Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިނަމާލެ ބްރިޖު

ކުޑަ ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް، ފިޔަވަޅު އަޅާނަން: ފުލުހުން

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 3 އެޕްރީލު 2019 | ބުދަ 07:18
ސައިކަލް ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވަނީ

ސައިކަލް ވަށިގަނޑަށް ކުއްޖަކު ލައިގެން ދުއްވަނީ

ކުޑަ ކުއްޖަކު ސައިކަލް ވަށިގަނޑަށް ލައިގެން ދުއްވީ ފުލުހެއް ކަމަށާއި، އެ ފުލުސް މީހާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވިސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

ސައިކަލެއްގެ ވަށިގަނޑަށް ކުޑަކުއްޖަކު ލައިގެން މާލެ ސިޓީ، ރިންގްރޯޑްގައި ސައިލެއް ދުއްވި ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ރޭ ސޯޝަލް މީޑިއާއަށް މީހަކު ލާފައިވާ އެ ވީޑިއޯގައި ފެންނަނީ ހުދުކުލައިގެ ވޭވް ސައިކަލެއްގެ ވަށިގަނޑަށް ކުޑަ ކުއްޖަކު ލައިގެން ފިރިހެނަކު ސައިކަލް ދުއްވާ މަންޒަރެވެ. ތާރުއަޅައިގެން ހަދާފައިވާ މަގުގެ ބަންޕަރު މަތިން ސައިކަލު ދުއްވާފައިދާއިރު، ވަށިގަނޑަށް ލާފައިވާ ކުއްޖާ ސައިކަލުން ނުވެއްޓި އިނނީ ކިރިޔާއެވެ.

ދައުރުވަމުންދާ ވީޑިއޯއާ ގުޅޭ ގޮތުން ބުދަ ދުވަހު ފުލުން އާއްމު ކުރި ބަޔާނުގައި ބުނީ، އެފަދަ މައްސަލައެއް ލިބި ތަހްގީގު ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް ކަމުން، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށާއި، އޭނާގެ ލައިސެންސް ހިފެހެއްޓުމަށް ޓްރެފިކް ޕޮލިހުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ވަށިގަނޑަށް ލީ ކުޑަކުއްޖާގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލު ކުރި މައްސަލަ ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން ވެސް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ކުޑަކުދިންނަށް އަދި މީހެއްގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ވެހިކަލް ދުއްވުން ކުށްވެރި ކުރާ ކަމަށާއި، އެފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމް ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ބުނާ ގޮތުން އަމިއްލަ އަށް ސައިކަލްގައި ނީނދެވޭވަރުގެ ކުޑަ ކުދިން އަރުވައިގެން ސައިކަލް ދުއްވަން ޖެހޭނީ ބެލްޓެއް އަޅައިގެންނެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވަނީ ބޮޑު މީހަކު ފަހަތުގައި އިނދެ، 10 ވަރަކަށް އަހަރުގެ ކުޑަކުއްޖަކު ސިނަމާލެ ބްރިޖް މަތީގައި ސައިކަލް ދުއްވާ ވީޑިއޯއއް ވެސް އާންމުވެފައެވެ. މާލޭގައި ވެހިކަލް ދުއްވުމުގައި ޓްރެފިކް ގާވާއިދުތަކާ ޚިލާފްވުން އާންމުވެފައިވައިރު، އެކްސިޑެންޓްތައް ހިނގުން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފުލުހުން ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި 627 އެކްސިޑެންޓް ހިނގާފައި ވެއެވެ. މަގުމަތީގެ ރައްކާތެރިކަމަށް އާއްމުން ހޭލުންތެރިކަން ކުރުމުގެ ގޮތުން ފުލުހުން ދަނީ ފުޅާ ދާއިރާއެއްގައި އެކި ޕްރޮގްރާމްތައް ބާއްވަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު