Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަފައެލް ވަރާން

ވަރާން ހޯދުމަށް ޔުވެންޓަސްއިން މަސައްކަތް ފަށައިފި

24 މާރިޗު 2019 | އާދީއްތަ 14:55

ވަރާންގެ އެއްބަސްވުން ހަމަވާނީ 2022 ގައި

ލީވާން އަލީ
ލީވާން އަލީ | 24 މާރިޗު 2019 | އާދީއްތަ 14:55
ރަފައެލް ވަރާން

ރަފައެލް ވަރާން

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރ ރަފައެލް ވަރާން ހޯދުމަށް ޔުވަންޓަސްއިން މަސައްކަތް ފަށައިފިއެވެ.

އިޓަލީގެ ނޫސްތަކުން ބުނީ، ކުރިޔަށް އޮތް ސީޒަނަށް އާމަޒުކޮށް ވަރާން ހޯދުމަށް ޔުވަންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެކަމަށް ވާންޖެހޭ ތައްޔާރީތައް އެ ކްލަބުން ވަމުން އަންނަ ކަމަށެވެ.

ވަރާން ހޯދުމަށް ޔުވަންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަން ފަށާފައި ވަނީ މި ސީޒަނަށްފަހު އޭނާ ރެއާލް ދޫކޮށްލާނެ ކަމަށް އަޑުތައް ފެތުރެން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ރެއާލްގެ އާ ކޯޗު ޒައިނުއްދީން ޒިދާން އާއި ވަރާންއާ ދެމެދު ވަރުގަދަ ގުޅުމެއް އޮތް ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން މި ސީޒަނުގައި ރެއާލްގެ ހާލަތާމެދު ވަރާން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ.

ވަރާން ވަނީ ރެއާލްއާއެކު ހަދާފައިވާ އެއްބަސްވުން 2017 ވަނަ އަހަރު އިތުރުކޮށްފައެވެ. އެގޮތުން އޭނާ 2022 ވަނަ އަހަރުގެ ނިޔަލަށް އެ ކްލަބުގައި މަޑުކުރަން ޖެހޭނެއެވެ.

ފްރާންސްގެ ލެންސްއިން 2010 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ވަރާން ވަނީ އެ ކްލަބަށް ކުޅުނު 24 މެޗުގައި ދެ ލަނޑު ޖަހާފައެވެ. އެއަށް ފަހު ވަރާން 2011 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވީ ރެއާލްއަށެވެ.

އުމުރުން 25 އަހަރުގެ ވަރާން ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 268 މެޗުގައި 12 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ދެ ލަލީގާ، އެއް ކޮޕަޑެލްރޭ، ދެ ސްޕެނިޝް ސުޕަކަޕް، ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަކަޕް އަދި ހަތަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ.

ފްރާންސް ގައުމީ ޓީމާއެކު މިދިޔަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ވަރާން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 55 މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް