Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ވައްކަން ނުކުރިޔަސް ރައްޔިތުންނަށް ހިދުމަތްކޮށް ދެވިދާނެ!

ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދިނުމަށް ރައީސް ސޯލިހްގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 29 މާރިޗު 2019 | ހުކުރު 10:26
ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ހިނގި ކޮންމެ ކަމެއްގައިވެސް އޮތީ ކޮރަޕްޝަނާއި، ހިޔާނާތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ރަށްރަށުގައި ފެނުގެ ނިޒާމް ޤާއިމްކުރިޔަސް، ނަރުދަމާގެ ނިޒާމަކަސް، މަޝްރޫއުއެއް ފެށިއަސް، ހޮސްޕިޓަލެއްގެ ހިންގުން އާސަންދަ ކުންފުންޏަށް ބަދަލުކުރި ނަމަވެސް އެކަމެއްގެ ތެރެއިން އޮތީ ނާޖާއިޒު ފައިދާތަކެއް ހޯދާފަ އެވެ. ވައްކަންތަކެއްކޮށް، ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފަ އެވެ.

ރައްޔިތުންނަށް ވިސްނައިދީފަ އޮތީ، އަސާސީ ހިދުމަތަކަސް، ޖަރޫރީ ބޭނުމަކަށްވިޔަސް، ތަރައްޤީގެ މަޝްރޫއަކަށް ނަމަވެސް އެކަމެއް ކުރެވޭނީ ހިޔާނަތް އެކުލެވޭ ގޮތުގެ މަތިންކަމަށެވެ. ކޮރަޕްޝަންގެ ގޮތުގައި ކޮންމެވެސް އަރިސް ބޭފުޅަކަށް މަންފާތަކެއް ލިބޭގޮތުގެ މަތިން އެކަނި ކަމަށެވެ. އެ ނޫން ގޮތަކަށް ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއްވެސް ލިބެން ނޯންނާނެކަމަށެވެ.

އެ ސަބަބާއިހުރެ، އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށް، އިހަށް ދުވަހަކާއި ހަމައަށްވެސް ރައްޔިތުން ވިސްނައިގެންތިބީ އެގޮތަށެވެ. ނަމަވެސް މުޅި މަންޒަރު ބަދަލުކޮށްލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުތައް ފުއްދާ، 90 ދުވަހުގެ ތެރޭގައި ހޯދި ކާމިޔަބީތައް ބަންޑުންކޮށްލި ހިސާބުންނެވެ. ތަރައްޤީގެެ ކޮންމެ މަޝްރޫއަކާއެކު، ހިޔާނާތުގެ ބޮޑެތި ޖަރީމާތަކެއް ހިންގަން ނުޖެހޭކާމާއި، އަސާސީ ހިދުމަތްތަކަކީ ރައްޔިތުން އެކަމަކަށް ސަލާންޖަހަން ނުޖެހޭނެ ކަންތައްތަކެއް ކަން އެމަނިކުފާނު އެ ވަނީ ރައްޔިތުންނަސް ސާބިތުކޮށްދީފަ އެވެ. ވައްކަން ނުކޮށްފިނަމަ ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި އެތައް ބަޔެއްގެ ދިރިއުޅުން ފާގަތިކޮށްދެވިދާނެކަމާއި، ތަރައްޤީީގެ އެތައް މަޝްރޫއުތަކެއް ކުރިއަށް ގެންދެވިދާނެކަން ރައީސް ސޯލިހްގެ ސަރުކާރުން އެ ވަނީ ހާމަކޮށްދީފަ އެވެ.

ބޭކާރު ހަރަދުތަކެއް ނުކޮށްފިނަމަ ރައްޔިތުންނަށް އެތައް ހިދުމަތްތަކެއް ތަނަވަސްކޮށް ދެވޭނެކަން ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ މަސައްކަތުން ރައްޔިތުން އެ ވަނީ ޔަޤީންކޮށްދީފަ އެވެ.

ގަނޑުބަނޑުކޮށްލާފައިވާ ނިޒާމެއްގެ ތެރެއިން ވެރިކަމާއި ހަވާލުވެވަޑައިގެން ފަސް ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި އެ ވަނީ ހޯއްދަވާފަ އެވެ. ދައުލަތުގެ ހަރަދުތައް 3.9 ބިލިއަން ހިފަހައްޓަވާއި، ރިޒާވް އެތައް ގުނައެއް އިތުރުކޮށް، ޔޫޒަބަލް ރިޒާވް 242 މިލިއަން ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ.

ދެން އޮތީ އެ އިދިކޮޅު ފަރާތްތަކުން ތަރައްޤީގެ ޕްރޮޖެކްޓްތައް ގޮތުގައި ސިފަކުރާ ރަށްރަށުގެ ބިން ހިއްކުމާއި، ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުތަކާއި، ހައުސިން މަޝްރޫއުތަކެވެ. މި ސަރުކާރުން އެއީ ތަރައްޤީގެ ބޮޑެތި ޕްރޮޖެކްޓްގެ ގޮތުގައި ސިފަކުރުމުގެ ބަދަލުގައި، އެއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިިދުމަތްތައް ގޮތުގައި ރައްޔިތުުންނަށް ކަށަވަރުކޮށް ދޭ ކަންތައްތަކެވެ.

ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 90 ދުވަސް ނިންމާލިއިރު، އެ މަނިކުފާނުގެ ސަރުކާރުން ވަނީ އެތައް ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށައިފަ އެވެ. އިތުރު ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް އަންނަ ހަފްތާގައި ފަށާއިރު، އިތުރު 35 ރަށެއްގެ ފަނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ވަނީ އިއުލާންކޮށްފަ އެވެ. ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ހިއްކުމަށް ނިންމާއި، ބިން ހިއްކާނެ ރަށްތައް އިއުލާންކޮށްފައި ވާއިރު، އެ މަސައްކަތްތައް ފެށުމަށް ސަރުކާރު އެ އޮތީ ދޮންވެ ފައްކާކޮށްލާފަ އެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި، މަތީ ތައުލީމަށް ދޭ ލޯންތަކުގެ އިންޓްރެސްޓް އެތައް ގުނައެއް ތިރިކުރުމާއި، ކަރަންޓުގެ އަގު ހެޔޮކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކަށް ހާއްސަ ބޭންކެއް އުފެއްދުމާއި، މަސްވެރިންނަށް ބޭންކިން ނިޒާމްގެ ފައިދާ ލިބޭނެ ގޮތް ހެދުމާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީތައް ކަނޑާލުމާއި، ޑީސަލުން ނަގަމުންދާ ޑިއުޓީތައް ކަނޑާލުމާއި، ޕެންޝަން ފަންޑުން ޕަރުޟު ހައްޖުވުމުގެ ފުރުސަތެވެ.

މިއީ ސަރުކާރަކުން އެންމެ 90 ދުވަހުގެ ތެރޭގައި ރައްޔިތުންގެ ކޮށްދިން ކަންތައްކެވެ. ފުއްދި ވައުދުތަކެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމަށް ގެނައި ބަދަލުތަކެވެ.

ވައްކަމާއި ހިޔާނާތުގެ ތުހުމަތެއް ރައްޔިތުން ނުކުރެ އެވެ. އެކަމަކަށް ސަރުކާރުން ޖާގައެއްވެސް ނުދެ އެވެ. ރައީސާއި، އަނބިކަނބަަލުންނާއި، ސަރުކާރުގެ އިސްވެރިންގެ އެކައުންޓުތަކާއި، އާއިލީ ބޭފުޅުންގެ އެކައުންޓުތަކަށް މިލިއަނުން މިލިއަނުން ފައިސާއެއްވެސް ޖަމާއެއް ނުކުރެ އެވެ.

ދެން މިކަމުގައި އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކައެއް އޮންނާނެ ހެއްޔެވެ.

އެ ބޭފުޅުންގެ ވެރިކަމުގެ ފަސް އަހަރުގައި ނުކުރެވުނު އެތައް ކަމެއް ވެރިކަމުގެ ހަތަރު މަހުގެ ތެރޭގައި އެ ވަނީ ހާސިލްކޮށްފަ އެވެ. އެ ބޭފުޅުން ހިޔާނަތުގެ ތެރެއިން ގެންނެވިކަމަށް ބުނާ ބޮޑެތި މަޝްރޫއުތައް، ހިޔާނާތާއި، ވައްކަން ނުހިމެނޭގޮތަށް ވެރިކަމުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އެ ވަނީ ފަށާފަ އެވެ.

ތަރައްޤީ އަންނަން ޖެހޭނީ ވައްކަމާއި އެކުގައެއް ނޫނެވެ. އެކަން ރައީސް ސޯލިހްގެ ސަރުކާރުން އެ ވަނީ ސާބިތުކޮށްދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

30 ޖޫން 2018
ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

ދައުލަތުން ރައްޔިތުންނަށް ދޭ އަނިޔާތަކަށް ފަރުވާއެއް ނެތް!

12 އެޕްރީލު 2018
66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

14 ޖެނުއަރީ 2018
ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

ސަރުކާރުން އުޅެނީ ރައްޔިތުންނަށް ޖެއްސުމަށްތޯ؟

06 ޑިސެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު