Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

އައިޖީއެމްއެޗް ކިޔޫގައި ޖެހުމަށް ދާއިމީ ހައްލު: ހޮސްޕިޓަލް ސޮފްޓްވެއާ

ކޮންމެ ތިން މަހަކުން ކިޔު ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަލީމް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 29 މާރިޗު 2019 | ހުކުރު 14:34
އައިޖީއެމްއެޗް

އައިޖީއެމްއެޗް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކިޔޫގައި ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހޮސްޕިޓަލް ސޮފްޓްވެއާއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިޖީއެމްޗްގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ.އެމްވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ, އައިޖީއެމްއެޗުގައި ޚިދުމަތުގެ ކިޔޫއަށް ލުޔެއް ލިބިގެންދާނެ ގޮތަކަށް ނިޒާމަށް ބަދަލުތަކެއް ގެނައުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކޮންމެ ތިން މަހަކުން ކިޔޫ ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މަގާމާއި ހަވާލުވެވަޑައިގަތް ފަހުން އެއްބުރު ކިޔޫ ތަރުތީބު ކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

''މާނައަކީ މިތާ އެޕޮއިންޓްމެންޓް ހަދާފައި ތިބި މީހުންނަށް އަޅުގަނޑުމެން އެސްއެމްއެސް އެއް ފޮނުވާނީ. ފޮނުވާފަ އެ އެޕޮއިންޓްމެންޓް ކޮންފޯމްތޯ 72 ގަޑިއިރު ތެރޭގައި އަޅުގަނޑުމެން އާހަނަން'' ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ބައެއް ފަހަރު އެޕޮއިންޓްމެންޓް ރިކުއެސްޓް ކޮށްފައިވާ ފަރާތްތަކުން އެހެން ތަނަކުން ހިދުމަތް ހޯދާފައި އެޕޮއިންޓްމެންޓް ކެންސަލް ނުކޮށް ހުންނަ ފަހަރުތަކާ ދިމާވާ ކަމަށެވެ. އެހެން ވުމުގެ ސަބަބުން ކިޔޫގައި އެޕޮއިންޓްމެން ގިނަވަމުންދާ ކަމަށް ވިދާޅުވިއެވެ.

އައިޖީއެމްޗްގެ ސީއީއޯ އިބްރާހިމް ސަލީމް ރާއްޖެ.އެމްވީއަށް އިންޓަވިއު ދެއްވަނީ

ސަލީމް ވިދާޅުވީ، އެޕޮއިންޓްމެންޓް ރީކޮންފަރމް ކުރުމުގެ ގޮތުން އިތުރު އެސްއެމްއެސްއެއް ފޮނުވައި 72 ގަޑިއިރު ތެރޭ ރީކޮންފަރމް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ކަންތައް ކުރުމުން އަސްލު ހިދުމަތް ބޭނުންވާ ފަރާތްތައް ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''މުސްތަގުބަލްގައި މި ކަހަލަ ކަންތައް. ކިޔޫ ތަރުތީބު ކުރާކަށް ނުޖެހޭނެ. ހޮސްޕިޓަލް ސޮފްޓްވެއާ ގެނައިމަ. އަޅުގަނޑުމެން މިހާރު މިއުޅެނީ އެ މަރުހަލާގައި. ސޮފްޓްވެއާ އެއް ހޯދުމުގެ މަސައްކަތުގައި.. ދާއިމީ ހައްލެއް އަންނާނީ ހޮސްޕިޓަލް އޮޓްމޭޝަން ސިސްޓަމެއް އައިސްގެން. އޭރަށް ވާނެ ގޮތަކީ މުޅި ހޮސްޕިޓަލްގެ އޮޓޮމޭޓްވާނެ. މިހާރު މި ހުންނަނީ ޕާޝަލްކަންކަން ކޮށްފައި'' އައިޖީއެމްއެޗްގެ ސީއީއޯ ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ، ސޮފްޓްވެއާ ގެނެވުމުން ކިޔޫގެ ކަންތައްތަކާއި، ޑޮކްޓަރަށް އެޕޮއިންޓްމެންޓް ހެއްދުން ފަދަ ކަންތައްތަކަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި އައިޖީއެމްއެޗްއުން ދުވާލަކު 4،000 މީހުން ޚިދުމަތް ހޯދަމުންދާއިރު، މިހާރު ހަދަމުންދާ ދަރުމަވަންތް ހޮސްޕިޓަލުގެ ހަތަރު ފޮލޯ ހުޅުވަން ތައްޔާރުވެފައިވާ ކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ.

އައިޖީއެމްއެޗްއިން މިހާރުވެސް ދަނީ އެ ހޮސްޕިޓަލްގެ ވެބްސައިޓް މެދުވެރިކޮށް ޑޮކްޓަރުންނަށް ވެއިޓްލިސްޓް ކުރުމާއި، ލެބް ރިޕޯޓް ދޫކުރުމުގެ ޚިދުމަތް ދެމުންނެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
12 ފެބުރުއަރީ 2017

ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ލާމް ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްއެއް ނޫން: އައިޖީއެމްއެޗް
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު