Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޖެންޑާ 19 ނ.މާފަރު

ކުރީގެ ސަރުކާރުން ވަނީ މާފަރު އެއަރޕޯޓް ތަރައްގީކުރަން ރިޝްވަތު ނަގާފައި: ރައީސް ނަޝީދު

2 އެޕްރީލު 2019 | އަންގާރަ 08:27

މާފަރު އެއަރޕޯޓް އަޅަމުން އަންނަނީ އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓް ޕްރޮގްރާމުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 އެޕްރީލު 2019 | އަންގާރަ 08:27
ރައީސް ނަޝީދަށް މަރްހަބާ ދެންނެވުމަށް މާފަރު ބަނދަރަށް އެއްވި ރައްޔިތުންނާއި އެކު އެމަނިކުފާނު ފޮޓޯ ނަންގަވަނީ

ރައީސް ނަޝީދަށް މަރްހަބާ ދެންނެވުމަށް މާފަރު ބަނދަރަށް އެއްވި ރައްޔިތުންނާއި އެކު އެމަނިކުފާނު ފޮޓޯ ނަންގަވަނީ

މާފަރު އެއަރޕޯޓްގެ މަސައްކަތް އެއްކޮށް ނުނިމި ލަސްވެފައިވަނީވެސް ކުރީގެ ސަރުކާރުން އެއަރޕޯޓް ތަރައްގީ ކުރަމުން އައި ބޭރުގެ ކުންފުނިން ރިޝްވަތުގެ ކަޅު ފާއިސާ ނަގާފައި އޮތުމުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

19 ވަަނަ ރައްޔިތުންގެ މަޖިލީހުގެ މަަނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އަހްމަދު ހާރޫންއަށް ތާއީދް ހޯއްދެވުމަށް ނ. މާފަރަށް ވަޑައިގެން އެ ރަށުގައި އޮތް ހާރޫންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މާފަރު އެއަރޕޯޓް ތަރައްގީ ކުރަމުން އަންނަ ބޭރުގެ ކުންފުނިން ރިޝްވަތުގެ ކަޅު ފާއިސާއަށް އަބަދުމެ، އެބޭފުޅުންގެ ސަރުކާރު އޮތް އިރު އެދެމުން ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

މާފަރު އެއަރޕޯޓް އަޅަމުން އަންނަނީ އަބޫދާބީ ފަންޑު ފޯރ ޑިވެލޮޕްމަންޓް ޕްރޮގްރާމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ އިންތިޚާބާއި ދިމާކޮށް 28 އޮގަސްޓް 2018 ވަނަ އަހަރު މާފަރުގެ އެއަރޕޯޓްގައި ވަނީ ޓެސްޓް ފްލައިޓެއް ޖައްސާ އެއަރޕޯޓް ހުޅުވާފައެވެ. ނަމަވެސް އަދިވެސް އެއަރޕޯޓްގައި އިތުރު ފްލައިޓެއް ޖައްސާފައިނުވާއިރު، އެއަރޕޯޓްގެ އަަމަލީ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާފަރު އެއަރޕޯޓް ތަރައްގީ ކުރަމުން އަންނަ އަބޫދާބީގެ ކުންފުނިން އަންނަނީ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަރުކާރާއި ވާހަކަދައްކަމުން ކަމަށާއި، މި ސަރުކާރުން އެ ޕްރޮޖެކްޓް ނުހުއްޓުވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތެއް ދޭން އެމީހުން ކައިރީ މި ސަރުކާރުން ނުބުނާނެ ކަމަށާއި، މި ސަރުކާރުން ރިޝްވަތުގެ ހުތުުރު ފާއިސާ ހޯދައިގެން އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާނެ ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ވާދަވެސްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރިޝްވަތުގެ ފާއިސާއިން ޕްރޮޖެކްްޓްތައް ހިންގުން އެއީ ތަރައްގީ ހޯދުން ނޫން ކަަމަށެވެ.

ރާއްޖޭގެ އާންމު ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް އިންސާފު ނުހަނު ބޭނުންވެފައިވާ ކަމަށާއި، އެކަން ރައްޔިތުންނަށް ވެގެންދާނީ އެޖެންޑާ 19 އިން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ދިރިއުޅުމުގައި ދިމާވާ ހުރިހާ މައްސަލަތަކުގެ ހައްލަކީ އެޖެންޑާ 19 ކަމަށާއި، އެއީ ބޯހިޔާވަހިކަމާއި، އިންސާފު ފަދަ މުހިންމު ކަންތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަނަދޫ ދާއިރާގައި ހިމެނެނީ ލަންދޫ، މާފަރު، މަނަދޫއެވެ. މާފަރުގެ އާބާދީ އަކީ 1207 މީހުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް