Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ ބޮމުގެ ހަމަލާ

ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!

21 އެޕްރީލު 2019 | އާދީއްތަ 20:23

މި ބޮން ހަދާފައިވަނީ ހަފޫޓްގެ ޕީވީސީ ހޮޅިއެއެއްގައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 21 އެޕްރީލު 2019 | އާދީއްތަ 20:23
ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް މިއަދު އޮތީ ފުރި ބާރުވެފައި

ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް މިއަދު އޮތީ ފުރި ބާރުވެފައި

ލަންކާގެ މައި އެއާޕޯޓް ކަމުގައިވާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓާއި ކައިރިން ބޮމެއް ފެނުމުން އެއާޕޯޓް ބަންދުކޮށްފިއެވެ.

މި ބޮން ފެނިފައިވަނީ އެއާޕޯޓަށް ދެވޭގޮތަށް އޮންނަ މަގަކުންނެވެ.

ހަފޫޓްގެ ޕީޕީސީ ހޮޅިއެއްގެ ތެރޭގައި ހަދާފައިވާ މި ބޮން ނުވަތަ (އައިއީޑީ) ފެނުނީ، އެއާފޯސްގެ އެކްސްޕްލޯސިވް އޯޑްނަންސް ޓީމަށެވެ. އަދި މިހާރު އެ ބޮން ވަނީ އެކަހެރި ސަރަޙައްދަކަށް ގެންގޮސް ރައްކާތެރިކަމާއިއެކު ނައްތާލާފައެވެ.

ސްކައި ނިއުސްގެ ރިޕޯޓަރަކާއި ހަވާލާދީ ސަންޑޭ ޓައިމްސްގައި ބުނެފައިވަނީ، މި ބޮން ފެނުމާއި އެކު އެއާޕޯޓް ބަންދުކުރި ކަމަށެެވެ.

"އެއާޕޯޓް ސަރަހައްދުން ބޮން ފެނުނު ވާހަކައާއި އެކު ދުރު ހިސާބަކުން އެއްޗެއް ގޮއެްވާލި އަޑު އެހިން. ބެލެވެނީ އޭތި ގޮއްވާލީކަމަށް"، ސްކައި ނިއުސްގެ ރިޕޯޓަރު ބުނެފައިވެއެވެ.

ލަންކާގެ 8 ސަރަހައްދެއްގައި އާދީއްތަ ދުވަހު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 215 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 35 މީހުން ވެސް ހިމެނެއެވެ. އަދި އެގައުމުން ވަނީ ހަމަލާތަކާ ގުޅިގެން 13 މީހުން ހައްޔަރުކޮށްފައެވެ. އަދި މި ހަމަލާގައި ބައިވެރިވި ޓެރަރިސްޓުންނަށް ހިޔާވަހިކަން ދިން ކަމަށް ބެލެވޭ ގެއެއްގެ މައުލޫމާތު ލިބިފައިވާކަން ފުލުހުން ހާމަކޮށްފައިވާއިރު، ހަމަލާ ދިނުމަށް މީހުން ތަންތަނަށް އުފުލަން ބޭނުންކުރި ވޭންއެއްވެސް ވަނީ ހޯދާފައެވެ.

ލަންކާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ހުރިހާ ހަމަލާތައް ވެސް ދިނީ އެއް ޖަމާއަތަކުން ކަމަށް ބެލެވޭ ކަމަށެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
21 މާރިޗު 2017

ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ

21 މާރިޗު 2017
ބަޣްދާދުގައި ކާރު ބޮމެއް ގޮއްވާލައި މަދުވެގެން 20 މީހުން މަރުވެއްޖެ
20 ފެބުރުއަރީ 2017

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
16 ފެބުރުއަރީ 2017

ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި

16 ފެބުރުއަރީ 2017
ކިމްޖޮން ނަމްގެ ޕޯސްޓް މޯޓަމް ނިންމައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
04 ޖެނުއަރީ 2017

އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!

04 ޖެނުއަރީ 2017
އިންޑިއާ ކޯލް މައިނެއް ވެއްޓި 13 މީހަކު މަރުވެ އިތުރު ބަޔަކު ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް