Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑު އަގުހެޔޮ ކުރުން

ކާޑުގެ އޭޖެންޓުންނަށް އެސްޓީއޯއިން ކާކުކަން އަންގައިދޭ ކާޑެއް ތައާރަފް ކުރަނީ

16 އެޕްރީލު 2019 | އަންގާރަ 16:50

ކޮންމެ 1000 މީހުންގެ އާބާދީއަކަށް އެއް އެޖެންޓް ހަމަޖެހޭނެ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 16 އެޕްރީލު 2019 | އަންގާރަ 16:50
އެސްޓީއޯ ސްޓެޕްލް ފުޑްގެ ސީނިއަރ މެނޭޖަރ މަރިޔަމް ނަފީހާ

އެސްޓީއޯ ސްޓެޕްލް ފުޑްގެ ސީނިއަރ މެނޭޖަރ މަރިޔަމް ނަފީހާ

ކާޑުގެ އަގުތައް އެއްހަމަ ކުރުމުގެ އުސޫލުގެ ދަށުން އެސްޓީއޯގެ ކާޑު އޭޖެންޓުންނަށް ވެފައިވާ ފަރާތްތަކަށް އެކުންފުނިން ކާޑު ނެގުމުގައި ލުއިފަސޭހެ ގޮތްތަކެއް ހޯދައި ދިނުމުގެ ގޮތުން ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކާޑެއް ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ ސްޓެޕްލް ފުޑްގެ ސީނިއަރ މެނޭޖަރ މަރިޔަމް ނަފީހާ ވިދާޅު ވެއްޖެއެވެ.

ރާއްޖެޓީވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަފީހާ ވިދާޅުވީ އެސްޓީއޯގެ އެޖެންޓުންނަށް ވެފައިވާ ފަރާތްތަކުން ކާޑު ނަގަން އަންނައިރު ސިޓީއާ މިހެން ގޮސް ވަރަށް ގިނަ ލިޔެ ކިއުންތައް ގެންނަން ޖެހޭ ކަމަށާއި ނަމަވެސް އެޖެންޓުންނަށް ލުއިފަސޭހަ ކަމާއި އެކު ރައްޔިތުންނަށް ކާޑު ފޯރުކޮށްދިނުމަށްޓަކައި ކާކުކަން އެނގޭނެ ފަދަ ކާޑެއް ވަރަށް އަވަސް މުސަތަގުބަލެއްގައި އެފަރާތްތަކަށް ފޯރުކޮށްދެވިގެން ދާނެކަމަށެވެ.

Advertisement - newsAdvertisement

": ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ކާޑު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން މިދަނީ. ކާޑު ހެދުމުން އެޖެންޓާއި ބެހޭ ހުރިހާ މައުލޫމާތެއް ސިސްޓަމުން ފެންނަން ހުންނާނެ." ނަފީހާ ވިދާޅުވިއެވެ.

މީގެ އިތުރުން ކާޑުގެ އަގު ހޮޔޮނުވާ ކަމަށް ނުވަތަ ކާޑުގެ އަގު އެއްހަމަ ނުވާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަ ތަކަށް ރައްދު ދެވަމުން އެސްޓީއޯ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓުން އައިޝަތު ނަޖީބު ވިދާޅުވީ އެހެން އެދިމާވަނީ އޭޖެންޓުން އެގްރީމެންޓްގައި ސޮއި ކުރިއިރު އެ އެޖެންޓުން އެސްޓީއޯއިން ކާޑު ނުނަގާތީ ކަމަށާއި އެހެން ކަމުން ކުރީގައި އެޖެންޓުން އަތުގައި ހުރި ކާޑު ވިއްކަމުން ގެންދިޔައީ ކުރިން ވެސް އެފަރާތްތަކުން ކާޑު ވިއްކި އަގުތަކުގައި ކަމަށެވެ.

"ކުރިއަށް އޮތީ ރަމަޝާން މަސް ކަމަށްވާތީ އެސްޓީއޯއިން މަސައްކަތް ކުރަނީ އެޖެންޓުންނާއި ގުޅިގެން ކާޑު އެފަދަ ރައްތަކަށް ވެސް ފޯރުކޮށްދޭން. ބައެއް ރަށްތަކަށް އޭޖެންޓުން ކާޑު ނުގެންދޭ އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ހުރިހާ އެޖެންޓުން ވެސް ކާޑު ނަގައިގެން އެރަށްތަކަށް ގެންދިއުމަށް އެދެން. ކުރިންވެސް އެފަރާތްތަކުން ކާޑު ވިއްކި އަގުތަކުގައި ކާޑު ވިއްކުމުގެ ފުރުސަތު ބައެއް ރަށްތަކަށް އެބައޮތް." އައިޝާ ވިދާޅުވިއެވެ.

އެޖެންޓަކަށްވުމަށް އެއްވެސް ހުރަހެއްނެތްކަން ފާހަގަ ކުރައްވައި ނަފީހާ ވިދާޅުވީ އެފުރުސަތު ހުރިހާ އެންމެންނަށް ވެސް ހުޅުވާލެވިފައި ވާކަމަށެވެ.

އެގޮތުން1000 އަށްވުރެން މަދު އާބާދީ ދިރިއުޅޭ ރަށްތަކަށާއި އަދި 1000 އަށްވުރެން ގިނަމީހުން ދިރިއުޅޭ ރަށަކަށް ނަމަވެސް ކޮންމެ 1000 މީހުންގެ އާބާދީއަކަށް އެއް އެޖެންޓުގެ މަގުން ހުރިހާ ރަށަކަށް ވެސް އެޖެންޓުންނަށް ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް އޭނާ ވިދާޅުވީ ކާޑުގެ އަގުން ކުރީގައި ލިބުނު ނަފާއަށް ވުރެން މިހާރު އެޖެންޓުންނަށް ލިބޭ ނަފާ ބޮޑުވާނެ ކަމަށާއި އެގޮތުން ކޮންމެ ކާޑު ބަސްތާއަކުން 30 ރުފިޔާއަށް ވުރެން ބޮޑު އަދަދެއްގެ ނަފާ ވާނެ ކަމަށެވެ.

ނަމަވެސް މީގެ ކުރީގައި އެފަރާތްތަކަށް ނަފާގެ ގޮތުގައި ބަސްތާއަކުން 12 ރުފިޔާއާއި 15 ރުފިޔާގެ ނަފާ ލިބުނުކަމަށް އެފަރާތްތަކުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާޑުގެ އަގުތައް ހެޔޮކޮށް އެއްހަމަ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން އެޕްރީލް މަހުގެ އެއްވަނަ ދުވަހުންފެށިގެން ކާޑުގެ އަގުވަނީ އަތޮޅު ތެރެއާއި މާލެ އެއްހަމަކޮށް ކާޑުގެ އަގު ހެޔޮ ކޮށްފައެވެ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

04 މެއި 2018

ރައީސް ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ: ލުތުފީ

04 މެއި 2018
ރައީސް ޔާމީނަކީ ކާކުކަން ދަންނަން ޖެހޭނެ: ލުތުފީ
04 އެޕްރީލު 2018

ކާޑުގެ އަގު ހެޔޮކޮށްފި

04 އެޕްރީލު 2018
ކާޑުގެ އަގު ހެޔޮކޮށްފި
02 އެޕްރީލު 2018

އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމައިފި

02 އެޕްރީލު 2018
އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމައިފި
11 މާރިޗު 2018

ތައްޔިބުގެ ސުވާލު ދިރާގަށް: ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދޭން ކުރި އަމުރު އިސްތިއުނާފު ނުކުރީ ކީއްވެ؟

11 މާރިޗު 2018
ތައްޔިބުގެ ސުވާލު ދިރާގަށް: ސިމް ކާޑުގެ އެކްސެސް ފުލުހުންނަށް ދޭން ކުރި އަމުރު އިސްތިއުނާފު ނުކުރީ ކީއްވެ؟
10 މާރިޗު 2018

ފުލުހުން ގެންގުޅެނީ ގޭންގް އުސޫލް، ކޮމާންޑް ކުރަނީ ކާކުކަން ވެސް ނޭނގޭ: ރޮޒައިނާ

10 މާރިޗު 2018
ފުލުހުން ގެންގުޅެނީ ގޭންގް އުސޫލް، ކޮމާންޑް ކުރަނީ ކާކުކަން ވެސް ނޭނގޭ: ރޮޒައިނާ
03 ޖެނުއަރީ 2018

ބަޖެޓްގައި ސަބްސިޑީ ހިމެނިޔަސް، ކާޑުގެ ބާވަތްތަކުގެ އަގެއް ހެޔޮނުކުރި!

03 ޖެނުއަރީ 2018
ބަޖެޓްގައި ސަބްސިޑީ ހިމެނިޔަސް، ކާޑުގެ ބާވަތްތަކުގެ އަގެއް ހެޔޮނުކުރި!
17 މެއި 2017

ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި

17 މެއި 2017
ކާޑުގެ ބާވަތްތަކުން ލާރިކޮޅެއް އަގު ހެޔޮކޮށް، ކޮންޓްރޯލް އަގަށް ބަދަލުތަކެއް ގެނެސްފި
14 މެއި 2017

ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި

14 މެއި 2017
ރޯދަ މަހަށް އެސްޓީއޯއިން ފިޔައި، އަލުވި، ބިސް ވިއްކާނެ އަގުތައް ހާމަކޮށްފި
18 އެޕްރީލު 2017

މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް

18 އެޕްރީލު 2017
މިހާރު ތެޔޮ ގަންނަނީ އެސްޓީއޯއިން، މެރީޑިއަމްއިން ތެޔޮ ގަތުމާމެދު ގޮތެއް ނިންމާނީ ކޯޓުން މައްސަލަ ނިމޭ ގޮތަކުން: އެމްޕީއެލް
14 އެޕްރީލު 2017

ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި

14 އެޕްރީލު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް