Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގދ. ތިނަދޫ

މުޣުނީގެ މައްސަލައަށް ނަޝީދުގެ ޖަވާބު: އާންމު މެމްބަރުންގެ ކެންޑިޓަކީ އަޅުގަނޑުގެ ކެންޑިޑޭޓް!

ސީދާ ޖަވާބެއް ނަޝީދު ނުދެއްވާ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 27 މާރިޗު 2019 | ބުދަ 19:05
ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލް މުޣުނީ (ކ)ގެ ކަރުގައި ޝޭޝް އަޅުވައި ދެއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލް މުޣުނީ (ކ)ގެ ކަރުގައި ޝޭޝް އަޅުވައި ދެއްވަނީ

ގެވެށި އަނިޔާގެ މައްސަލައެއް ފެންމަތިވެ، އެމްޑީޕީން ތާއިދު އަނބުރާ ގެންދިޔަ ތިނަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓް އަބްދުލް މުޣުނީގެ މައްސަލައާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަތޮޅު، ހުވަދޫއިން މަޖިލީހަށް ވާދަކުރާ އެމްޑީޕީގެ އަށް ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ "މިވެނި އެވެނި ކެންޑިޑޭޓަކީ" މަނިކުފާނު ތާއިދު ކުރައްވާ ކެންޑިޑޭޓެއްތޯ މީހުން ސުވާލު ކުރަމުންދާ ކަމަށެވެ. އެ ސުވާލަށް ދެއްވަން އޮތް ޖަވާބަކީ އާންމު މެމްބަރުން ނިންމަވައި، ހޮއްވަވާފައިވާ ކެންޑިޑޭޓަކީ އެމަނިކުފާނުގެ ކެންޑިޑޭޓް ކަމަށާއި އެ ކެންޑިޑޭޓަކީ ޕާޓީގެ ލީޑާޝިޕްގައި ތިއްބަވާ އެހެން ބޭފުޅުންގެ ވެސް ކެންޑިޑޭޓް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އާންމު މެމްބަރުން ވޯޓު ދެއްވައިގެން ހުވަދޫއިން ހޮއްވެވި އަށް ކެންޑިޑޭޓުންނަކީ ރަދުންގެ ކެންޑިޑޭޓުން ނޫން ކަމަށާއި އެއީ ހުވަދޫ ރައްޔިތުންގެ ކެންޑިޑޭޓުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މުޣުނީއަށް ކުރި ތާއިދު އެމްޑީޕީން އަނބުރާ ގެންދިޔަ މައްސަލާގައި ނަޝީދު ސީދާ ޖަވާބެއް ނުދެއްވައެވެ. އެ މައްސަލާގައި ނުސީދާކޮށް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ "އަލިފަކު ނުކުތާއެއް ނެތް، ބާ ތިރީގައި އެއް ނުކުތާ" ކަމަށެވެ.

""އަޅުގަނޑު ގާތުގައި އަދިވެސް އެބަ އަހާ ބައެއް ބޭފުޅުން މިވެނި ބޭފުޅެއް އެއީ އަޅުގަނޑުގެ ކެންޑިޑޭޓްތޯ އޭ. އަޅުގަނޑު ހިތުގައި އުފެދެނީ އަލިފަކު ނުކުތާއެއް ނެތޭ، ބާ ތިރީ އެއް ނުކުތާއޭ، އަލުން އަނބުރާ އަނެއްކާ އަލިފުބާ އޮޅުން ފިލުވާން ޖެހެނީ ހެއްޔޭ؟... އަޅުގަނޑުމެންގެ އެތެރޭގެ އިމްތިޒާމުތަކުން ނިންމަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަކީ ކޮބައިކަން. އެ ކެންޑިޑޭޓުން ނިންމީމާ، އެއީ އަޅުގަނޑުމެން އެންމެންގެ ކެންޑިޑޭޓް އެއީ ރައީސް ނަޝީދުގެ ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް އަޅުގަނޑުމެންގެ ނައިބު ރައީސް ޝިފާޒުގެ ވެސް އަދި އަޅުގަނޑުމެންގެ އެމްޑީޕީގެ ހުރިހާ މެމްބަރުންގެ ވެސް ކެންޑިޑޭޓު އެކަމާ މެދު އެއްވެސް ޝައްކެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ޕާޓީ ނިޒާމެއް ހޯދީ އެއް އަމާޒެއްގައި މަސައްކަތް ކުރާނެ އާއިލާއެއް ހޯދުމަށް ކަމަށާއި ރާއްޖެ ތަރައްޤީ ކުރަންޖެހޭނީ ޖަޒީރާ ރާއްޖެއެއްގެ ގޮތަށްކަން އެނގި ތިބެ ކަމަށެވެ. ރާއްޖެއަކީ ދުބާއީ ނުވަތަ ސިންގަޕޫރެއް ނޫން ކަމަށާއި މިއީ "ދިވެހިރާއްޖެ" ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތިނަދޫގައި ގެދޮރު ނެތް މީހުންގެ ލިސްޓުގައި 190 އަށްވުރެ ގިނަ މީހުން ތިބި ކަމަށާއި އެމްޑީޕީގެ އަމާޒަކީ ހުރިހާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ކުރީގެ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ދެއްވީ ވެސް އެމްޑީޕީގެ ވެރިކަމުގައި އަޅާފައިވާ ފްލެޓްތައް ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.

ރާއްޖެއަކީ އިޤްތިސާދީ ވަސީލަތްތައް ގިނަ ތަނަވެސް ޤައުމެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ "މޮޅު" މީހުން ތިބި ޕާޓީއެއް ކަމަށެވެ. އެމްޑީޕީގެ ހުވަފެނަކީ ރާއްޖޭގެ ރައްޔިތުންގެ ހުވަފެން ކަމަށާއި އެ ރައްޔިތުންގެ އުންމީދުތައް ފުރިހަމަ ކޮށްދިނުމަކީ އެމްޑީޕީގެ އަމާޒު ކަމަށް ނަޝީދު ތަކުރާރު ކުރެއްވިއެވެ.

އެޖެންޑާ 19އަކީ ޤާނޫނީ ތަރަހައެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެޖެންޑާ 19ގެ އަމާޒަކީ ރާއްޖެ ތަރައްޤީ ކުރުން ކަމަށެވެ.

އެޖެންޑާ 19 ކަށަވަރުކޮށްދޭނީ ރައްުޔިތުން ބާނާ މަހަށް ރުފިޔާ ލިބުމުގެ ބަދަލުގައި ޑޮލަރު ލިބޭނެ ވަރަށް، އެ ސިނާއަތް ކުރިއަރުވުން ކަމަށާއި ތިނަދޫގައި މަސް ބަންދުކުރާ ކާރުހާނެއް ހުޅުވުމަކީ އުންމީދު ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

ޔާމީން ބަންދުކުރި މައްސަލަ: ޖަވާބުދާރީވެ، ހެކި ހުށަހެޅުމަށް އަމީން ފައިސަލަށް 15 ދުވަސް!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

ޑިއުޓީގެ ބޮޑުކޮށްގެން ލިބޭ ފައިސާއިން އާންމުން ހޭލުންތެރިކުރަން ސަރުކާރު މެމްބަރުން ދެކޮޅު!

21 ފެބުރުއަރީ 2017
މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

މާލޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިއްޖެ: ރައީސް ޔާމީން

17 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

ރައީސް ނަޝީދުގެ ސަރުކާރުގައި ހެލްތް މިނިސްޓްރީން ކުއްޔަށް ހިފި ގުދަނަށް ކުލި ދެއްކުމުގައި ކޮރަޕްޝަނެއް ނެތް

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު