Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިލްވާން އާއި ޔާމިންގެ މައްސަލަ

ރިލްވާނާއި ޔާމިންގެ ހަނދާނުގައި ޖަމިއްޔާއެއް އުފައްދައިފި

10 އެޕްރީލު 2019 | ބުދަ 16:16

ފައުންޑޭޝަނުން މަސައްކަތް ކުރާނީ ޔާމިން އާއި ރިލްވާނު ވަކާލާތު ކުރި ކަންކަން ކުރިއަރުވަން

އަމަން ހަލީމް
އަމަން ހަލީމް | 10 އެޕްރީލު 2019 | ބުދަ 16:16
ރިލްވާން އާއި ޔާމިންގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރިލްވާން އާއި ޔާމިންގެ އާއިލާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ރަހުމްކުޑަ ގޮތެއްގައި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ ހަނދާނުގައި އެ ދެ ފަރާތުގެ އާއިލާއިން ޖަމިއްޔާއެއް އުފައްދައިފިއެވެ.

ޔާމީންގެ 31 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރިލްވާން އެންޑް ޔާމިން ފައުންޑޭޝަން" ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދި ކަން އިއުލާން ކުރީ ޔާމިންގެ މަންމަ މަރިޔަމް ޝަފީގާއެވެ. ޝަފީގާ ބުނީ މި ޖަމިއްޔާ އުފެއްދުމުގެ މައިގަނޑު މަގުސަދަކީ ޔާމިން އާއި ރިލްވާނުގެ ޙިޔާލާއި، ރޫޙާއި، ހިތްވަރު އައުކުރުމަށް އަދި އެ މީހުން ވަކާލާތުކުރި ހައްގުތައް ކުރިއެރުވުން ކަމަށެވެ.

Advertisement - newsAdvertisement

މި ޖަމިއްޔާއިން ޔާމިން އާއި ރިލްވާނު ކުރިއަރުވަން ވަކާލާތު ކުރި ދާއިރާތަކުން ތައުލީމާއި ތަމްރީން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ވެސް ޝަފީގާ ބުންޏެވެ.

ވަރަށް އަސަރުން ފުރިގެން ހުރެ ޔާމިންގެ މަންމަ ދެއްކި ވާހަކައިގައި އޭނާ ވަނީ ޔާމިން އާއި ރިލްވާނަށް އިންސާފު ހޯއްދަވައި ދެއްވަން މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި ދެ އާއިލާގެ ވެސް އެދުމަކީ މި ފަށާފައިވާ މަސައްކަތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުން ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

ބުދަ ދުވަހު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމިން އާއި ރިލްވާނުގެ އާއިލާއިން ވަނީ މިހާތަނަށް ވެސް އެ ދެ މީހުންގެ މައްސަލައިގައި ވީނުވީއެއް ބުނެދެވިފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސިޔާސީ ވެރިންނާއި ގޭންގުތަކުންނާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުންނާއި ކޯޓުތަކުން ވެސް މިކަމުގެ ހަގީގަށް ވަންހަނާކުރަން މަސައްކަތް ކުރާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމިން ރަޝީދުގެ މަންމައާއި ދައްތަގެ އިތުރުން ރިލްވާންގެ މަންމައާއި ދައްތަ ވެސް ވަނީ ބައިވެރިވެފައެވެ.

ރިލްވާން ގެއްލުވާލިތާ މިއަދަށް 1700 ދުވަސްވެފައިވާ އިރު މިހާތަނަށް އޭނާ ގެއްލުވާލި މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރު ކުރި ކަމުގައިވީ ނަމަވެސް އެ އެއްމެން ވެސް ވަނީ ދޫކޮށްލާފައެވެ. އޭގެ ފަހުން މިތަނުން އެއް ބަޔަކު ސީރިޔާއަށް ހަނގުރާމައަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ޔާމިން މަރާލި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށް ޝަރީއަތް ހިންގަން ފަށާފައިވީ ނަމަވެސް ޝަރީއަތްތައް ސިއްރުކޮށްގެން ކުރިޔަށް ގެންދާތީ އެ މައްސަލައާ ބެހޭ މައުލޫމާތު ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި މައްސަލަ އެކަށީގެންވާ ބާރު މިނެއްގައި ކުރިއަށް ނުދާކަން ފާހަގަކޮށްލެވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 ޖޫން 2017

ޔާމިންގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

24 ޖޫން 2017
ޔާމިންގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށްފައިވާ ދެމީހެއްގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
14 ޖޫން 2017

ރިލްވާނާއި ޔާމީންގެ އާއިލާއާ ކޭޝަޕް ބައްދަލުކުރައްވައިފި

14 ޖޫން 2017
ރިލްވާނާއި ޔާމީންގެ އާއިލާއާ ކޭޝަޕް ބައްދަލުކުރައްވައިފި
18 މެއި 2017

ދެން އޮންނަ އިންތިހާބެއް ގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު: ޝިފާޒު

18 މެއި 2017
ދެން އޮންނަ އިންތިހާބެއް ގައި ރައީސް ޔާމިންގެ ނަން އޮތުމާއި މެދު ޝައްކު: ޝިފާޒު
16 މެއި 2017

ޔާމިންގެ މަރުގެ މައްސަަލައިގާ ފުރަތަމަ ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފި

16 މެއި 2017
ޔާމިންގެ މަރުގެ މައްސަަލައިގާ ފުރަތަމަ ހައްޔަރުކުރި މީހާގެ ބަންދަށް އިތުރު 13 ދުވަސް ޖަހައިފި
25 އެޕްރީލު 2017

ޔާމިންގެ މަރުގެ މިނިވަން ތަހްޤީގެއް ކުރުމަށް އެމްޑީޕީން ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި

25 އެޕްރީލު 2017
ޔާމިންގެ މަރުގެ މިނިވަން ތަހްޤީގެއް ކުރުމަށް އެމްޑީޕީން ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި
25 އެޕްރީލު 2017

ޔާމިންގެ ދެ ޤާތިލުންނަކީ ކޮންބައެއްކަން ދެނެގަނެވިއްޖެ: ފުލުހުން

25 އެޕްރީލު 2017
ޔާމިންގެ ދެ ޤާތިލުންނަކީ ކޮންބައެއްކަން ދެނެގަނެވިއްޖެ: ފުލުހުން
21 އެޕްރީލު 2017

ރައީސް ޔާމިންގެ ސަރުކާރަށް ރައްޔިތުން ހޯހޯ ގޮވާ، މިި ސަރުކާރު ބަލިކުރާނަން: ރޮޒެއިނާ

21 އެޕްރީލު 2017
ރައީސް ޔާމިންގެ ސަރުކާރަށް ރައްޔިތުން ހޯހޯ ގޮވާ، މިި ސަރުކާރު ބަލިކުރާނަން: ރޮޒެއިނާ
18 މާރިޗު 2017

ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު

18 މާރިޗު 2017
ރައީސް ޔާމިންގެ ވެރިކަމުގައި ސައުދީ ރަސްގެންފާނު ރާއްޖެ ވަޑައިނުގަންނަވާނެ:ނިޒާރު
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް