Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީސް އިންތިހާބު 2019

އިންތިހާބާއި ގުޅިގެން ފަސް މައްސަލައެއް ހުށައެޅުނު: އެޗްއާރްސީއެމް

7 އެޕްރީލު 2019 | އާދީއްތަ 04:23

ހުރިހާ މައްސަލަތަކަށް ހައްލު ހޯދައި ދީފައިވާނެ ކަމަށް އެޗްއާރްސީއެމް ބުނި

އަލީ ސަމާޚް
އަލީ ސަމާޚް | 7 އެޕްރީލު 2019 | އާދީއްތަ 04:23
ހޮނިހިރު ދުވަހު ބޭއްވި މަޖިލީސް އިންތިހާބުގައި މީހަކު ވޯޓުލަނީ

ހޮނިހިރު ދުވަހު ބޭއްވި މަޖިލީސް އިންތިހާބުގައި މީހަކު ވޯޓުލަނީ

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅިގެން ފަސް މައްސަލައެއް ހުށައެޅި އެ މައްސަލަތައް ހައްލު ކޮށްފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމް އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީއާ އިންތިހާބާ ގުޅޭ ގާނޫނުތަކާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާ ތަކުގައި ބަޔާން ކޮށްފައިވާ ފަދައިން މިނިވަން އިންތިހާބެއް ކަން ކަށަވަރު ކުރުމަށްޓަކައި ވޯޓުލުމުގެ ކަންކަން ކުރިޔަށް ދިޔައިރު މާލެ ސީޓީއާއި އަތޮޅު ތެރޭގައި ބެހެއްޓިފައިވާ 20 ފޮއްޓެއްގައި ކަންކަން ބެލުމަށް އެ ކޮމިޝަނުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަގޮތް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މޮނީޓަރ ކޮށްފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.

އެ މަސައްކަތުގެ ތެރޭގައި، ވޯޓުލުމުގެ ހައްގާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށަހެޅުން ޝަކުވާތަކާއި، ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަމާއި ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.

އެގޮތުން އިންތިހާބާ ގުޅިގެން ފަސް މައްސަލައެއް ހުށައެޅި ހުރިހާ މައްސަލަތަކަށް ހައްލު ހޯދައި ދީފައިވާނެ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. އެހެން ނަމަވެސް އެއީ ކޮންމައްސަލަތަކެއް ކަމެއް އެޗްއާރްސީއެމް އިން ހާމަކޮށްފައެއް ނުވެއެވެ.

އެޗްއާރްސީއެމް އިން ބުނީ، މި ފަހަރުގެ އިންތިހާބުގެ ވޯޓުލުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ އަމާން ކަމާއި އެކު ކަމަށާއި، ގިނަ ފޮށިތަކުގައި ގަޑިއަށް ވޯޓުލާން ފަށައި، ހަމަޖެހިފައިވާ ގަޑިއަށް ކިޔޫ ބަންދުކޮށް، ވޯޓު ގުނަން ފަށާފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ގިނަ ވަގުތު ކިޔޫގައި ތިބެން ނުޖެހޭ ގޮތަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި، އިންތިހާބު ކުރިޔަށް ދިޔަ ވަގުތު ދިމާވީ މައްސަލަތަކަށް އަވަސް ހައްލެއް އިލެކްޝަން ކޮމިޝަނުން ހޯދާފައިވާކަން އެޗްއާރްސީއެމް އިން ވަނީ ފާހަގަކޮށްފައެވެ.

އިންތިހާބާ ގުޅޭ ގޮތުން ރަނގަޅުކުރުމަށް ފާހަގަކުރެވުނު ކަންކަމަށް ބިނާކޮށް، ހުށައަޅާ ހުށައެޅުން ތަކާއެކު ތައްޔާރުކުރާ ރިޕޯޓް އިލެކްޝަން ކޮމިޝަނާއި ކަމާ ގުޅުން ހުރި އިދާރާ ތަކާއި ހިއްސާކުރެވޭނެ ކަމަށް ވެސް އެޗްއާރްސީއެމްއިން ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ، އިންތިހާބުގެ އެންމެހާ ކަންކަން އަމާން ކަމާއިއެކު ކުރިޔަށް ގެންދެވިފައިވާނީ އީސީއާ، ފުލުހުންނާއި، ސިޔާސީ ޕާޓީ އަދި އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކީގައި ކަން އެ ކޮމިޝަނުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އިންތިހާބުގެ ނަތީޖާއަށް އިހްތިރާމްކޮށް ގައުމުގެ ސުލްހަ މަސްލަސް ކަމަށް އިސްކަން ދިނުމަށް އެޗްއާރްސީއެމް އިން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް