Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

ރައްޔިތުން މަޖިލީހުގެ 65 ގޮނޑިއާ އެކު އެމްޑީޕީ އަށް ސުޕަ މެޖޯރިޓީ!

7 އެޕްރީލު 2019 | އާދީއްތަ 14:05

ގިނަ އަތޮޅުތަކުގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ވަނީ ލިބިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އެޕްރީލު 2019 | އާދީއްތަ 14:05
އެމްޑީޕީގެ މެންބަރުން އުފާފާޅުކުރަނީ

އެމްޑީޕީގެ މެންބަރުން އުފާފާޅުކުރަނީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 65 ގޮނޑި ކަށަވަރު ކޮށްފިއެވެ.

ރާއްޖޭގެ އެންމެ އުތުރަށް ބަލާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ހއ. ދާއިރާގެ ހުރިހާ ގޮނޑިއެއް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

Advertisement - newsAdvertisement

އެއީ ހއ. ހޯރަފުށި ދާއިރާއިން އަހުމަދު ސަލީމް، އިހަވަންދޫ ދާއިރާއިން މުހައްމަދު ޝިފާއު، ބާރަށު ދާއިރާއިން އަހުމަދު އަބްދުﷲ، ދިއްދޫ ދާއިރާ އަބްދުﷲ ވަހީދު އަދި ކެލާ ދާއިރާ އިން އިބްރާހިމް ޝަރީފެވެ.

ހދ. އަތޮޅުގެ ހަ ދާއިރާއިން ދެ ގޮނޑި ފިޔަވައި ހުރިހާ ދާއިރާއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

އެއީ ހަނިމާދޫ ދާއިރާ އިން އަބްދުލްގަފޫރު މޫސާ، ވައިކަރަދޫ ދާއިރާއިން ހަސަން ޒިޔާދު، ކުޅުދުއްފުށި އުތުރު ދާއިރާއިން ޔާސިރު އަބްދުލް ލަތީފު އަދި ކުޅުދުއްފުށި ދެކުނު ދާއިރާއިން ޖަމްޝީދު މުހައްމަދެވެ.

ށ. އަތޮޅުގެ ހުރިހާ ދާއިރާއެއް އެމްޑީޕިން ކާމިޔާބުކޮށްފައިވާއިރު، ނ. އަތޮޅުގެ ހުރިހާ ދާއިރާއެއް ވަނީ ކާމިޔާބުކޮށްފައެވެ.

އެއީ ކަނޑިތީމު ދާއިރާއިން އަބްދުﷲ ޝަހީމް އަބްދުލް ހަކީމް، މިލަންދޫ ދާއިރާ އިން އަލީ ރިޒާ، ކޮމަންޑޫ ދާއިރާއިން ހުސެއިން ވަހީދު އަދި ފުނަދޫ ދާއިރާ އިން މުހައްމަދު ޝާހިދެވެ.

ނ. އަތޮޅުން ކެނދިކުޅުދޫ ދާއިރާ އިން އަހުމަދު އީސަ، މަނަދޫ ދާއިރާ އިން އަހުމަދު ހާރޫން، ވެލިދޫ ދާއިރާއިން މުހައްމަދު އަބްދުﷲ ޝަފީގު އަދި ހުޅުދޫ ދާއިރާއިން ޔޫނުސް އަލީއެވެ.

ރ. އަތޮޅުގެ ފަސް ދާއިރާ ހިމެނޭއިރު، އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.

އެއީ އަލިފުށި ދާއިރާ އިން މުހައްމަދު ރަޝީދު ހުސެއިން، އުނގޫފާރު ދާއިރާއިން މުހައްމަދު ވަހީދު، ދުވާފަރު ދާއިރާއިން އިސްމާއިލް އަހުމަދު އަދި އިނގުރައިދޫ ދާއިރާއިން ހަސަން އަހުމަދެވެ.

ބ. އަތޮޅުގެ ތިން ދާއިރާ އިން އެއްދާއިރާ އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ތުޅާދޫ ދާއިރާއިން ހިސާން ހުސެއިންނެވެ.

ޅ. އަތޮޅުގެ ތިން ދާއިރާގެ ތެރެއިން ދެ ދާއިރާ އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ހިންނަވަރު ދާއިރާ އިން ޖީހާން މަހުމޫދު، ކުރެންދޫ ދާއިރާއިން އަބްދުލް ޣަނީ އަބްދުލް ހަކީމެވެ.

ކ. އަތޮޅުގެ ތިން ދާއިރާގެ ތެރެއިން އެއް ދާއިރާ އެމްޑީޕީ ކާމިޔާބުކޮށްފައިވާއިރު، އދ. އެއްވެސް ދާއިރާއެއް އެމްޑީޕީއަށް ކާމިޔާބުވެފައި ނުވެއެވެ. ކ. އަތޮޅުން އެމްޑީޕީއަށް ލިބުނީ ގުރައިދޫ ދާއިރާ އިން މުހައްމަދު އާދިލް ސަލީމެވެ.

ވ. އަތޮޅުގެ ދެ ދާއިރާއިން އެއް ދާއިރާ އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ކެޔޮދޫ ދާއިރާއިން ހުސެއިން ގާސިމެވެ. މީގެ އިތުރުން މ. އަތޮޅުގެ ދެ ދާއިރާ ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ދިއްގަރު ދާއިރާއިން އިކްރާމް ހަސަން އަދި މުލަކު ދާއިރާއިން އިބްރާހިމް ނަސީރެވެ. އަދި ފ. ބިލެއްދޫ ދާއިރާއިން އަހުމަދު ހަލީމް ވަނީ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.

އދ. ގެ އެއްވެސް ދާއިރާއެއް އެމްޑީޕީއަށް ލިބިފައިނުވާއިރު، ތ. އަތޮޅުގެ ހަތަރު ދާއިރާއިން ދެ ގޮނޑި އެމްޑީޕީން ވަނީ ކަށަވަރުކޮށްފައެވެ. އެއީ ތ. އަތޮޅުން ވިލުފުށީ ދާއިރާ އިން ހަސަން އަފީފު އަދި ކިނބިދޫ ދާއިރާއިން މުހައްމަދު ނާޝިޒެވެ.

ލ. އަތޮޅުގެ ތިން ދާއިރާއިން ދެ ދާއިރާ ވެސް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ގަމު ދާއިރާއިން މުހައްމަދު ވިސާމް އަދި ފޮނަދޫ ދާއިރާއިން މުސާ ސިރާޖެވެ.

ގއ.ގެ ތިން ދާއިރާއިން ދެ ދާއިރާ އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ދާންދޫ ދާއިރާއިން ޔައުގޫބް އަބްދުﷲ، ގެމަނަފުށި ދާއިރާ އަހުމަދު ސައީދެވެ.

މީގެ އިތުރުން ގދ. ފަސް ދާއިރާއިން ދެ ދާއިރާގެ ގޮނޑި އެމްޑީޕީން ވަނީ ކަށަވަރުކޮށްފައެވެ. އެއީ މަޑަވެލި ދާއިރާއިން ހުސެއިން ފިރުޝާން އަދި ގައްދޫ ދާއިރާއިން އަހުމަދު ޒާހިރެވެ. ގދ. ތިނަދޫގެ ދެ ދާއިރާ ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. ތިނަދޫ އުތުރު ދާއިރާ އިން އަބްދުލްމުޣުނީ ކާމިޔާބު ކުރިއިރު ތިނަދޫގެ ދެކުނު ދާއިރާ ކާމިޔާބު ކުރީ އަބްދުﷲ ސަނީފެވެ.

ފުވައްމުލަކު ތިން ދާއިރާ އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު ސ. އަތޮޅުގެ ހަތް ދާއިރާ ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

އެއީ ފުވައްމުލަކު އުތުރު ދާއިރާ އިން މުހައްމަދު ރަޝީދު، ފުވައްމުލަކު މެދު ދާއިރާއިން ހުސެއިން މުހައްމަދު ދީދީ އަދި ފުވައްމުލަކު ދެކުނު ދާއިރާ އިން މުހައްމަދު މުމްތާޒެވެ.

ސ. ހުޅުދޫ ދާއިރާ އިން އިލްޔާސް ލަބީބު، ފޭދޫ ދާއިރާއިން މުހައްމަދު ނިހާދު، މަރަދޫ ދާއިރާ އިން އިބްރާހިމް ޝަރީފު، ހިތަދޫ އުތުރު ދާއިރާއިން މުހައްމަދު އަސްލަމް، ހިތަދޫ މެދު ދާއިރާ އިން އަހުމަދު ރަޝީދު، ހިތަދޫ ދެކުނު ދާއިރާއިން އިބްރާހިމް ނާޒިލް އަދި މީދޫ ދާއިރާއިން ރޮޒެއިނާ އާދަމްއެވެ.

ހުޅުމާލެ ދާއިރާ އަލީ ނިޔާޒު ކާމިޔާބުކޮށްފައިވާއިރު، ހެންވޭރުގެ ހުރިހާ ދައިރާއެއް ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ.

އެއީ ހެންވޭރު މެދު ދާއިރާ އަލީ އާޒިމް، ހެންވޭރު ދެކުނު ދާއިރާ ހުސެއިން ޝަހީމް، ހެންވޭރު އުތުރު ދާއިރާ އިބްރާހިމް މުއިއްޒު އަދި ހެންވޭރު ހުޅަނގު ހަސަން ލަތީފެވެ.

ގަލޮޅު، މައްޗަންގޯޅި މާފަންނުގެ ހުރިހާ ދާއިރާއެއް ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. އެއީ ގަލޮޅު އިތުރު ދާއިރާ އީވާ އަބްދުﷲ އަދި ގަލޮޅު ދެކުނު ދާއިރާ އިން މީކާއިލް އަހުމަދު ނަސީމެވެ. އަދި މައްޗަން ގޯޅި މެދު ދާއިރާއިން މުހައްމަދު ނަޝީދު، މައްޗަންގޯޅި އުތުރު ދާއިރާއިން މުހައްމަދު ރަޝީދު އަދި މައްޗަންގޯޅި ދެކެނު ދާއިރާއިން އަހުމަދު ހައިތަމްއެވެ. މީގެ އިތުރުން މާފަންނު އިތުރު ދާއިރާއިން އިމްތިޔާޒް ފަހުމީ، މާފަންނު ހުޅަނގު ދާއިރާއިން މުހައްމަދު ފަލާހު، މާފަންނު މެދު ދާއިރާ އިން އިބްރާހިމް ރަޝީދު އަދި މާފަންނު ދެކެނު އާދަމް އަލީއެވެ. ނަމަވެސް ވިލިމާލެ ދާއިރާ އިން އެމްޑީޕީއަށް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

އއ. އަތޮޅުގެ ދެ ދާއިރާ ވެސް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. މަތިވެރި ދާއިރާއިން ކާމިޔާބު ކުރީ ހަސަން ޒަރީރެވެ. އަދި ތޮއްޑޫ ދާއިރާ ކާމިޔާބު ކުރީ ހަސަން ޝިޔާންއެވެ.

އެމްޑީޕީން 65 ގޮނޑި ކާމިޔާބުކުރި އިރު ޖޭޕީ އަށް ލިބިފައި ވަނީ ފަސް ގޮނޑިއެވެ. ޕީޕީއެމް އަށް ވެސް ފަސް ގޮނޑި ލިބިފައިވާ އިރު ޕީއެންސީ އަށް ތިން ގޮނޑި ލިބިފައި ވެއެވެ. އެމްޑީއޭ އިން ދެ ގޮނޑި ހޯދާފައިވާ އިރު އަމިއްލަ ހަތް މެންބަރަކު ވެސް މަޖިލީހުގެ ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ. އެމްޑީޕީން އެކަނި 65 ގޮނޑި ނަގާފައިވާ އިރު އަމިއްލަ ގޮތުން ގޮނޑި ކާމިޔާބުކުރެއްވި ބައެއް މެންބަރުންނަކީ ވެސް އެމްޑީޕީ އަށް ތާއީދުކުރާ މެންބަރުން ކަމަށްވުމާއި ޖޭޕީގެ ތެރޭގައި ވެސް އެމްޑީޕީގެ ސިޔާސަތުތަކަށޤ ތާއިދުކުރާ ގިނަ ކެންޑިޑޭޓުންތަކެއް ތިބުމުން ސަރުކާރުގެ ކޯލީޝަނަށް ލިބޭ ގޮނޑީގެ އަދަދު 70 އަށް ވުރެ ވެސް ގިނަ ވާނެއެވެ.

އެމްޑީޕީގެ މި ކާމިޔާބީއާ އެކު އެ ޕާޓީ އަށް ވަނީ ސުޕަ މެޖޯރިޓީ ލިބިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަޒުލްކުރުމަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި ކަމަށްވާ 58 މެންބަރުން މަޖިލީހުގެ ތެރެއިން އެމްޑީޕީ އަށް އެކަނި ހަމަކުރެވޭނެއެވެ. އަދި އެ ގޮތުން ގާނޫނުއަސާސީ ބަދަލުކުރުމަށް ބޭނުންވާ އަދަދު ކަމަށްވާ ހަތަރު ބައިކުޅަ ތިން ބައި ނުވަތަ 66 މެންބަރުން ވެސް އެމްޑީޕީ އަށް ހަމަކުރެވޭނެއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް