Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް އިސްލާމިކް ބޭންކް

މޯލްޑިވްސް އިސްލާމިކް ބޭންކްގެ އައު ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފި

27 މާރިޗު 2019 | ބުދަ 12:49

އެމްއައިބީ ހެޑް އޮފީސް ހުންނަނީ މުލިއާގެ ކައިރީ ހެންވޭރު މެދުޒިޔާރާތްދޮށުގޭގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 މާރިޗު 2019 | ބުދަ 12:49
މޯލްޑިވްސް އިސްލާމިކްގެ ހެޑް އޮފީސް

މޯލްޑިވްސް އިސްލާމިކްގެ ހެޑް އޮފީސް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޚިދުމަތް ފުޅާ ދާއިރާއެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި އެ ބޭންކުގެ އައު ހެޑް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ބުދަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ބޭންކް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޒަރީ އިބްރާހިމް އަމީރުއެވެ.

އެމްއައިބީ ހެޑް އޮފީސް ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ 2011 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްވި އިސްލާމިކް ބޭންކަކީ ބޭންކިން ނިޒާމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިއަދާ ހަމައަށް އިސްލާމިކް ބޭންކުން ހޯދައިވާ ކުރިއެރުމަށް ތައުރީފްކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މިހާރުގެ ސަރުކާރުން ބޭނުންވަނީ މި ސަރަހައްދުގެ އިސްލާމިކް ފައިނޭންސިން ހަބަކަށް ރާއްޖެ ހެދުމަށް ކަމަށެވެ. އަދި އެ މިސްރާބަށް ވާސިލްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޙިދުމަތް މީގެ ކުރިން ދެމުން އައީ ދެ އިމާރާތަކުންނެވެ. އެ ބޭންކުން ބުނީ، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިތަކެއް ކުރިމަތިވަމުން އައިސްފައިވާއިރު އަލަށް ހުޅުވި ހެޑް އޮފީހުން އެބޭންކުގެ ހުރިހާ ޚިދުމަތެއް އެއް ބްރާންޗަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން ބޭންކުގެ އެކައުންޓް ހުޅުވުމާއި، ފައިސާ ޖަމާކުރުމުގެ ޙިދުމަތް (ކްރެޑިޓް އެޑްމިނިސްޓްރޭޝަނާއި ޓްރޭޑް ފިނޭންސް ސާވިސްގެ ޚިދުމަތް) ހެޑް އޮފީހުގެ ލިބޭނެއެވެ.

އިސްލާމިކް ބޭންކް ހިންގާ އިމާރާތް ހުންނަނީ މުލިއާގެ ކައިރިން ހެންވޭރު މެދުޒިޔާރާތްދޮށުގޭގަ އެވެ.

މި ރަސްމިއްޔާތުގައި އެމްއައިބީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މުހައިމިން އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމްގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
24 މާރިޗު 2017

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް