Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

އެޖެންޑާ 19 އަކީ ރައްޔިތުން ބަލައިގަންނަން ޖެހޭ އެޖެންޑާއެއް: އީސީގެ ކުރީގެ ނައިބް ރައީސް

19 މާރިޗު 2019 | އަންގާރަ 22:54

ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ސިޔާސަތު އެކުލެވިގެންވާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 19 މާރިޗު 2019 | އަންގާރަ 22:54
ފަޔާޒް ރާއްޖެ ޓީވެގެ ފަލަސުރުހީ ޕްރޮގްރާމްގައި

ފަޔާޒް ރާއްޖެ ޓީވެގެ ފަލަސުރުހީ ޕްރޮގްރާމްގައި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށައަޅަން ހަމަޖެހިފައިވާ ''އެޖެންޑާ 19'' އަކީ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެ ސިޔާސަތު އެކުލެވިގެންވާ އެޖެންޑާ އެއް ކަމަށާއި، އެއީ ރައްޔިތުން ބަލައިގަންނަން ޖެހޭ އެޖެންޑާ އެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބް އަހުމަދު ފަޔާޒް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީއިން ހުށަހަޅާ 19 ގާނޫނީ އޮނިގަނޑު ތަރުތީބުވަނީ މައިގަނޑު ފަސް ސުރުޚީގެ ދަށަށެވެ. އެއީ އިންސާފު، އޯގާތެރި ސަރުކާރު، ފަޚްރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ނޫ އިޤްތިސާދެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފަޔާޒް ވިދާޅުވީ، އެޖެންޑާ 19ގައި ހުރި ކަންތައް ޖުމްލަ ގޮތެއްގައި ބަލާފައިވާ ކަމަށާއި އޭގައި ރަނގަޅު ކަންތައްތަކެއް ހުރިކަމަށް ފާހަގަވެފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ ކަންތައްތަކަށް އެޖެންޑާ 19 ގައި އިސްކަންދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

''މުޅި ރާއްޖޭގައި ވެސް އަޅުގަނޑު ހިތުން އެންމެ ބޮޑަށް ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި ވަކިން ހާއްސަކޮށް މާލޭގައި ރައްޔިތުން އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮންނާނީ އަޅުގަނޑު ހިތުން ގޯތި ގެދޮރުގެ ކަންތައްތައް. އެހެންވެ މި ހުރިހާ ކަންތައްތައް ދެން، މި ހުރިހާ ކަމަކަށް ރިޔާއަށް ކުރެވިގެން ކަންނޭގެ ގާނޫނުތައް މިހުރީ ހެދިފައި. އެހެންވިއިރު އަޅުގަނޑު ހިތުން އެއީ ރައްޔިތުން ބަލައިގަންނަން ޖެހޭ ފަދަ އެޖެންޑާ އެއްހެން އަޅުގަނޑަށް ހީވަނީ'' ފަޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ފަޔާޒް ވިދާޅުވީ، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްވުރެ އިސްކަންދޭން ޖެހޭނީ ޕާޓީތަކުން ވާދަކުރާ ފަރާތްތަކަށް ކަމަށެވެ. އޭގެ ސަބަބަ ބަޔާން ކުރައްވަމުން އޭނާ ވިދާޅުވީ، އަމިއްލަ ކެންޑިޑޭޓުންނަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަން އުދަގޫތަކާއި ދިމާވުން ކަމަށެވެ. ތައުލީމީ އަދި ސިޔާސީ ގޮތުން ގާބިލް ފަރާތްތަކަށް އެންމެ މުހިއްމު ސިޔާސީ ޕްލެޓްފޯމަކީ ސިޔާސީ ޕާޓީގެ ތެރެއިން މަޖިލީހަށް ނިކުތުން ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ތިން ކަމެއް ފުރިހަމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އީސީގެ ކުރީގެ ނައިބް ރައީސް ވިދާޅުވިއެވެ.

''އެތަނަށް ( މަޖީލީސް ) އަށް އަންނަ ބައެއް އެބަ ވާންޖެހޭ ވަރަށް އިހްލާސްތެރި ވަރަށް ތެދުވެރި ވަރަށް އަމާނާތްތެރި ، އަދި ވަރަށް ރަނގަޅަށް ރޯފިލާފައި ތިބި ބަޔަކަށް މި މީހުން ވާން އެބަޖެހޭ. އެމީހުން ރޯފިލާފައި ތިބި ބަޔަކަށް ނުވާ ކަމަށް ވަންޏާ އެމީހުންނަކީ އެއްވެސް ކަހަލަ އުސޫލަކަށް ތަބާނުވާ ބަޔަކަށް ވެއްޖެއްޔާ ދެން ހަމަ އޮންނާނީ ފަސާދާ'' އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ މާލި ބާޔާން ހުށައެޅުމާއި ބެހޭ ގޮތުން ފަޔާޒް ވިދާޅުވީ، މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ފަތުފުށް ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެގެން ޖެހޭ ކަމަށާއި އޭގައި ހުރިހާ މައުލޫމާތެއް ހުންނަން ޖެހޭ ކަމަށެވެ.

އެއް ޕާޓީއަކަށް އެންމެ ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަ ކޮށްފައިވަނީ އެމްޑީޕިންނެވެ. އެޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް