Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރިމިއާ ލީގު

ޕްރިމިއާ ލީގު : މެންޗެސްޓަރ ސިޓީއާއި ލިވަޕޫލްގެ ވާދަވެރިކަން އިތުރުވަނީ!

މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 01-03

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 15 އެޕްރީލު 2019 | ހޯމަ 16:59
ކްރިސްޓަލް ޕެލަސްއާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން

ކްރިސްޓަލް ޕެލަސްއާއި މެންޗެސްޓަރ ސިޓީ ވާދަކުރި މެޗުގެ ތެރެއިން

އިންގްލިޝް ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗުތައް މެންޗެސްޓަރ ސިޓީއާއި ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ.

މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބުކުރީ ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް 01-03 ގެ ނަތީޖާއަކުންނެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ސިޓީން ކުޅެފައި ވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގިވެސް ސިޓީންނެވެ. މި ލަނޑު މެޗުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެވިން ޑެ ބްރައިއަންގެ އެހީތެރި ކަމާއެކު ރަހީމް ސްޓާލިންގްއެވެ.

މި ލަނޑަށް ފަހުގައި ވެސް ސިޓީން ވަނީ ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެހެން ނަމަވެސް ކްރިސްޓަލް ޕެލަސްގެ ކީޕަރު ވަނީ މި ހަމަލާތައް ދިފާއު ކޮށްފައެވެ.

ފުރަތަަމަ ހާފް ނިމުނީ 00-01 ގެ ނަތީޖާއަކުން ސިޓީ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީގެ ކުޅުން އިތުރަށް ވަރުގަދަކޮށް ކްރިސްޓަލް ޕެލަސްގެ ފަހަތަށް ބާރުބޮޑު ކުރުމުގެ ނަތީޖާއަކަށްވީ މެޗުގެ 63 ވަނަ މިނެޓުގައި ސިޓީން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާކުރުމެވެ. މި ލަނޑު ލެރޯއީ ސޭންގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށް ދިނީ ސިޓީގެ ފުރަތަަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ރަހީމް ސްޓާލިންގްއެވެ.

ސިޓީގެ ދެވަނަ ލަނޑާއެކު ނަތީޖާ ނެރުމަށް ކްރިސްޓަލް ޕެލަސްއިން ގިނަ މަސައްކަތް ތަކެއް ކުރިއެވެ. އެ ގޮތުން އެ ޓީމުން ވަނީ ސިޓީގެ ފަހަތަށް ބާރު ބޮޮޑުކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާ އެއްގެ ގޮތުން ކްރިސްޓަލް ޕެލަސްގެ ފުރަތަަމަ ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ލޫކާ މިލިވޮޖެވިކްއެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ކެވިން ޑެ ބްރައިއަންގެ އެހީތެރި ކަމާއެކު ގެބްރިއަލް ޖީސަސްއެވެ.

ލިވަޕޫލް އާއި ޗެލްސީ ވާދަކުރި މެޗުގެ ތެރެއިން

އާދިއްތަ ދުވަހުގެ މެޗު ލިވަޕޫލްއިން ކާމިޔާބު ކުރީ ޗެލްސީއާއި ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ހާފްގައި ދެ ޓީމްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފްގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލްއިން ކުޅުން ރަނގަޅުކޮށް ޗެލްސީގެ ފަހަތަށް ވަނީ ބާރު ބޮޑު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ލިވަޕޫލްއިން ލީޑް ނެގިއެވެ. މި ލަނޑު ޖޯރޑަން ހެންޑްރެސަންގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށް ދިނީ ސާޑިއޯ މޭންއެވެ.

ލިވަޕޫލްއިން ވަނީ މެޗުގެ 53 ވަނަ މިނެޓުގައި ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކޮށްފައެވެ. މި ލަނޑު ވަރޖިލް ވޭން ޑިޖިކްގެ އެހީތެރި ކަމާއެކު ކާމިޔާބު ކޮށްދިނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާޙްއެވެ.

މި ނަތީޖާ އާއިއެކު ލީގު ތާވަލުގެ އެއްވަނާގައި ލިވަޕޫލް އޮތީ އެއްމެޗު އިތުރަށް ކުޅެގެން، 34 މެޗުން ހޯދި 85 ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނާގައި މެންޗެސްޓަރ ސިޓީ އޮތީ 33 މެޗުން ހޯދި 83 ޕޮއިންޓާއެކުއެވެ. ސިޓީއާއި ލިވަޕޫލްގެ ފަރަގު 2 ޕޮއިންޓަށް ކުޑަވެފައި ވާއިރު، މެޗުން ބަލިވި ޗެލްސީ ކުޅުން 34 މެޗުން ހޯދި 66 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. ތާވަލުގެ ތިން ވަނާގައި ޓޮޓަންހަމް އޮތީ ކުޅުނު 33 މެޗުން ހޯދި 67 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު