Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރެންޗް ލީގު

ފްރެންޗް ލީގު: ޕީއެސްޖީގެ މައްޗަށް ލިލްއިން ކުރިހޯދައިފި

15 އެޕްރީލު 2019 | ހޯމަ 14:35

ލިލް މެޗު ކާމިޔާބުކުރީ ޕީއެސްޖީ އާއި ވާދަކޮށް 01-05

މިއުނާ ހަސަން
މިއުނާ ހަސަން | 15 އެޕްރީލު 2019 | ހޯމަ 14:35
ޕީއެސްޖީ އާއި ލިލް ވާދަކުރި މެޗުގެ ތެރެއިން

ޕީއެސްޖީ އާއި ލިލް ވާދަކުރި މެޗުގެ ތެރެއިން

ފްރެންޗް ލީގުގައި އާދިއްތަ ދުވަހު ކުޅުނު މެޗު ޕީއެސްޖީގެ މައްޗަށް ކުރިހޯދައި ބޮޑު ތަފާތަކުން ލިލްއިން ކާމިޔާބު ކޮށްފިއެވެ.

ލިލް މެޗު ކާމިޔާބުކުރީ ޕީއެސްޖީ އާއި ވާދަކޮށް 01-05 ގެ ނަތީޖާއަކުންނެވެ.

ލިލްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ލިލްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެހެން ނަމަވެސް ޕީއެސްޖީއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މެޗުގެ ހަތް ވަނަ މިނެޓުގައި ޕީއެސްޖީގެ ތޯމަސް މެނުއަރގެ އަތުން ވަންގޯލާއެކު ލިލްއިން މެޗުގެ ލީޑް ނެގިއިރު ޕީއެސްޖީން ވަނީ މެޗުގެ 11 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކީލިން އެމްބަޕޭގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށްދިނީ ޖުއާން ބަރނެޓްއެވެ.

މި ލަނޑަށް ފަހުގައި ލިލްއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް ޕީއެސްޖީގެ ފަހަތަށް ބާރުބޮޑު ކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޕީއެސްޖީ ޕްރެޝަރަށް ވެއްޓި އެ ޓީމުގެ ކުޅުން ދަށްވެ، މެޗުގެ 36 ވަނަ މިނެޓުގައި ޖުއާން ބަރނެޓްއަށް ދެއްކި ރަތް ކާޑާއެކު މެޗުގެ ބާކީބައި ޕީއެސްޖީ ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮށް 10 ކުޅުންތެރިންނާއެކުއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 01-01 ގެ ނަތީޖާ އަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެވަަނަ ހާފް ފެށިގެން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ލިލްއިންނެވެ. މި ހާފުގައި ލިލްއިން ވަނީ ޕީއެސްޖީގެ ގޯލާއި އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ގޮތުން މެޗުގެ 51 ވަނަ މިނެޓުގައި ނަނިޓާމޯ އިކޯންގެ އެހީތެރި ކަމާއެކު ނިކޮލަސް ޕެޕެ ލިލްއަށް ލީޑް ނަގައި ދިނެވެ.

ލިލްއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުން ތިން ވަނަ ލަނޑު ކާމިޔާބުކޮށް ލީޑް އިތުރަށް ފުޅާ ކޮށްދިނެވެ. މި ލަނޑު ނަނިޓާމޯ އިކޯންގެ އެހީތެރި ކަމާއެކު ކާމިޔާބުކޮށް ދިނީ ޖޯނަތަން ބަމްބާއެވެ.

ޕީއެސްޖީގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައި ނުވާއިރު، އެ ޓީމުގެ ޑިފެންޑަރުންނަށް ލިލްގެ ހަމަލާތައް ދިފާއު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 71 ވަނަ މިނެޓުގައި ނިކޮލަސް ޕެޕޭގެ އެހީތެރި ކަމާއެކު ގެބްރިއެލް ޑެ ސަންޓޭސް ލިލްގެ ހަތަރުވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނެވެ.

މި ނަތީޖާ އާއިއެކު ފްރެންޗް ލީގުގެ އެއްވަނާގައި ކުޅުނު 31 މެޗުން ހޯދި 81 ޕޮއިންޓާއެކު ޕީއެސްޖީ އޮތްއިރު، ލިލް އޮތީ ތާވަލުގެ ދެވަނާގައި ކުޅުނު 32 މެޗުން ހޯދި 64 ޕޮއިންޓާއެކުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް