަން، އިބްރާހިމް އަފްޝާން އަލީ، އިބާދުﷲ އާދަމް އަދި ހުސައިން ރިޒާގެ އިތުރުން ސާރިސް އަހުމަދެވެ.

މުބާރާތުގައި ފަޒީލް ދެން ދުވާނީ 5000 މީޓަރު ރޭހުގަ އެވެ. ސާއިދަށް ދެން އޮތީ 100 މީޓަރު އަދި 400 މީޓަރު ރިލޭ އެވެ. އޭނާއާ އެކު ސަރީސް ވެސް އެ ދެ އިވެންޓުގައި ވާދަކުރާނެ އެވެ. އަފްޝާން އާއި އިބާދުﷲ ވާދަކުރާނީ 200 މީޓަރު ދުވުމާއި 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގަ އެވެ. ނުޖޫމް ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގަ އެވެ. ރިޒާ ތިން އިވެންޓެއްގައި ދުވާނެ އެވެ. އެއީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުން އަދި 400 މީޓަރު ރިލޭ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

ދިހަ ކިލޯމީޓަރު ދުވުމުގެ ޤައުމީ ރެކޯރޑް ޒައިދު މުގުރާލައިފި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު