Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވް ގޭސް

މޯލްޑިވް ގޭސް އަށް 2.6 މިލިއަނާ ގާތަށް ވަނީ ގެއްލުން ވެފައި: ޝަޒައިލް

މޯލްޑިވް ގޭހުގެ 80 އިންސައްތަ ކަވަރ ކުރަނީ ކައްކާ ގޭސް

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 15 އެޕްރީލު 2019 | ހޯމަ 04:33
މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމް

މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުންފުނިތަކުގެ ފައިސާޔާއި މުދާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތެރެއިން މޯލްޑިވް ގޭހަށް 2.6 މިލިއަނާއި ގާތަށްކުރާ އަދަދަކަށް ގެއްލުން ވެފައިވާ ކަމަށް އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރ ޝަޒައިލް ސިޔާމް ވިދާޅުވެއްޖެއެވެ .

ރާއްޖެއެމްވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަޒައިލް ވިދާޅުވީ ކުންފުންޏަށް އެކި ދިމަދިމާލުން ގެއްލުން ވެފައިވާ ކަމަށާއި އެގޮތުން 2.6 މިލިއަނާއި ގާތްކުރާ އަދަދަކަށް ކުންފުންޏަށް ގެއްލުން ވެފައި ވާކަމަށެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ބޭނުމަށް ނާޖާއިޒް ގޮތުގައި ކުންފުނިތައް ބޭނުން ކުރަމުން ދިޔަ ކަމަށާއި ނަމަވެސް މި ސަރުކަރުން އެފަދަ ކަންކަމަށް ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ

"ކުންފުނީގެ ބޯޑްގެ ލަފަޔާ ވެސް އެކު މިހާރު އިންޓާރނަލް ސްޕެޝަލް އޮޑިޓެއް ކުރަމުން މިދަނީ. އެ އޮޑިޓަށްފަހު ލަފާކުރެވޭ ގޮތުގައި މި އަދަދު މިއަށް ވުރެން ބޮޑުވުމަކީ ވެސް އެކަށީގެންވާ ކަމެއް. އޮޑިޓްގެ މަސައްކަތް ކުރާތާ ދެ ހަފްތާ ވެއްޖެ. ދެ މަސްދުވަހުގެ ތެރެގައި އޮޑިޓް ނިންމާލެވޭނެ. އަދި އޮޑިޓް ނިމުމުން ކުންފުންޏަށް ގެއްލުން ވެފައިވާ ދިމާދިމާ ފާހަގަ ކުރެވި ކުންފުނި އިތުރަށް ތަރައްގީ ކުރެވިގެން ދާނެ. އޯވަރރޯލްކޮށް ބަލާ ނަމަ ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވެފައެއް ނޫން ހުރީކީ. ފައިދާގައި ހިންގަމުން އައިސްފައިވަނީ. ނަމަވެސް ކުންފުނި މިއަށް ވުރެން މާބޮޑު ފައިދާގައި ހިންގޭނެ،" ޝަޒައިލް ވިދާޅުވިއެވެ.

މި އަހަރުގެ ޖެނުއަރީމަހުގެ 6 ވަނަ ދުވަހު މޯލްޑިވް ގޭހުގެ އެމްޑީކަމާ ހަވާލުވެ ވަޑައިގެން ޝަޒައިލް ވިދާޅުވީ މީގެ ކުރިން ކުންފުނިން ވަރަށް ބައިވަރު ބޭކާރު ޚަރަދު ކޮށްފައި ވާކަމަށާއި ނަމަވެސް މިހާރު ބޭކާރު ކަރަދުތައް ނައްތާލާ ކުންފުންޏަށް ނަފާ ލިބޭ ގޮތަށް ކުންފުނީގެ ހިންގުން ބައްޓަން ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ކުންފުނީގެ ސްޓަރކްޗަރ އަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްވިފައިވާ ކަމަށާއި އަދި އިތުރު ޕްރޮޑަކްޓްތައް ތައާރަފް ކުރުމުގެ ތައްޔާރީތައް ވަމުން ދާކަމަށެވެ. ޝަޒައިލް ވިދާޅުވީ މޯލްޑިވް ގޭސްގެ މައިގަނޑު ވިޔަފާރިއަކީ ކައްކާ ގޭހުގެ ވިޔަފާރި ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްރައިމް ބިޒްނަސްއަކީ އެލްޕީޖީ (ކައްކާ ގޭސް) ފޯރުކޮށްދެން އާންމު ރައްޔިތުންގެ އިތުރުން ހޮޓާ ރެސްތޯރެންޓްތަކާއި ރިސޯޓް މާރކެޓްގައި ވެސް އަޅުގަނޑުމެން އެބައުޅެން އެލްޕީޖީއަށް ބަލާއިރު މާރކެޓްގެ 80 އިންސައްތަ ކަވަރ ކުރޭ. އަދި ބޮޑަތި އާބާދީތަކުން ފެށިގެން ކުދި އާބާދީތަކަށް ކައްކާ ގޭސް ފޯރުކޮށްދެން އެހެނިހެން ޕްރޮޑަކްޓްގެ ތެރޭގައި އިންޑަސްޓްރިއަލް ގޭސް އޮކްސިޖަން އާއި އަދި ނައިޓްރޮޖަން ފަދަ ގޭސްތައް ވެސް އަޅުގަނޑުމެންގެ އަތުގައި ހުންނާނެ. ގޭހާއި ރިލޭޓެޑް ބައިވަރު ޕްރޮޑަކްޓްތައް ހުންނާނެ،" ޝަޒައިލް ވިދާޅުވިއެވެ.

ކުރިއަށް ރަމަޟާން މަހަށް މޯލްޑިވް ގޭހުން ވަރަށް ބޮޑައް ތައްޔާރުވެފައިވާކަން ފާހަގަ ކުރައްވާ ޝަޒައިލް ވިދާޅުވީ އެއްވެސް ރައްޔިތަކު އެކުންފުނީގެ ގޭސް ނުލިބިގެން އުޅެން ނުޖެހޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތަކަށް ގޭސް ބަރާބަރަށް ލިބޭނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު