Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޮރްގްރެސިވް ކޯލިޝަން

އެމްއެމްޕީއާރުސީން ނަގުދު ފައިސާ ލިބުނު ކަމަށް ބުނާ ބައެއްގެ ލިސްޓެއް އާންމުކުރަން އުޅޭ ކަމަށް ޕީއެންސީން ތުހުމަތުކޮށްފި

26 މާރިޗު 2019 | އަންގާރަ 09:51

ލިސްޓްގައި ހިމަނާނެ ކަމަށް ވަނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުންގެ ނަންތައް

އަލީ ސަމާޚް
އަލީ ސަމާޚް | 26 މާރިޗު 2019 | އަންގާރަ 09:51
އަބްދުއްރަހީމް

އަބްދުއްރަހީމް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ނަގުދު ފައިސާ ލިބުނު މީހުންގެ ލިސްޓެއް ސަރުކާރުން އާއްމުކުރަން އުޅޭ ކަމުގެ ތުހުމަތުތަކެއް ޕްރޮގްރެސިވް ކޯލިޝަނުން ކޮށްފިއެވެ.

އަންގާރަ ދުވަހު ޕްރޮގްރެސިވް ކޯލިޝަން އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އެ ލިސްޓް ނެރުމަށް މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވާ ކަމަށެވެ. އަދި އެ ކޯލީޝަންގެ ފަރާތުން މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އެ ލިސްޓްގައި އެ ކޮމިޝަނުން ހިމަނާނެކަން އެނގިފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement - newsAdvertisement
'އޭގެ ތެރޭގައި ރައީސް ޔާމީނާއި، މެޑަމް ފާތުންނާ އަޅުގަނޑުމެންގެ ވަރަށް ގިނަ ކެންޑިޑޭޓުންގެ ނަން ހިމަނާނެ ކަން އެނގިގެން މިދަނީ،'' އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ލިސްޓް އާއްމުކުރުމަށް އޮޑިޓާ ޖެނެރަލް އާއި ޕްރްސެކިއުޓާ ޖެނެރަލް އިނގިރޭސިވިލާތުގައި މަޝްވަރާތަކެއް ކުރައްވަމުން ގެންދަވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެންޓި ކޮރަޕްޝަން ކަމިޝަނުން މިހާތަނަށް އާންމުކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ ޖަމާވި އެކައުންޓްތަކެވެ.

އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިދާނެތީ މި ސަރުކާރުން ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކަށް ޖެއްސުން ކުރަމުންދާ ކަމަށެވެ.

ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީސް އިންތިހާބަށް ކެމްޕޭނު ކުރުމަށް އެންމެ ބޮޑަށް ދަތިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން ހައްޔަރު ކުރުން ކަމަށާއި، ކެމްޕޭނަށް ބޭނުންވާ ފައިސާތައް ހުރި ފްރީޒް ކޮށްފައިވާ ޔާމީންގެ އެކައުންޓްތަކުގައި ކަމަށެވެ. އަދި އިލެކްޝަނުން އެ ޕާޓީ އަށް ދޭންޖެހޭ ފައިސާ ނުލިބޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ

''ކެމްޕޭނަކީ އެނގިވަޑައިގަންނަވާނެ ފައިސާއާ ނުލައި ކުރެވޭނެ ކަމެއް ނޫން. އެގޮތުން އަޅުގަނޑުމެންގެ ޕާޓީއަށް 2017 ވަނަ އަހަރުގެ ފައިސާ އާއި 2018 ވަނަ އަހަރު ފައިސާ ނުލިބި މިހިރީ. އެއީ ގާތްގަނޑަކަށް 18 ވަރަކަށް 20 ވަރަކަށް މިލިއަން ރުފިޔާގެ ވާހަކަ މި ދައްކަނީ. އެއިން އެއްވެސް ފައިސާއެއް އަޅުގަނޑުމެންނަކަށް ނުލިބޭ،'' އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް އިން މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިގެން އުޅެނީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

ރިޔާސީ ކެމްޕޭން ދަތުރުތައް ކުރުމަށް ފަހު ޕީޕީއެމުން، ޤައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަށް ނުދައްކާ އޮތް 3.8 މިލިއަން ރުފިޔާ ހޯދުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ ފައިސާ ދެއްކުމަށް ކޯޓުން ވަނީ ޕީޕީއެމްގެ މައްޗަށް ހުކުމް ކޮށްފައެވެ.

ފައިސާ ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީގައި ވެސް އެދިފައިވާ ވާނެ ކަމަށާއި، ފައިސާ ނުލިބިއްޖެ ނަމަ ކޯޓަށް މައްސަލަ ވައްދާނެ ކަމުގެ އިޝާރާތެއް އަދުރޭ ވަނީ ދެއްވާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް