Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ސަރުކާރުން ހުށަހަޅާ ކަންކަން އިސްލާހު ކުރަން ޖެހޭނެނަމަ އެކަމަށް ފާޑުކިޔާނަން: މީކާއިލް

9 އެޕްރީލު 2019 | އަންގާރަ 04:05

ސަރުކާރުން ހުށަހަޅާ ކޮންމެ ކަމަކަށް ރަބަރ ސްޓޭމްޕް ޖަހާ މަޖިލީހެއް ނޫން މި އިންތިހާބުވެގެން ދިޔައީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 އެޕްރީލު 2019 | އަންގާރަ 04:05
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މީކާއިލް ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މީކާއިލް ނަސީމް

ސަރުކާރުން ހުށަހަޅާ ކޮންމެ ކަމަކަށް ވޯޓް ނުދޭނެ ކަމަށާއި ވޯޓްދޭއިރު ރައްޔިތުންނަށް އެކަމުން ފައިދާ ކުރޭތޯ ބައްލަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ ސަރުކާރުން ހުށަހަޅާ ކަންކަން އިސްލާހު ކުރަން ޖެހޭނަމަ އެކަމަށް ފާޑު ކިޔުއްވާނެ ކަމަށާއި ބިލަކަށް ވޯޓްދޭއިރު އެ ވޯޓް ދޭނީ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement
”ސަރުކާރުން ހުށަހަޅާ ކޮންމެ ކަމަކަށް ރަބަރ ސްޓޭމްޕް ޖަހާ މަޖިލީހެއް ނޫން މި އިންތިހާބުވެގެން ދިޔައީ. ހަމަގައިމު ވެސް އަޅުގަނޑު ވޯޓް ދޭނީ އެކަންކަމަކީ ރައްޔިތުންނަށް ފައިދާ ލިބޭ ކަންކަމަށްވާނަމަ. އެހެން ނަމަވެސް ސަރުކާރުން ހުށަހަޅާ ކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށް ފެންނަކަމުގައިވާނަމަ އެއަށް އަޅުގަނޑު ފާޑު ކިޔާނަން އަދި އަޅުގަނޑާއެކު ފާޑުކިޔާނެ އެހެން މެމްބަރުން އިންތިހާބުވެގެން ދިޔަ ކަމަށް ޤަބޫލުކުރަން" މީކާއިލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރުނުވާއިރު އެ މެމްބަރުން ޒިންމާދާރު ކުރެވޭނެ ނިޒާމެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޮންނަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއްދޭނީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކަމަށް މީކާއިލް ވިދާޅުވިއެވެ.

މީކާއިލް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަންކަމުގެ ތެރޭގައި ތިން މަހުން އެއް މަހު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުން ލާޒިމްކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކަނޑައެޅުމަށް މިނިވަން މުއައްސަސާއަށް ބާރުވެރިކަން ދިނުމާއި މެމްބަރުންގެ ވަކި ވަކި މައުލޫމާތު ވެބް ސައިޓްތައް މެދުވެރިކޮށް ފެނުން ވެސް ލާޒިމް ކުރާނެ ކަމަށެވެ.

އެމްޑީޕީ ފިޔަވާ ސިޔާސަތެއް ވިއްކަން ނިކުތް ބައެއް ނެތްކަން ފާހަގަކުރައްވާ މީކާއިލް ވިދާޅުވީ އެމްޑީޕީން ދައްކަމުން ދިޔައީ ރައްޔިތުންނަށް އެންމެ އަސާސީ ހިދުމަތްތައް ފޯރު ކޮށްދޭންޖެހޭ ވާހަކަތައް ކަމަށާއި އެކަންތައްތައް ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް އަންހެން ބޭފުޅަކު ގެނައުމަށް މީކާއިލް ތާއީދު ކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް