Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ އަހަރީ ދުވަސް

ނުފޫޒުތަކުން ފުލުހުން އެއްކިބާކޮށް، އިތުބާރު ޤާއިމުކުރުމަށް މަސައްކަތް ކުރަން:އިމްރާން

29 މާރިޗު 2019 | ހުކުރު 18:16

ފުލުހުންގެ މަތީ ސަފުތަކަށްވެސް ނުފޫޒު ފޯރުވާފައިވާ ކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 މާރިޗު 2019 | ހުކުރު 18:16
މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވަނީ

މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވަނީ

ވޭތުވެ ދިޔަ ދުވަސްތަކުގައި ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވާފައިވާ ކަމަށާއި، ނުފޫޒުން އެއްކިބާކޮށް، ފުލުހުންގެ މައްޗަށް އޮތް އިތުުބާރު ޤާއިމު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތަށް 86 އަހަރު ފުރުން ފާހަގަ ކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މިނިސްޓަރ އިމްރާން ވިދާޅުވީ، ވޭތުވެ ދިޔަ ދުވަސްތަކުގައި ފުލުހުންގެ މަސައްކަތްތަަކަށް ފޯރާފައިވާ ނުފޫޒުގެ ސަބަބުން ފުލުހުންގެ ބަދަހި ސަފުތަކަށް އަސަރު ކޮށްފައިވާ ކަމަށާއި، ދިވެހި ފުލުހުންގެ މައްޗަށް އޮތް އިތުބާރާއި އިހުތިރާމް ހޯދައިދިނުމަށް މި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement
"ޤަބޫލުކުރަންޖެހޭ ހަޤީޤަތަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި ފުލުހުންނާ ކުރިމަތިވެފައިވާ ގިނަ ކަންކަމަށް ފޯރާފައިވާ ނުފޫޒުތަކުގެ ސަބަބުން ދިވެހި ފުލުހުންގެ ބަދަހި ސަފުތަކަށް ކޮޮންމެެވެސް ވަރެއްގެ އަސަރުތަކެއް ކުރުވާފައިވާކަނ،ް މި ނުރައްކާތެރިކަމުން އަރައިގަނެ، ދިވެހި ފުލުހުން ކުރިއަށް ދިއުމަށްޓަކައި ދިވެހި ލޮބުވެތި ރައްޔިތުންނާ ސަރުކާރާ، ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ، އަދި މިއަދުގެ ސަރުކާރުން މި މަސައްކަތާ ހަވާލުވީއްސުރެ ދިވެހި ފުލުހުންނަށް، ދިވެހި ފުލުހުންގެ އިހުތިރާމާއި އިތުބާރު ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރެވެމުން،" އިމްރާން ވިދާޅުވިއެވެ.

ފުލުހުންނާއި ހަވާލު ކުރެވިފައި ވަނީ ވަަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އެ ޒިންމާތައް އަދާ ކުރުމުގައި ފުލުހުން ދައްކާ ސާބިތު ކަމަށް އިހުތިރާމް ކުރައްވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"ދިވެހި ލޮބުުވެތި ފުލުހުން، ތިޔަ ބޭފުޅުންނަކީ ތިޔަ ބޭފުޅުންގެ މި މުއައްސަސާގައި ވަރަށް ގިނަ ޤާނޫނީ ބޮޑެތި ޒިންމާތަކެއް އަދާކުރަންޖެހޭ ފަރާތްތަކެއް، ތިޔަ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާ ކުރުމަކީ ގޮޮންޖެހުންތަކާ، ދަތިތަކާ، އުނދަގޫ ބޮޑު މަސައްކަތެއް، ތިޔަ ބޭފުޅުންނަށް ހަވާލުކުރެވިފައިވާ ޤާނޫނީ ޒިންމާތައް އަދާ ކުރުމުގައި ދެމިތިބުމަކީ ދަތި އުނދަގޫ ކަމެއް، އެހެން ނަމަވެސް ތިޔަ ބޭފުޅުންނަށް ހަވާލުކުރެވިފައިވާ ޒިންމާތައް އަދާ ކުރުމުގައި ދައްކަވަމުން ގެންދަވާ ސާބިިތު ކަމަކީ ހިތުގެ އަޑިން ބަލައިގަންނަ، އިހުތިރާމް ކުރާ ކަމެއް،" މިނިސްޓަރ އިިމްރާން ވިިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ބޮޑެތި ކުށްތައްކޮށް، މުޖުތަމައުގައި ޖަރީމާތައް ހިންގައި، ރައްޔިތުންނަށް ގެއްލުންދެނިވި ކަންކަމަށް އަރައިގަންނަ ފަރާތްތައް އިންސާފުގެ ކުރި މައްޗަށް ގެނައުމަކީ ފުލުުހުންގެ ވާޖިބެއް ކަމަށާއި، ޤާނޫނުތައް ނަގަހައްޓައި، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ޤާއިމު ކުރުމަކީ ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާއެއް ކަމަށެވެ.

އެންމެ ހިނގާ

1

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

2

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް