Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތަރައްޤީ

ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަފަށް ރާއްޖެ ބަދަލުވުމުގެ ފުރުޞަތު އެބަ އޮތް: ނަޝީދު

ޥޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓު 7 ބިލިއަނުން 30 ބިލިއަން ރުފިޔާއަށް އުފުލުނު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް, ރާއްޖެ އެމްވީ | 25 މާރިޗު 2019 | ހޯމަ 03:43
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު

މެދު އާމްދަނީގެ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަފަށް ކުރިއަށް ޖެހުމުގެ ފުރުޞަތު މިއަދު ދިވެހިރާއްޖެއަށް އެބަ އޮތް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް، ޙަސަން ލަޠީފްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އާދީއްތަ ދުވަހުގެ ރޭ ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެއަކީ މުއްސަނދި ޤައުމެއް ކަމަށެވެ.

Advertisement - newsAdvertisement

ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ލިސްޓުން މެދު އާމްދަނީގެ ޤައުމަކަށް 2007 ވަނަ އަހަރު ރާއްޖެ ބަދަލުވެގެން ދިޔަކަން ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓު ހަތް ބިލިއަން ރުފިޔާއިން 30 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. ނަޝީދު ވިދާޅުވީ، މި މުއްދަތުގައި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ މިންވަރު 77 ބިލިއަން ރުފިޔާއަށް އިތުރުވެެގެން ގޮސްފައިވާއިރު، މިހާރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް އަހަރަކު ފަނަރަ ހާސް އެމެރިކާ ޑޮލަރު، ނުވަތަ ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ޖެހެމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަކީ ގުދުރަތީ ވަސީލަތްތަށް ގިނަ މުއްސަނދި ރާއްޖެއެއް. 1،000 ކިލޯ މީޓަރަށް އުތުރުން ދެކުނަށް ދެމޭ. އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އިގުތިޞާދީ ސަރަހައްދު ސައޫދީ އަރަބިއްޔާއަށް ވުރެވެސް ބޮޑު. އަޅުގަނޑު ދެންނެވި ފުރަތަމަ ހަގީގަތަކީ ދިވެހިރާއްޖެ މިއަދު މެދު އާމްދަނީގެ ގައުމަކުން ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ބަދަލުވެވެން އެބައޮތް. ދެވަނަ ހަގީގަތަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓީކް ޕާޓީ އަކީ މޮޅުބައެއްކަން. އަޅުގަނޑުމެންގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީވެސް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނެ ބޭފުޅުންނަކީ ވެސް އަދި ޕާޓީތަކުގެ ކޮމެޓީތަކުގައި ތިއްބަވާ ބޭފުޅުން ކަމުގައި ވިޔަސް. މިރޭ މިތަނަށް އެއްވެފައި ތިބި މީހުންނަކީވެސް ހެންވޭރުން ހުނި ޖަހާލާފައި ނެގެން ތިބި މީހުން. އަޅުގަނޑު މި ދެންނެވި ހަގީގަތް ތިބޭފުޅުންނަށް ސާފުވާނެ،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިގެން އައި ގޮތުގެ މައްޗަށް އަލިއަޅުވާލައްވަވާ މި ޖަލްސާގައި ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތައް އުފެދި މި ސިޔާސީ ނިޒާމް އަލުން އުފެދިގެން އައިއިރު ދިވެހިންގެ ތެރެއިން އެކިއެކި ފިކުރުގައި ތިބި މީހުން އެކިއެކި ދިމާލަށް ގޮސް ހުއްޓުނު ކަމަށާއި އޭގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އެމްޑީޕީގެ ފިކުރު ކަމުގޮސް އެމްޑީޕީއާ ގުޅިގެން ދިޔަ ކަމަށެވެ. އެ ދުވަހުވެސް މިއަދުވެސް އެ މީހުން ގަބޫލުކުރަނީ ރާއްޖެ ބަދަލު ކުރެވިދާނެ ކަމަށާއި ދިވެހިންނަށް މިއަށްވުރެވެސް ރަނގަޅު ދިރިއުޅުމަކަށް ދެވިދާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު