Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ސާވިސް ޗާޖު ނުލިބޭ ނަމަ ފިޔަވަޅު އެޅެންޖެހޭ އުސޫލެއް އެކުލަވާލަންޖެހޭ: ރޮޒެއިނާ

28 މާރިޗު 2019 | ބުރާސްފަތި 04:23

ސާވިސް ޗާޖު ނުދޭ މައްސަލަ ބޮޑީ ލޯކަލް ބްރޭންޑްތަކުގައި

އަމްނާ އިމާދު
އަމްނާ އިމާދު | 28 މާރިޗު 2019 | ބުރާސްފަތި 04:23
ޓުއަރިޒަމްއާ ގެސްޓްހައުސް ފުޅާކުރުމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ޕެނަލްގެ ތެރެއިން

ޓުއަރިޒަމްއާ ގެސްޓްހައުސް ފުޅާކުރުމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ޕެނަލްގެ ތެރެއިން

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ސާވިސް ޗާޖު ލިބެންޖެހޭ ކަމަށާއި، ނުލިބޭ ނަމަ ފިޔަވަޅު އެޅެންޖެހޭ އުސޫލެއް އެކުލަވާލަންޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހުށަހަޅާ ބަރުލަމާނީ ވައުދުތައް ތެރެއިން ޓުއަރިޒަމްއާ ގެސްޓްހައުސް ފުޅާ ކުރުމާ ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމަށް ބުދަ ދުވަހުގެ ރޭ ބޭއްވި ޕެނަލްގައި ވާހަކަދައްކަވަމުން މެންބަރު ރޮޒެއިނާ ވިދާޅުވީ މިހާރު ވެސް މިއޮންނަ ޓޫރިޒަމާ ބެހޭ ގާނޫނުގައި މުސާރާ އާއި ސާވިސް ޗާޖް ދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، މުއައްޒަފުންނަށް ސާވިސް ޗާޖު ނުދޭ މައްސަލަ ބޮޑު ކަމަށެވެ.

Advertisement - newsAdvertisement

ރޮޒެއިނާ ވިދާޅުވީ ރިސޯޓުތަކުން މި އަމަލުކުރާ ގޮތް ވަރަށް ގާތުން ބަލަންޖެހޭ ކަމަށާއި، ސާރވިސް ޗާޖް ނުދެނީ ކޮން ރަށްތަކަކުންތޯ ފާހަގަކުރެވެންޖެހޭ ކަމަށެވެ. އަދި ނުދިނުމުން އަމަލުކުރަންޖެހޭ ވަކި އުސޫލެއް ވެސް އޮންނަން ޖެހޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ސާވިސް ޗާޖު ނުދޭ މައްސަލަ އެންމެ ގިނައިން ދިމާވަނީ ލޯކަލް ބްރޭންޑްގެ ރިސޯޓުގައިކަން ފާހަގަކުރައްވައި ރޮޒެއިނާ ވިދާޅުވީ ބޭރުގެ ބްރޭންޑްތަކުން ހިންގާ ރިސޯޓުތަކުގައި މިފަދަ މައްސަލަތައް ދިމާވުން ވަރަށް ކުޑަ ކަމަށެވެ.

"ސާވިސް ޗާޖެއް އެކަންޏެއް ނޫން. އޭގެ އިތުރުން ވެސް އަޅުގަނޑުމެންނަށް ވެސް ހަމަ އެހެން ދަތިތަކުގެ ވާހަކަ އެބޭފުޅުން ފާހަގަކުރައްވާ. މިސާލަކަށް ތަފާތުކުރުންތަކުގެ ވާހަކަ. ހަމައެއް ޕޮޒިޝަންއެއްގައި ހުންނަ ދެމީހަކަށް ވެސް ޔޫރަޕްގައި ހުންނަ މީހާއަށް ލިބޭ މުސާރަ ދިވެހި މިހާއަށް ނުލިބޭ،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އެޖެންޑާ19 އިން ހުށަހަޅަނީ ގާނޫނުގެ ތެރެއިން މިހެން ހުރި ތަފާތު ކުރުންތައް ނައްތާލާ ރިސޯޓުތަކުގެ މެނޭޖްމެންޓްގެ ލެވަލްގައި ގިނަ ދިވެހިންނަށް ފަހި ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ.

ގެސްޓް ހައުސް ވިޔަފާރިއާ ގުޅޭ ތަޖުރިބާކާރެއް ކަމަށްވާ އަބްދުﷲ ރަޝީދު ވިދާޅުވީ އެއީ މުއައްޒަފަށް ލިބެންޖެހޭ ކަމަށާއި، އެ ނުދޭ ނަމަ އެއީ ކުރެވޭ ވައްކަމެއް ކަމަށެވެ.

ރަޝީދު ވިދާޅުވީ ސާވިސް ނުދޭ ނަމަ ސަރުކާރުން ވެސް މި މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ބަލައި، އެ ނުލިބޭ ނަމަ ސަރުކާރުގެ މުއައްސަސާއަކުން އެރިސޯޓަށް ގޮސް އެ ސާވިސް ޗާޖަށް ހެދި ގޮތް ވެސް ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ގެސްޓް މީހާ ފުރައިގެން ދަނީ ރިސޯޓަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ފަހު ކަމަށާއި، މުއައްޒަފުންގެ ހައްގެއް ނުދީ ނުހިފެހެއްޓޭނެ ކަމަށެވެ. އަދި މުއައްޒަފުން ވެސް ސާވިސް ޗާޖު ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށައި އެ ނުލިބޭ ނަމަ ޕޮލިހަށް ރިޕޯޓުކޮށްގެން އެ ހޯދުން އެއީ މުއައްޒަފުން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

ރަޝީދު ވިދާޅުވީ އެޖެންޑާ19އަކީ ދިވެހި ރައްޔިތެއްގެ މުއްސަންދި ކަމުގެ ހިއްސާ ފުރަތަމަ ފަހަރަށް ގެނެސްދޭ ސިޔާސަތު ކަމަށެވެ.

ބިލެއްދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ގެސްޓުހައުސް ވިޔަފާރިއަކީ ވަރަށް މުހިންމު އެއް ހިއްސާ ކަމަށާއި، ގެސްޓު ހައުސްތަކުގެ ސަބަބުން އިތުރު ވިޔަފާރިތައް ހުޅުވިގެންދާ ކަމަށެވެ.

''ގެސްޓުހައުސްއާއެކު އެހެން ވިޔަފާރިތައް އުފެދޭ. މިހާރު ލޯންޑަރިންގެ ޚިދުމަތްދޭ ތަންތަނުގެ އިތުރުން ބޭކަރީގެ ޚިދުމަތް ރެސްޓައުރެންޓްތައް އެބަހުޅުވާ. މިސާލަކަށް މާފުށީގައި މިހާރު އެފެންނަނީ އާންމު ފަރާތްތައް ހިންގާ ވިޔަފާރިތައް'' ހަލީމް ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ މީގެ ތިރީސް ވަރަކަށް އަހަރު ކުރިން ފަތުރުވެރިކަމުގެ ސިނާއަތް އޮތީ ދެތިން މީހެއްގެ އަތްމަތީގައި ކަމަށާއި، ނަމަވެސް މިއަދު މިއުސޫލު ބަދަލުވެ ހުރިހާ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު

12 ޖެނުއަރީ 2017
ސިވިލް ސާވިސް މުވައްޒިފުންނަށް ވެސް އެލަވަންސް ދޭންޖެހޭ:އަބްދުﷲ ރިޔާޒު
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް