Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސޫދާންގެ މުޒާޙަރާ

ސޫދާންގެ މިލިޓަރީ ކައުންސިލްގެ ވެރިޔާ ވެސް އިސްތިއުފާ ދެއްވައިފި

13 އެޕްރީލު 2019 | ހޮނިހިރު 05:37

މިލިޓަރީ ކައުންސިލްއަށް ދެން އައްޔަނު ކުރެއްވީ ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހް ބުރްހާން

އަމަން ހަލީމް
އަމަން ހަލީމް | 13 އެޕްރީލު 2019 | ހޮނިހިރު 05:37
ސޫދާންގެ މިލިޓަރީ ކައުންސިލުން އިސްތިއުފާ ދެއްވި އަވަދު އިބްނު އައުފް

ސޫދާންގެ މިލިޓަރީ ކައުންސިލުން އިސްތިއުފާ ދެއްވި އަވަދު އިބްނު އައުފް

ތިރީސް އަހަރުގެ ދިގު މުއްދަތަކަށް ސޫދާންގެ ވެރިކަން ކުރެއްވި އުމަރް އަލް ބަޝީރު މަގާމުން ދުރުކުރެއްވުމަށް ފަހު، ގައުމު ހިންގުމާ ހަވާލުވެވަޑައިގެންނެވި އަވަދު އިބްނު އައުފް ވެސް އިސްތިއުފާދެއްވައިފިއެވެ.

ގައުމު ހަމަ މަގަށް އެޅެން ދެން ކަމަށް ބުނެ ދެ އަހަރު ދުވަހުގެ މުއްދަތަށް ގައުމުގެ ވެރިކަމާ ހަވާލުވެގަތް މިލިޓަރީ ކައުންސިލްގެ ވެރިޔާ ޖެނެރަލް އިބްނު އައުފް އިސްތިއުފާ ދެއްވީ، އެ ގައުމުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން އާންމުން ހޮވާ ބަޔަކާ ގައުމުގެ ވެރިކަން ހަވާލުކުރަން ގޮވާލާ މުޒާހަރާތައް ކުރިޔަށް ގެންދިޔުމާ ގުޅިގެންނެވެ.

ގައުމީ ޓީވީގައި ވާހަކަފުޅު ދައްކަވަމުން އިބްނު އައުފް ވިދާޅުވީ އިސްތިއުފާދެއްވަން ނިންމެވީ ގައުމުގެ ލާބައާއި މަންފާއަށްޓަކައި، ގައުމުގެ ކުރިއެރުމަށް އިތުރު ހުރަސްތަކެއް ކުރިމަތި ނުކުރުމުގެ ނިޔަތުގައި ކަމަށެވެ. އޭނާ ވަނީ ހުރިހާ ފަރާތްތަކަކުން އެކުއެކީގައި މަސައްކަތް ކޮށްގެން މިހާރު ދިމާވެފައިވާ ކަންކަމަށް އަވަސް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އިބްނު އައުފް މަގާމުން ދުރުވުމަށް ފަހު މިލިޓަރީ ކައުންސިލް ހިންގުމާ ހަވާލުވެވަޑައިގެންނެވީ، ލެފްޓިނެންޓް ޖެނެރަލް އަބްދުލް ފައްތާހް ބުރްހާންއެވެ. ބުރްހާނަކީ ސޫދާންގައި ކުރިޔަށް ދިޔަ މުޒާހަރާގެ ބައިވެރިންނާ ބައްދަލުކޮށް އެ މީހުން ބޭނުންވާ ކަންކަން އޮޅުން ފިލުވަން ކެރިވަޑައިގަތް އަސްކަރިއްޔާގެ މަދު ބޭފުޅުންގެ ތެރެއިން އެކަކެވެ. ސޫދާންގެ ރައްޔިތުން ވެސް ވަނީ މި ނިންމުން ބަލައިގަނެފައެވެ.

ސޫދާންގައި ވެރިކަން ކުރާތާ ތިރީސް އަހަރުވެފައިވާ ބަޝީރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާތައް ފެށުނީ ޕާނާއި ކާންބޯން ބޭނުން ކުރާ ބައެއް އަސާސީ ތަކެތީގެ އަގުބޮޑުކުރަން ނިންމުމާ ގުޅިގެންނެވެ. ޑިސެމްބަރު މަހުގެ ތެރޭގައި އެ ގައުމުގައި ފެށި މުޒާހަރާތައް ހޫނުވަމުން ގޮސް އެއްމެ ފަހުން އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހުއްޓުމެއް ނެތި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގައި ރެއާއި ދުވާލު އިހުތިޖާޖު ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް