Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެކްސިޓް

ބްރެކްސިޓް: ފަސްކޮށްދިނުމަށް އެދުމަށް އެއް ވޯޓުގެ ތަފާތުން ފާސްކޮށްފި

ވޯޓް ފާސްކުރެވިފައިވަނީ ލޭބަރ ޕާޓީގެ އިވެޓް ކޫޕަރ ގެ ވޯޓާއެކު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 4 އެޕްރީލު 2019 | ބުރާސްފަތި 05:30
އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިނުވުމަށް 313 މެމްބަރުން ވޯޓްދެެއްވިއިރު ދެކޮޅަށް 312 މެމްބަރުން ވޯޓްދެއްވި

އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިނުވުމަށް 313 މެމްބަރުން ވޯޓްދެެއްވިއިރު ދެކޮޅަށް 312 މެމްބަރުން ވޯޓްދެއްވި

އިނގިރޭސިވިލާތް އީޔޫއިން ވަކިވުން ފަސްކޮށްދިނުމަށް އީޔޫގައި ދަންނަވައިދިނުމަށް ބޮޑުވަޒީރު ތެރީސާ މޭ އަރިހުން އެދެން އިނގިރޭސި ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ. ގާނޫނު ހަދާ މަޖިލީހުން މި ނިންމުން ނިންމީ އީޔޫއާއެކު އެއްބަސްވުމެއް ނެތި އެ ޖަމާއަތުން ވަކިވުން ހުއްޓުވުމަށެވެ.

މި ބިލް ގާނޫނަކަށް ވުމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނިންމެވުން ބޭނުންވާނެއެވެ. އަދި އީޔޫއިން އިތުރުވަގުތު ދިނުމަކީ އެ ޖަމާއަތުގެ އިޚްތިޔާރުގައި އޮތްކަމެކެވެ.

މި ހުށަހެޅުން ފާސްކޮށްފައި މިވަނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުމުގެ މައްސަލަ މަރުތަޅުއެޅިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބޮޑުވަޒީރު ތެރީސާ މޭ އާއި ލޭބަރ ޕާޓީގެ ލީޑަރު ޖެެރެމީ ކޯބީން ކުރެއްވި މަޝްވަރާތަކަށްފަހުއެެވެ.

ދެ ލީޑަރުން ބުދަ ދުވަހު ގެންދެވި މަޝްވަރާތަކަކީ ބިނާކުރަނިވި މަޝްވަރާތަކަކަށް ވީ ނަމަވެސް ދެ ޕާޓީގެ މަޖިލީސް މެމްބަރުންގެ ފަރާތުން ވެސް ފާޑުކިޔުން އަމާޒުވިއެވެ.

މި ފަހަރުގެ ވޯޓް ފާސްކުރެވިފައިވަނީ ލޭބަރ ޕާޓީގެ އިވެޓް ކޫޕަރ ގެ ވޯޓާއެކު އެއް ވޯޓުގެ ތަފާތުންނެެވެ.

އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިނުވުމަށް 313 މެމްބަރުން ވޯޓް ދެެއްވިއިރު ދެކޮޅަށް 312 މެމްބަރުން ވޯޓް ދެއްވިއެވެ.

އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2019

ބްރެކްސިޓް ފަސްކޮށްދޭން ބޮޑުވަޒީރު މޭ އީޔޫއަށް ދަންނަވަނީ

20 މާރިޗު 2019
ބްރެކްސިޓް ފަސްކޮށްދޭން ބޮޑުވަޒީރު މޭ އީޔޫއަށް ދަންނަވަނީ
13 މާރިޗު 2019

ބްރެކްސިޓް: މޭގެ ހުށަހެޅުއްވުމަށް ގާނޫނު ހަދާ މަޖިލީހުން އަނެއްކާވެސް ދެކޮޅު ހަދައިފި

13 މާރިޗު 2019
ބްރެކްސިޓް: މޭގެ ހުށަހެޅުއްވުމަށް ގާނޫނު ހަދާ މަޖިލީހުން އަނެއްކާވެސް ދެކޮޅު ހަދައިފި
15 ޖެނުއަރީ 2019

ބްރެކްސިޓް އެއްްބަސްވުމަށް މެމްބަރުން ނޫނެކޭ ވިދާޅުވެއްޖެ

15 ޖެނުއަރީ 2019
ބްރެކްސިޓް އެއްްބަސްވުމަށް މެމްބަރުން ނޫނެކޭ ވިދާޅުވެއްޖެ
14 ޖެނުއަރީ 2019

ބްރެކްސިޓް އެއްްބަސްވުމަށް ޤައުމަށްޓަކައި އާނބަސް ދެއްވާ: މޭ

14 ޖެނުއަރީ 2019
ބްރެކްސިޓް އެއްްބަސްވުމަށް ޤައުމަށްޓަކައި އާނބަސް ދެއްވާ: މޭ
11 ޑިސެމްބަރު 2018

ބްރެކްސިޓް ވޯޓާ ގުޅޭ ވޯޓް މަޑު ޖައްސާލައިފި

11 ޑިސެމްބަރު 2018
ބްރެކްސިޓް ވޯޓާ ގުޅޭ ވޯޓް މަޑު ޖައްސާލައިފި
26 ނޮވެމްބަރު 2018

ބްރެކްސިޓް: އިނގިރޭސި ވިލާތުގެ ހުށަހެޅުން އީޔޫ އިން ބަލައިގެންފި

26 ނޮވެމްބަރު 2018
ބްރެކްސިޓް: އިނގިރޭސި ވިލާތުގެ ހުށަހެޅުން އީޔޫ އިން ބަލައިގެންފި
10 ނޮވެމްބަރު 2018

ބްރެކްސިޓް: ޓްރާންސްޕޯޓް މިނިސްޓަރ އިސްތިއުފާ ދެއްވައިފި

10 ނޮވެމްބަރު 2018
ބްރެކްސިޓް: ޓްރާންސްޕޯޓް މިނިސްޓަރ އިސްތިއުފާ ދެއްވައިފި
21 ސެޕްޓެމްބަރު 2018

ބްރެކްސިޓް: މޭގެ ވިޔަފާރީގެ ޕްލޭން މަސައްކަތް ނުކުރާނެ ކަމަށް ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ވިދާޅުވެެއްޖެ

21 ސެޕްޓެމްބަރު 2018
ބްރެކްސިޓް: މޭގެ ވިޔަފާރީގެ ޕްލޭން މަސައްކަތް ނުކުރާނެ ކަމަށް ޔޫރަޕިއަން ކައުންސިލްގެ ވެރިޔާ ވިދާޅުވެެއްޖެ
09 ޖުލައި 2018

ބްރެކްސިޓް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި

09 ޖުލައި 2018
ބްރެކްސިޓް ސެކްރެޓަރީ އިސްތިއުފާ ދެއްވައިފި
06 ޖުލައި 2018

އެމެރިކާގެ އެދުމަށް ސައުދީން ތެޔޮ އުފެއްދުން އިތުރުކޮށްފި

06 ޖުލައި 2018
އެމެރިކާގެ އެދުމަށް ސައުދީން ތެޔޮ އުފެއްދުން އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު