Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުސްލިމުންނަށް ދޭ ހަމަލާ

އިނގެރޭސިވިލާތުގެ 5 މިސްކިތަކަށް ގެއްލުންދީފި

22 މާރިޗު 2019 | ހުކުރު 04:25

5 މިސްކިތަށް ގެއްލުންދިން މައްސަލަ ބަލަނީ ގުޅިފައިވާ މައްސަލައެއްގެ ގޮތުގައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 22 މާރިޗު 2019 | ހުކުރު 04:25
ގެއްލުންދީފައިވާ މިސްކިތެއް

ގެއްލުންދީފައިވާ މިސްކިތެއް

އިނގެރޭސިވިލާތުގެ ބަރމިންގހަމްގެ 5 މިސްކިތަކަށް ގެއްލުންދިން މައްސަލައެއް ބަލަންފަށައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ދިން މި ހަމަލާ ބަލަމުންދާ އިނގެރޭސިވިލާތުގެ ކައުންޓަރ ޓެރަރިޒަމް ފުލުހުންގެ ޓީމުން ބުނީ، މިސްކިތްތަކަށް ގެއްލުންދީފައިވަނީ ސްލެޖްހެމަރ (ބޮޑު މަރުތެޔޮ) އިން ކަމަށާއި، 5 މިސްކިތައް ގެއްލުންދިން މައްސަލަ ތަޙުޤީޤު ކުރަމުންދަނީ ގުޅިފައިވާ އެއް މައްސަލައިގެ ގޮތުގައި ކަމަށެވެ. މައްސަލައިގެ ތަޙުޤީޤު ވަރަށް ބާރަށް ކުރިއަށްދިޔަ ނަމަވެސް މި ހަމަލާ ދީފައިވަނީ ކޮން ސަބަބަކާއި ހުރެކަން މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ބަރމިންގްހަމްގެ މިސްކިތްތަކަކަށް ގެއްލުންދިން މި ދަނޑިވަޅަކީ، ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާއެއްދީ 50 މީހުން ޝަހީދުކޮށްލުމާއި ގުޅިގެން، އިނގެރޭސިވިލާތުގައި ދިރިއުޅޭ މުސްލިމުންނަށް އެފަދަ ހަމަލާއެއް ކުރިމަތިވިޔަ ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަމުންދާކަމުގެ ޔަޤީންކަން އެ ޤައުމުގެ ވެރިން ރައްޔިތުންނަށް ދެމުންދާ ދަނޑިވަޅެކެވެ.

އިނގެރޭސިވިލާތުގެ މިސްކިތަކަށް ގެއްލުންދިނުމާއި ގުޅިގެން އެ ޤައުމުގެ ހޯމް ސެކްރެޓަރީ ސާޖިދު ޖާވިދު ވިދާޅުވީ މި އަމަލާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި، ހަތުރުވެރި އަމަލުތަކާއި ނަފުރަތަކީ އިނގެރޭސި މުޖުތަމަޢުގައި ޖާގައެއް އޮތް ކަމެއް ނޫން ކަމަށާއި، އެފަދަ ކަންކަން ބަލައި ނުގަންނާނެ ކަމަށެވެ.

ނިއުޒިލޭންޑްގައި މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާ އާއި ގުޅިގެން މުސްލިމުންނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅު ގެންގުޅޭ އެހެން ފަރާތްތަކަށް ހިތްވަރު ލިބި، އެފަދަ ހަމަލާއެއް ދީފާނެކަމަށް ބަލައި ދުނިޔޭގެ އެކި ޤައުމުތަކުގައި ކަމާއިބެހޭ ފަރާތްތަކާއި މުޖުތަމަޢުގައި ހިމެނޭ އެކި ފަރާތްތައް ދަނީ މުސްލިމުންނަށް ހިމާޔަތްދީ މިސްކިތްތަކާއި މުސްލިމުންގެ އިޖުތިމާޢީ ސެންޓަރުތައް ކައިރީ ފޯރިމަރަމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2019

ކެނެޑާގެ މިސްކިތަކަށް ހަމަލާދީ 6 މީހުން މަރާލި މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!

09 ފެބުރުއަރީ 2019
ކެނެޑާގެ މިސްކިތަކަށް ހަމަލާދީ 6 މީހުން މަރާލި މީހާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް!
30 ޖެނުއަރީ 2019

ފިލިޕީންސްގެ މިސްކިތަކަށް އަތު ބޮމުގެ ހަމަލާތަކެއް ދީފި

30 ޖެނުއަރީ 2019
ފިލިޕީންސްގެ މިސްކިތަކަށް އަތު ބޮމުގެ ހަމަލާތަކެއް ދީފި
25 ނޮވެމްބަރު 2017

މިސްރުގެ ސައިނާގެ މިސްކިތަކަށް ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 305 އަށް އަރައިފި

25 ނޮވެމްބަރު 2017
މިސްރުގެ ސައިނާގެ މިސްކިތަކަށް ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 305 އަށް އަރައިފި
24 ނޮވެމްބަރު 2017

މިސްރުގެ މިސްކިތަކަށް ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 235 އަށް އަރައިފި

24 ނޮވެމްބަރު 2017
މިސްރުގެ މިސްކިތަކަށް ދިން ހަމަލާ: މަރުވި މީހުންގެ އަދަދު 235 އަށް އަރައިފި
24 ނޮވެމްބަރު 2017

މިސްރުގެ އުތުރު ސިނާއީ ސަރަހައްދުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 85 މަރު

24 ނޮވެމްބަރު 2017
މިސްރުގެ އުތުރު ސިނާއީ ސަރަހައްދުގެ މިސްކިތަކަށް ދިން ހަމަލާއެއްގައި 85 މަރު
21 އޮކްޓޯބަރު 2017

އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 60 މީހުން މަރާލައިފި

21 އޮކްޓޯބަރު 2017
އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ދިން ހަމަލާގައި 60 މީހުން މަރާލައިފި
25 އޯގަސްޓު 2017

ކާބުލްގެ މިސްކިތަކަށް އައިސިސް ޖަމާއަތުން ހަމަލާދީ 20 މީހުން މަރާލައިފި

25 އޯގަސްޓު 2017
ކާބުލްގެ މިސްކިތަކަށް އައިސިސް ޖަމާއަތުން ހަމަލާދީ 20 މީހުން މަރާލައިފި
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ

02 އޯގަސްޓު 2017
 އަފްޣާނިސްތާނުގެ ޝީއީންގެ މިސްކިތަކަށް ދިން ހަމަލާއެއްގައި އެތައް ބަޔަކު މަރުވެއްޖެ
13 އެޕްރީލު 2017

ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި

13 އެޕްރީލު 2017
ބަންގްލަދޭޝްގެ މިސްކިތަކަށް ހަމަލާ ދިން ތިން މީހަކު މަރާލައިފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް