Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނެޓްބޯލް އެސޯސިއޭޝަން

ނެޓުބޯލް އެސޯސިއޭޝަނާ ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅި މައްސަލަ ބަލައެއް ނުގަތް

30 މާރިޗު 2019 | ހޮނިހިރު 16:44

ނެޓްބޯޅަ އެސޯސިއޭޝަނާއި ދެކޮޅަށް ދައުވާކުރީ ޔޫތު އެލަޔަންސްއިން

މިއުނާ ހަސަން
މިއުނާ ހަސަން | 30 މާރިޗު 2019 | ހޮނިހިރު 16:44
ނެޓްބޯލް ޓީމް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅެނީ

ނެޓްބޯލް ޓީމް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅެނީ

ނެޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ދެކޮޅަށް ޔޫތު އެލަޔަންސްގެ ފަރާތުން ހުށައެޅި މައްސަލް ސިވިލް ކޯޓުން ބަލައި ނުގަނެ އެ މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.

ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އެ ކޯޓުން ބަލައިގަނެ ދައުވާ ކުރިއަށް ގެންދެވެން ނެއްކަމަށް ބުނެފައިވަނީ އެ ކޯޓުން 29 މާރޗްގައި ނެރުނު ޝަރީއަތް ނިމުނުގޮތުގެ ޙުލާސާ ރިޕޯޓުގައެވެ.

މާރޗް 28 ވަނަ ދުވަހު ޔޫތު އެލަޔަންސްގެ ފަރާތުން ސިވިލް ކޯޓަށް ހުށައަޅާފައިވާ ދައުވާގައި ވަނީ ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދުގެ 9.2.5 ވަނަ މާއްދާގައާއި ހިލާފަށް ނެޓްބޯލް އެސޯސިއޭޝަނުގެ ގިނަ ފުރިހަ މެމްބަރު ކްލަބްތަކަކަށް 21 މާރޗްގައި ބޭއްވުނު ޢާންމު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ނުދީ، އެ ބައްދަލުވުމުގައި އެސޯސިއޭޝަންގެ ހިނަގާ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި، އަދި ގިނަ މެމްބަރު ކްލަބުތަކެއްގެ ވޯޓު ދިނުމުގެ ހައްގު ނިގުޅައިގަނެފައިވާތީ، އެ ބައްދަލުވުމަކީ ބާތިލް ބައްދަލުލވުމެއްކަމަށާއި އަދި އެބައްދަލަުވުމުގައި ނިންމާފައިވާ ނިންމުންތަކަކީ ބާތިލް ނިންމުންތަކެއް ކަމުގައި ކަނޑައަޅައި ދިނުމަށެވެ.

މި މައްސަލަ ޔޫތު އެލަޔަންސްއިން ސިޓީއަކުން ސްޕޯރޓް ކޮމިޝަންއަށް ހުށައަޅުމުން އެ ކޮމިޝަނުން ޔޫތު އެލަޔަންސްއަށް ސިޓީއަކުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ "ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހިނގާފައިވާ އެއްވެސް މުބާރާތެއްގައި އަދި ޙަރަކާތެއްގައި ތިޔަ ކްލަބްއިން (ޔޫތު އެލަޔަންސް) ބައިވެރިވެފައި ނުވާތީ، ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރިއަށް އޮތް ޙާއްސަ އާންމު ޖަލްސާގައި ވޯޓު ދިނުމުގެ ޙައްޤު ތިޔަ ކްލަބަށް ދެވެން ނެތްވާހަކަ ދެންނެވީމެވެ."

އެ މައްސަލަ ބާތިލްކޮށް ސިވިލް ކޯޓުން ނެރުނު ރިޕޯރޓުގައި ބުނެފައިވަނީ ޔޫތު އެލަޔަންސްއިން ދައުވާގައި އެދުނު ކަންކަމަކީ ޤާނޫނުގައި ވާގޮތުން ސްޕޯރޓްސް ކޮމިޝަނުން ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާ ކަންކަން ކަމުގައި ވާތީ އާއި، އެމައްސަލައަށް އެ ކޮމިޝަނުން ޖަވާބުދާރީ ވެފައި ވާތީ ޔޫތު އެލަަޔަންސްއިން ހުށައެޅި މައްސަލަ އެ ކޯޓުން ބަލައި ދައުވާ ކުރިއަށް ގެންދެވެން ނެއްކަމަށެވެ.

ސިވިލް ކޯރޓުގެ މި ނިންމުމާއެކު ނެޓްބޯލް އެސޯސިއޭޝަނަށް އަލަށް އައްޔަނު ކުރެވުނު ބޯރޑު މެމްބަރުންގެ މަޤާމު ސައްހަވާނެއެވެ. އަދި ހާއްސަ އާންމު ޖަލްސާގައި ނިންމުނު ކަންކަންވެސް ސައްހަ ވާނެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް