Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓުބޯލް ފިއެސްޓާ

ފުޓުބޯޅަ ފިއެސްޓާ ކެންސަލެއް ނުވާނެ: އަލީ ވަހީދު

12 އަހަރުން ދަށުގެ ފުޓުބޯޅަ ފިއެސްޓާ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެފައިވަނީ އެޑިއުކޭޝަނުން

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 15 އެޕްރީލު 2019 | ހޯމަ 17:03
ޔޫތު މިނިސްޓްރީގައި ދިން ޕްރެސްކޮންފަރެންގެ ތެރެއިން

ޔޫތު މިނިސްޓްރީގައި ދިން ޕްރެސްކޮންފަރެންގެ ތެރެއިން

މައިލޯގެ ސްޕޮންސަރު ކަމުގެ ދަށުން ކުރިއަށް ގެންދާ 12 އަހަރުން ދަށުގެ ފުޓުބޯޅަ ފިއެސްޓާ ކެންސަލް ނުވާނެ ކަމަށާއި، މުބާރާތް ކުރިން ވެސް ރާވާފައި ވާގޮތަށް ކުރިއަށް ގެންދާނެ ކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ މައިލޯގެ ސްޕޮންސަރު ކަމުގެ ދަށުން 12 އަަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓުބޯލް ފިއެސްޓާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން އެ މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދާ ސޮކާރ ވިޓަރެންސް އެސޯސިއޭޝަންއަށް އެންގުމާއި ގުޅިގެން ހޯމަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާއި މައުލޫމާތު ދެމުންނެވެ.

ސޮކާ ވިޓަރެންސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ފުޓްބޯލް ފިއެސްޓާ މި ހަފްތާތެރޭ ފެށުމަށް ހަމަޖެހިފައި ވަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން އެ މުބާރާތް ނުބޭއްވޭނެ ކަމަށް ބުނެފައި ވަނީ "އެނާޖީ ޑްރިންކްސް" އާއި ގިނަ އަދަދެއްގެ ހަކުރު އެކުލެވޭ ބުއިންތަކާއި ކިޔަވާކުދިން ދުރުކުރުމާއި ސަރުކާރުގެ ހަށިހެޔޮ ދުޅަހެޔޮ ސިޔާސަތާއި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުންނެވެ. މި ކަމާއި ގުޅިގެން އެޑިއެކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތްނުވެފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ތަކާއި ފުށުނާރާނެ ފަދަގޮތަކަށް މުބާރާތުގެ ސްޕޮންސަރުން ހޯދައިގެން މުބާރާތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށާއި، ސްޕޮންސަރުން ނުލިބިއްޖެނަމަ ސަރުކާރުގެ ބަޖެޓުން ހަރަދު ކޮށްގެން ނަމަވެސް މުބާރާތް ބޭއްވުމަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސޮކަރ ވެޓަރެންސްއަށް ފޯރު ކޮށްދޭނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މުބާރާތް ކުރިއަށް ދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ބެލެނިވެރިންނަށް ދޭ ކަމަށާއި، ހޯމަ ދުވަހު ބެލެނިވެރިންނާއި ބައްދަލުކޮށް މުބާރާތް ދެން ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ހަމަހަމަ ކަމާއެކު މުބާރާތް ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި، އެހެން ކަމުން މިހަފްތާ ތެރޭގައި މުބާރާތް ބޭއްވުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކުދިންނަށް ބޭނުންވާ ޖާޒީތައް މިހާރުން މިހާރަށް ނުހޯދޭނެ ކަމަށާއި، އަލުން ސްޕޮންސާ ތައްގަނޑު ޖަހައިގެން ނުވަތަ ނުޖަހާ ނަމަވެސް މުބާރާތުގައި ކުޅޭ ހުރިހާ ކުދިންނަށް ޖާޒީ ހޯދައިދޭން ބޭނުންވާ ކަމަށެވެ.

ސޮކަރ ވިޓަރެންސް އެސޯސިއޭޝަނުގެ ރައީސް އަލީ ޝަމީމް ވިދާޅުވީ، ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮވުމަކީ ފިއެސްޓަރ ކެންސަލް ކުރުން ކަމަށާއި، ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްގެ އެހީތެރިކަމާއި، ޔަގީންކަން ފިއެސްޓާ ކުރިއަށް ގެންދިއުމަށް ލިބުމުން ދެން މަސައްކަތް ކުރާނީ، ބެލެނިވެރިންގެ އަތުން ބޮޑު ހަރަދެއް ނުދާނެފަދަ ގޮތަކަށް ފިއެސްޓާގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެކްޓިން ޔޫތު މިނިސްޓަރ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި ކުޅިވަރުގެ މާސްޓަރ ޕްލޭނެއް ހެދި، ހަށިހެޔޮ ދުޅަހެޔޮ ޝިއާރާއި ފުށު ނާރާނެ ގޮތަށް ސިޔާސަތުތައް ހެދި އެ ސިޔާސަތުތައް އާންމު ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

އަލުން ފުޓުބޯޅަ ކުޅެން ފަށަން ރޮނާލްޑީނިއޯ އަންނަނީ ވިސްނަމުން: އެޖެންޓް

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު