Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަރ ކޮލެޖް ވޯ

އިންޓަރ ކޮލެޖް ވޮލީބޯޅަ މުބާރާތް އެމްއެންޔޫ ކާމިޔާބު ކޮށްފި

31 މާރިޗު 2019 | އާދީއްތަ 13:35

އެމްއެންޔޫގެ ފިރިހެން ޓީމް މެޗު ކާމިޔާބުކުރީ ވިލާ ކޮލެޖް ބަލިކޮށްގެން

މިއުނާ ހަސަން
މިއުނާ ހަސަން | 31 މާރިޗު 2019 | އާދީއްތަ 13:35
އެމްއެންޔޫގެ ސަޕޯރޓަރުންނާއި ކުޅުންތެރިން

އެމްއެންޔޫގެ ސަޕޯރޓަރުންނާއި ކުޅުންތެރިން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ އިންޓަރ ކޮލެޖް ވޮލީބޯޅަ މުބާރާތް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ކާމިޔާބު ކޮށްފިއެވެ.

މުބާރާތުގެ ފިރިހެން އަދި އަންހެންބައިގެ ޗެމްޕިއަންކަން އެމްއެންޔޫ ހޯދި މިއީ ތިންވަނަ ފަހަރެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ހޯލުގައި ހޮނިހިރު ދުވަހު ކުޅުނު މެޗު އެމްއެންޔޫގެ ފިރިހެން ޓީމް ކާމިޔާބުކުރީ ފައިނަލުގައި ވިލާ ކޮލެޖް ބަލި ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ދެ ސެޓު އެމްއެންޔޫ 22-25، 18-25, ގެންދިިޔައިރު ތިންވަނަ ސެޓު 21-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވިލާ ކޮލެޖުންނެވެ. ހަތަރުވަނަ ސެޓުވެސް 22-25 ވިލާ ކޮލެޖް ކާމިޔާބު ކޮށްފައިވަނިކޮށް ފަހު ސެޓު 9-15 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ އެމްއެންޔޫއިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބުނީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކި ޝަމާއިލް ހުސައިންއެވެ. ޝަމާއިލް ވަނީ މުބާރާތުގެ ފިރިހެންބައިގެ ޑްރީމް ޓީމްގައި ވެސް ހިމެނިފައެވެ. އޭނާގެ އިތުރުން ޑްރީމް ޓީމުގައި ހިމެނުނީ ވިލާ ކޮލެޖްގެ މުހައްމަދު އަލީ އެ ކޮލެޖްގެ އަހުމަދު މުހައްމަދު، ސައިރިކްސް ކޮލެޖްގެ އަހުމަދު ރަޒްނީ މުހައްމަދުގެ އިތުރުން އެމްއެންޔޫގެ މުހައްމަދު ޝަމްވީލްއާއި މުހައްމަދު ޝާމްއެވެ.

އިންޓަރ ކޮލެޖް ވޮލީބޯޅަ މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން އެމްއެންޔޫ ހޯދީ ފައިނަލުގައި ސައިރިކްސް ކޮލެޖް ބަލިކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓު 12-25 ގެ ނަތީޖާއަކުން ސައިރިކްސް ކާމިޔާބު ކޮށްފައި ވަނިކޮށް ފަހަތުން އަރައި ފަހު ތިން ސެޓު އެމްއެންޔޫ ގެންދިޔައީ 13-25، 17-25 އަދި 21-25 ގެ ނަތީޖާއަކުންނެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އުންމީދީ ކުޅުންތެރިއެއްގެ ގޮތުގައިވެސް ހޮވިފައިވާ ޝަހާ ޝާމިންއެވެ.

މުބާރާތުގެ އަންހެންބައިގެ ޑްރީމް ޓީމުގައި ހިމެނުނީ އެމްއެންޔޫގެ ޝަހާ ޝާމިން، ޝާގް އިބްރާހިމް، ފާލާ އަބޫބަކުރު، ޝަރދާ އިޔާޒް އަދި ސައިރިކްސް ކޮލެޖްގެ އާމިނަތު ރާޝިދާގެ އިތުރުން އައިޝަތު އަފްނާން އަހުމަދުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
11 ފެބުރުއަރީ 2017

އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ

11 ފެބުރުއަރީ 2017
އޮފީސް ނެޓް ބޯޅަ މުބާރާތް: ޕޮލިސް، އެސްޓީއޯ، އިމިގްރޭޝަން އަދި ކަސްޓަމްސް މޮޅުވެއްޖެ
08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
31 ޖެނުއަރީ 2017

އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި

31 ޖެނުއަރީ 2017
އަށާރަ ވަނަ ވަނަ ގްރޭން ސްލޭމް މުބާރާތް ފެޑްރާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
12 ޖެނުއަރީ 2017

އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި

12 ޖެނުއަރީ 2017
އަމީންދީދީ އިންވިޓޭޝަނަލް މުބާރާތް ހިމަނައި އެމްބީއޭ ކަލަންޑަރު އާންމުކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް