Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެމެލީ ކޯޓް

ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ ސަސްޕެންޑުކޮށްފި

3 އެޕްރީލު 2019 | ބުދަ 17:34

ކޯޓު ތެރޭގައި ހައްޖު ގްރޫޕް ހިންގާ މައްސަލަ ބޮޑު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 3 އެޕްރީލު 2019 | ބުދަ 17:34
ފެމެލީ ކޯޓް

ފެމެލީ ކޯޓް

ފެމެލީ ކޯޓުގެ ތެރޭގައި ހައްޖު ގްރޫޕެއްގެ އިދާރީ މަސައްކަތާއި ފައިސާގެ މުއާމަލާތްތަކެއް ހިންގި ކަމުގެ ތުހުމަތަށް ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ސަސްޕެންޑު ކޮށްފިއެވެ.

ފެމެލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ސަސްޕެންޑް ކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ވެސް ދަނީ ބަލަމުންނެވެ. އޭނާގެ ސަސްޕެންޝަންގެ މުއްދަތު މި މަހު ނުވަ ވަނަ ދުވަހު ހަމަވާނެއެވެ.

Advertisement - newsAdvertisement

އަހުމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހެކި ފޮރުވަފާނެ ކަމަށް ބުނެ، ސަސްޕެންޑު ކުރުމަށް ނިންމައި އޭނާއަށް ލިޔުމެއް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ލިޔުމުގައި ކުރި ކުށަކީ ކޮބައިކަން ބުނެފައި ނުވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް ފެމެލީ ކޯޓުގެ ނުވަ މުވައްޒަފެއްގެ ހެކި ބަސް ނަގާފައިވާކަން އެނގިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލާގައި މިހާތަނަށް އޭނާގެ ބަހެއް ހޯދާފައި ނުވާ ކަމަށް އަހުމަދު ވިދާޅުވިއެވެ.

"އިސްލާމީ ޝަރިއްޔާ އާއި ރާއްޖޭގެ ގާނޫނުތަކުގައި ވެސް ބުނަނީ ކުށެއްކޮށްފިއްޔާ ފުރަތަމަ ސުވާލު ކުރާށޭ، ކުށް ކުރި ކަމަށް ބުނާ މީހާއާ. އެކަމަކު މި މައްސަލާގައި ފުރަތަަމަ ސުވާލު ކުރަނީ ހެކިންނާ. ހެކި ހޯދަނީ،" އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާއާމެދު ފިޔަވަޅު އަޅާފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާއި ޖުޑީޝަރީގެ މުވައްޒަފުންނާމެދު އަމަލު ކުރާ އުސޫލާ ހިލާފަށް ކަމަށެވެ.

ފެމެލީ ކޯޓު ތެރޭގައި ހައްޖު ގްރޫޕެއްގެ މަސައްކަތް ހިންގާފައިވާނެތޯ "ރާއްޖެއެމްވީ"އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ ދޮގެއް ކަމަށާއި އެ ތުހުމަތު ކުރަނީ ބަޔަކު ޒާތީވެގެން ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް ފެމެލީ ކޯޓު ތެރޭގައި ހިންގަނިކޮށް ސީސީޓީވީ ފޫޓެއްޖެއް، އަދި އެހެން ވެސް ހެއްކެއް ނުފެންނާނެ ކަމާށެވެ.

އަހުމަދު ވިދާޅުވީ އޭނާ ހައްޖު ގްރޫޕެއް ހިންގާ ކަމަށާއި އެ ގްރޫޕުގެ ހުރިހާ މަސައްކަތެއް ހިންގަނީ އޭނާގެ އަމިއްލަ ގޭގައި ކަމަށެވެ. ހައްޖުގެ ގްރޫޕުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނުތައް ގޭގައި ހަދާފައިވާ އޮފީހުގައި ގާއިމު ކޮށްފައިވާނެ ކަމަށާއި އެ މަސައްކަތް ފެމެލީ ކޯޓުގެ ތެރޭގައި ހިންގަންޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ފެމެލީ ކޯޓުގެ ތެރޭގައި ހައްޖު ގްރޫޕެއް ހިންގައި، ފައިސާގެ މުއާމަލާތެއް ހިންގާކަމުގެ ވާހަކަ އެންމެ ފުރަތަމަ ފެންމަތި ކުރީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައެވެ. ރާއްޖެޓީވީއަށް އެނގިފައިވާ ގޮތުގައި ފެމެލީ ކޯޓުގެ ތެރޭގައި ހައްޖު ގްރޫޕު ހިންގަނީ އެ ތަނުގެ އިދާރީ ދެ މުވައްޒަފަކު ގުޅިގެންނެވެ. އެގޮތުން ފެމެލީ ކޯޓުގެ ވަސީލަތްތައް ބޭނުންކޮށްގެން، އެތަނުގެ ތެރޭގައި ހައްޖާއި އުމްރާއަށް މީހުން ފޮނުވުމަށް ދެ ގްރޫޕެއް ހިންގާކަން ވަނީ އެނގިފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި

27 މާރިޗު 2017
ކްރިމިނަކް ކޯޓުގެ އެއްވެސް ޝަރީޢަތަކަށް "މިހާރު" ނޫހުގެ ނޫސްވެރިން ނުވެއްދުމަށް ނިންމައިފި
19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް