Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެރިޓޭޖު މިނިސްޓްރީ

އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފުރުސަތު ނުލިބުން: ސްޓޭޓް މިނިސްޓަރު ތޯރިގު

18 އެޕްރީލު 2019 | ބުރާސްފަތި 04:39

ހުނަރު ކުރިއެރުވުމަށް ފަހި މާހައުލެއް ނެތް

އަމްނާ އިމާދު
އަމްނާ އިމާދު | 18 އެޕްރީލު 2019 | ބުރާސްފަތި 04:39
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު

އާޓިސްޓުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފުރުސަތު ނުލިބުން ކަމަށާއި، މަސައްކަތް ކުރަނީ ގިނަ ފުރުސަތުތައް ހޯދައިދޭން ކަމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

ފަލަސުރުހީ ޕްރޮގްރާމްގައި ތޯރިގު ވިދާޅުވީ އާޓިސްޓުންނަށް ދިމާވާ ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެމީހުންގެ ހުނަރު ކުރިއެރުވުމަށް ފަހި މާހައުލެއް ނެތް ކަމަށާއި، މިއަދާ ހަމައަށް ކަމާބެހޭ މުއައްސަސާތަކުން މާބޮޑު ސަމާލުކަމެއް ދީފައިނުވާ ކަމަށް ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ ހުނަރު ދައްކާލުމަށް އޮލިންޕަސް ނުވަތަ ނޭޝަނަލް އާޓް ގެލަރީ ނޫންތަނެއް މިމާލޭގައި ނެތް ކަމަށާއި، ކޮންމެ ދުވަހަކީ ވެސް މިދެތަނުގައި ކޮންމެ ވެސް ހަރަކާތެއް ބާއްވާ ދުވަހެއް ކަމަށެވެ.

އާޓިސްޓުން އެމީހުންގެ ހުނަރު ކުރިއަރުވައި ތަރައްގީ ކުރުމަށް ތަނެއް ބޭނުންވާކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ އެމީހުންނަށް ފުރުސަތުތައް ލިބޭ ގޮތަށް މުޖުތަމައު ބައްޓަން ކުރަންޖެހޭ ކަމަށެވެ.

''އާޓިސްޓުންނޭ ބުނީމަ އެއީކީ ވަރަށް ބައިވަރު. އާޓިސްޓުންގެ ގޮތުގަ ވަރަށް ގިނަ ވައްތަރު މިއުޒިޝަނުންނާއި، ކުރެހުންތެރިން ހިމެނޭ. ވަރަށް ގިނަ އެކުލެވިގެން އަންނައިރު ގިނަ ގޮންޖެހުންތައް އެބަހުރި. ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަނީ. އެކަމަކު ހައްލު ހޯދިފަނުވޭ'' ތޯރިގު ވިދާޅުވިއެވެ.

އަންނަ ހޮނިހިރު ދުވަސް ތަރިކައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރާކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ މިދުވަސް ފާހަގަކުރަނީ ރައްޔިތުން ހޭލުންތެރިކޮށް ކަންތައްތަކެއް ދަސްކޮށްދިނުމުގެ މަގުސަދު ކަމަށެވެ.

ތޯރިގު ވިދާޅުވީ ތަރިކަ ދުވަހުގެ ހަރަކާތްތައް ބާއްވަނީ ސަލްޓަން ޕާކާއި އިސްލާމީ މަރުކަޒުގެ މާބުލް ޖެހިސަރައްދުގައި ކަމަށާއި، ކުރިއަށް ގެންދަނީ ދެދަންފަޅިއަށް ބަހާލައިގެން ކަމަށެވެ.

ތޯރިގު ވިދާޅުވީ އާޓިސްޓުންނަށް އެތަނުގައި މަންޒަރު ކުރެހުމަށް ފަހު ވަގުތުން ވިއްކާލުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އަދި އާންމުންނަށް ކުރަހާ މަންޒަރު ވެސް ފެންނާނެ ކަމަށެވެ. އަދި މިދުވަހުގެ ހަރަކާތްތަކުގައި ގިނަ އާޓިސްޓުން ބައިވެރިވުމަކީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތޯރިގު ވިދާޅުވީ އެވޭލާ ޒަމާނުއްސުރެ ކާބަފައިންގެ ފަރާތުން ވާރުތަވެފައި ހުރި މަސައްކަތްތައް ފެންނަ ފޮޓޯތައް އާންމު ކުރެވޭނެ ކަމަށެވެ.

''މިސްކިތުގެ މަސައްކަތްތަކާ، މަހާނަ ގަލުގެ މަސައްކަތްތައް މިއީ ކާބަފައިން ކުރަމުން އައި ބުރަ މަސައްކަތްތައް. މިހަރަކާތްތަކުން ބޭނުންވަނީ އާދަތައް އަށަގަންނަވަން. މީގެ އިތުރުން ވެސް ކާބޯތަކެތި ލިބޭ ސްޓޯލްތައް ވެސް ހުންނާނެ. މިސްޓޯލްތަކުން ދިވެހި ރަހައިގެ ދިވެހި ކެޔުންލިބޭނީ'' ތޯރިގު ވިދާޅުވިއެވެ.

ދުނިޔޭގެ ތަރިކައިގެ ދުވަހާއި ދުނިޔޭގެ ކުރެހުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ މިހަރަކާތް ފެށޭނީ ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށް އަދި 20:00 އިން 22:00 އަށެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް