Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާންގައި ކުރިޔަށްދާ މުޒާހަރާތައް

ސޫދާނުގައި މަދަނީ ސަރުކާރެއް ޤާއިމްކުރަން އަސްކަރިއްޔާ އިން ނިންމައިފި

14 އެޕްރީލު 2019 | އާދީއްތަ 06:17

އިންތިގާލީ އަސްކަރީ ކައުންސިލްގެ އައު ވެރިޔާ، ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު ވަނީ ކާފިއު އުވާލުމަށް ނިންމަވާފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 14 އެޕްރީލު 2019 | އާދީއްތަ 06:17
މަދަނީ ސަރުކާރެއް ޤާއިމްކުރުމަށް ގޮވާލައި ސޫދާނުގެ ވެރިރަށް ކާރްތޫމްގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން...

މަދަނީ ސަރުކާރެއް ޤާއިމްކުރުމަށް ގޮވާލައި ސޫދާނުގެ ވެރިރަށް ކާރްތޫމްގައި ކުރިއަށްދިޔަ މުޒާހަރާތަކުގެ ތެރެއިން...

ސޫދާނުގައި މަދަނީ ސަރުކާރެއް ޤާއިމްކުރައްވާނެ ކަމަށް އެ ޤައުމުގައި މިހާރު ވެރިކަންކުރަމުންދާ އިންތިގާލީ އަސްކަރީ ކައުންސިލްގެ އައު ވެރިޔާ ވިދާޅުވެއްޖެއެވެ.

މަޤާމާ ހަވާލުވެވަޑައިގަތުމަށް ފަހު ޓީވީ މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބުކުރައްވާ ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އަލް ބުރުޙާން ޢަބްދުއްރަޙުމާން ވިދާޅުވީ، ސޫދާނުގެ އިދިކޮޅު ސިޔާސީ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށް ފަހު މަދަނީ ސަރުކާރެއް އުފައްދަވާނެ ކަމަށާއި، އިންތިގާލީ މުއްދަތު ދެމިގެންދާނީ އެންމެ ގިނަވެގެން ދެ އަހަރަށް ކަމަށެވެ.

ރައްޔިތުންނާއި މުޚާތަބުކުރައްވާ ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އިތުރަށް ވިދާޅުވީ ބަޣާވާތަށް ފަހު އިންތިގާލީ އަސްކަރީ ކައުންސިލުން އިޢުލާނުކުރި ރޭގަނޑުގެ ކާފިއު އުވާލައްވާފައިވާ ކަމަށެވެ. މީގެ އިތުރުން ސޫދާނަށް ގެނައި ބަޣާވާތުގައި މަޤާމުން ދުރުކުރި އެ ޤައުމުގެ ކުރީގެ ރައީސް އުމަރު އަލް ބަޝީރުގެ ވެރިކަމުގެ ފަހު ދުވަސްތަކުގައި ކުއްލި ހާލަތު އިޢުލާނު ކުރައްވައި ހައްޔަރުކޮށް ޖަލަށް ލާފައިވާ އެންމެން މިނިވަން ކުރުމަށް އަމުރުކޮށްފައިވާކަން ވެސް ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު ހާމަކުރެއްވިއެވެ.

އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިޔާ ކަމަށް ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު އިސްކުރީ، ސޫދާނުގައި ގެނައި ބަޣާވާތަށް ފަހު އެ މަޤާމު ފުރަތަ ފުރުއްވި އެ ޤައުމުގެ ކުރީގެ ޑިފެންސް މިނިސްޓަރު ލެފްޓިނެންޓް ޖެނެރަލް އަޙުމަދު އަވާދު އިބްނު އައުފް އެ މަޤާމުން ހުކުރު ދުވަހު އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހު ލެފްޓިނެންޓް ޖެނެރަލް ޢަބްދުލް ފައްތާޙު ރައްޔިތުންނާ މުޚާތަބުކުރެއްވުމުގެ ކުޑަ އިރުކޮޅެއް ކުރިން ސޫދާނުގެ ސަލަމަތާއި ޖާސޫސީ ކަންކަމާ ބެހޭ އިސްވެރިޔާ މޭޖަރ ޖެނެރަލް ސަލާޙް ޢަބްދުﷲ ގޯޝް ވެސް ވަނީ މަޤާމުން އިސްތިޢުފާ ދެއްވާފައެވެ.

ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު އުމަރު އަލް ބަޝީރުގެ ވެރިކަމާ ދެކޮޅަށް ފެށި މުޒާހަރާތައް ކުރިއަށްދަނިކޮށް، ބުރާސްފަތި ދުވަހު ސޫދާނަށް އަސްކަރީ ބަޣާވާތެއް ގެނެސް، އެ ޤައުމުގެ ވެރިކަމާއި އަސްކަރިއްޔާއިން ހަވާލުވުމުން މުޒާހަރާކުރަމުންދިޔަ ފަރާތްތަކުން ވަނީ އަސްކަރިއްޔާ އެއް ފަރާތަށް ޖެހި މަދަނީ ސަރުކާރެއް ޤާއިމްކުރުމަށް ޖާގަ ދިނުމަށް ގޮވާލައި މުޒާހަރާ ކޮށްފައެވެ. އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އޭރު އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިއަކަށް ހުރި ލެފްޓިނެންޓް ޖެނެރަލް އަޙުމަދު އަވާދު އިބްނު އައުފް ވަނީ ސޫދާނުގައި ކާފިއު ހިންގުމަށް އަމުރުކުރައްވާފައެވެ.

މުޒާހަރާތަކާއި އަސްކަރިއްޔާގެ އެތެރެއިން ކުރިމަތިވި ފިއްތުންތަކަށް ފަހު ހުކުރު ދުވަހުގެ އިރުއޮއްސުނު އިރު އިންތިގާލީ އަސްކަރީ ކައުންސިލްގެ ވެރިޔާގެ މަޤާމުން ލެފްޓިނެންޓް ޖެނެރަލް އަޙުމަދު އަވާދު އިބްނު އައުފް އިސްތިޢުފާ ދެއްވުމާ ގުޅިގެން ސޫދާނުގެ ރައްޔިތުން ވަނީ ހޮނިހިރު ދުވަހު އިރު އަރަންދެން އުފާފާޅުކޮށްފައެވެ. އިބްނު އައުފް އަކީ ވެރިކަމުން ދުރުކުރި ޚުދުމުޚުތާރު ރައީސް، އުމަރު އަލް ބަޝީރުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރކަން ކުރެއްވި، ރައީސް ބަޝީރާއި ގާތް ބޭފުޅެކެވެ. އެގޮތުން ރައީސް ބަޝީރުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އިބްނު އައުފް ވަނީ ސޫދާނުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

24 މެއި 2017

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ
09 މާރިޗު 2017

އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ

09 މާރިޗު 2017
އެމެރިކާ އަސްކަރިއްޔާގެ 1000 ސިފައިންގެ ފައުޖެއް ކުވައިތަށް ފޮނުވަން އެމެރިކާ އިން ވިސްނަނީ
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
03 މާރިޗު 2017

ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި

03 މާރިޗު 2017
ސީރިއާގެ އަސްކަރިއްޔާއިން އައިސިސް ބަލިކޮށް ތަދްމޫރު ހިފައިފި
02 މާރިޗު 2017

މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ

02 މާރިޗު 2017
މުސްލިމުންނާ ދޭތެރޭ ހިންގާ އަސްކަރީ އޮޕަރޭޝަނަކީ ހަނގުރާމަވެރިންގެ އަމަލުތައް ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް: މިޔަންމާ އަސްކަރިއްޔާ
24 ފެބުރުއަރީ 2017

ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި

24 ފެބުރުއަރީ 2017
ނައިޖަރގެ ހަނގުރާމަވެރިންތަކެއް އަސްކަރިއްޔާގެ 15 ސިފައިން މަރާލައިފި
23 ފެބުރުއަރީ 2017

މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި

23 ފެބުރުއަރީ 2017
މޫސަލް ގެ އެއާޕޯޓު އިރާގު އަސްކަރިއްޔާގެ އަތް ދަށަށް ގެނެސްފި
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް