Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް އިންތިހާބު 2019

އިންތިހާބު ފަސްކުރަން އުޅޭކަމުގެ އަޑުތައް އިވޭ، އެކަމަށް މި ހުންނެވީ ސަމާލުވެ: ރައީސް

31 މާރިޗު 2019 | އާދީއްތަ 06:58

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 6 އޭޕްރީލްގައިި އިންތިހާބު ބާއްވާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 31 މާރިޗު 2019 | އާދީއްތަ 06:58
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދަންނަވަނީ

އިދިކޮޅު ފަރާތްތަކުން އިންތިހާބު ފަސްކުރުމަށް މަސައްކަތްކުރާކަމުގެ އަޑުތައް އިވިވަޑައިގެންފައިވާކަމަށާއި، އެކަމަށް ސަމާލުވެ ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކެމްޕޭން ދަތުރުފުޅުގައި ތިލަދުންމައްޗަށް ވަޑައިގެން، ހަނިމާދޫ ރައްޔިތުންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، އާދައިގެ މަތިން އިންތިހާބު ފަސްކުރަން އުޅޭ ކަމުގެ އަޑުތައް އިވިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ ޕީޕީއެމުން ވެރިކަމުގައި އޮތް އިރު ވެސް މަސައްކަތްކުރެއްވި ގޮތް ކަމަށާއި، ނަމަވެސް އެކަމަށް ހުންނެވި ވަރަށް ބޮޑަށް ސަމާލުވެ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement - newsAdvertisement
"އިރާދަކުރެއްވިޔާ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 6 އޭޕްރީލްގައިި މި އިންތިހާބު ބޭއްވިގެންދާނެ"

ރައީސް ސޯލިހް ވިދާޅުވީ ކެމްޕޭނަށް ނިކުމެވަޑައިގެންނެވީ ޤައުމު ކުރިއޮތް ހާލަތަށް ދާ މަންޒަރު ފެނިވަޑައިގަންނަވާތީ ކަމަށެވެ. އަދި އެއީ ރައްޔިތުން ވެސް ބޭނުންވާ ގޮތް ނޫން ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް މި ޖަލްސާގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އިންތިހާބު ފަސްކުރަން އުޅޭކަމުގެ އަޑުތައް އިވިވަޑައިގެންފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަނުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ފަސްކުރަންޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ނަމަވެސް ރިސޯޓްތަކުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން އިންތިހާބު ފަސްކުރުމަށް މަަސައްކަތްކުރާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކެމްޕޭން ކުރުމަށް ވެސް، އަދި އެހެން ކަންތައްތަކަށް ވެސް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތައް ދީފައިވާ ކަމަށެވެ. އެހެންކަމުން އިންތިހާބު ފަސް ކުރުމަށް އެއްވެސް ފުރުސަތެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް