Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ އިތުރުވާން ޖެހޭ: ރައީސް

ގައުމުގެ މަތީ މަޤާމުތަކަށް، އަންހެނުންގެ ބޭނުންތެރިކަން ބޮޑު ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 12 އެޕްރީލު 2019 | ހުކުރު 05:46
ގައުމީ ޔުނިވާސިޓީން ދަސްވެނިވުނު އަންހެން ދަރިވަރުން ތަކެއް

ގައުމީ ޔުނިވާސިޓީން ދަސްވެނިވުނު އަންހެން ދަރިވަރުން ތަކެއް

ރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ހިއްސާ މިހާރަށްވުރެ އިތުރުވާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރުމުގައި އެ ޔުނިވާސިޓީ އަކީ ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ.

Advertisement - newsAdvertisement

ތަޢުލީމީ މައިދާނުގައި ކުރިއަރައިގެން ދާ ހަލުވިމިނުގައި، އެހެން މައިދާންތައް ވެސް ކުރިއަރައި ދިޔުމަށް، ރައީސް ވަނީ ދަސްވެނިވުނު އަންހެން ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް، އަދި ގައުމުގެ މަތީ މަޤާމުތަކަށް، ދިވެހި އަންހެނުންގެ ބޭނުންތެރިކަން އިންތިހާއަށް ބޮޑު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިފައެވެ.

''ނިމި ދިޔަ އިންތިޚާބުގައި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވީވެސް އެންމެ ހަތަރު އަންހެން ބޭފުޅުން. އެއީ، މުޅި މަޖިލީހުގެ އެންމެ 4.5 އިންސައްތަ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މި ރާއްޖޭގެ ހޭލުންތެރިކަމާއި ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ސިޔާސީ މައިދާނުގައި އަންހެނުންގެ ޙިއްޞާ މިއަށްވުރެ އިތުރުވާންޖެހޭނެ. އެކަމަށް ފައްކާވެފައި ތިބި ދިވެހި އަންހެނުން ވަރަށް ގިނަ.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

ނަވާރަ ވަނަ މަޖިލީހަށް ހޮވިވަޑައިގަތް ހަތަރު އަންހެން މެމްބަރުން. ފޮޓޯ: ރާއްޖެއެމްވީ

ރާއްޖޭގައި ކިޔަވައިގެން ސެޓްފިކެޓް ހާސިލުކޮށްފައި ތިބި މީހުން ވަރަށް ގިނަ ކަން ފާހަގަ ކުރައްވަމުން ކުރައްވާ ރައީސް ވިދާޅުވީ ނެތިގެން އުޅެނީ ލިބިފައިވާ ޢިލްމާ އެއްވަރަށް، ޙިކްމަތްތެރިކަމާއެކު ކަންކަން ކުރާނެ މީހުން ކަމަށެވެ. ރާއްޖެއަށް މަތީ ތަޢުލީމް ފުޅާކުރުމަށް ގައުމީ ޔުނިވާސިޓީން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމީ ޔުނިވާސިޓީން ދަސްވެނިވުން ދަރިވަރުންތަކެއް. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އުތުރާއި ދެކުނުގައި، ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތައް ގާއިމްކޮށްފައިވާއިރު އެންމެ ބޮޑަށް ކުރެވޭ އުންމީދަކީ، ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް، އެ ޔުނިވާސިޓީގެ ކެމްޕަހެއް ގާއިމް ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

''އެގޮތުން، ރާއްޖޭގެ މެދުގައި އޮތް ލ. އަތޮޅުގައި، ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. މިފަދަ ކެމްޕަސްތަކަކީ، ރާއްޖޭގެ ޞިނާޢަތްތައް ދިރުވައި އާލާކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ތަންތަން.'' ރައީސް ވިދާޅުވިއެވެ.

ގައުމީ ޔުނިވާސިޓީގެ ހަތަރު ކެމްޕަހެއް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައެވެ. އެއީ، ހދ. ކުޅުއްދުއްފުށީ ގައި ހުންނަ ކެމްޕަހާއި، ލ.ގަމް ކެމްޕަސް، ސ. ހިތަދޫ ކެމްޕަސްގެ އިތުރުން ގދ. ތިނަދޫ ކެމްޕަހެވެ.

ގައުމީ ޔުނިވާސިޓީގެ ޖަލްސާގައި ރައީސް ސޯލިހު، އަރިހުގައި ހަޔރަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން

މަސްވެރިކަމާއި ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިޞާދުގެ މުހިންމު ސިނާއަތައް ވާއިރު އެ ދެ ދާއިރާއިން ދިރާސްތައް ހެދުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް ސޯލިހު ފާހަގަކުރެއްވެވިއެވެ. ގައުމީ ޔުނިވާސިޓީގެ 558 ދަރިވަރަކު ވަނީ ބުރާސްފަތި ދުވަހުގެރޭ ދަސްވެނިވި ސަނަދު ހާސިލްކޮށްފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު