ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި
19 މާރިޗު 2019 | އަންގާރަ 10:54މިފޮތް ގެންގުޅުއްވުމުގައި ސަމާލުވުމަށް ގޮވާލެއްވި


މަޝްހޫރު ދީނި އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު
ރާއްޖޭގައި ޤުރުއާނުގެ އާޔަތްތަކެއް ނުބައިކޮށް ލިޔެ ފޮތެއް ނެރިފައިވާ މައްސަލަ އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީގެ ސަމާލު ކަމަށް މިމައްސަލަ ގެންނެވީ މަޝްހޫރު ދީނި އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒެވެ.
ޑރ އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ''ކީރިތި ޤުރުުއާން ކިޔެވުމަށް އެހީއެއް ދަރިވަރުންނަށް ހާއްސަ" ނަމުގައި ނެރެފައިވާ އެ ފޮތުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައި އެބަ ހުރިކަމަށެވެ. ވީމާ މިފޮތް ގެންގުޅުއްވުމުގައި ސަމާލު ވެލެއްވުމަށް ޑރ. އިޔާޒް އިލްތިމާސް ކުރެއްވިއެވެ.
ޑރ އިޔާޒުގެ މިޓްވީޓަށް ރައްދުދެއްވާ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ އެ މައްސަލަ ބައްލަވާނެ ކަމަށެވެ.
އިސްލާމް ދީނާއި، ކީރިތި ޤުރުއާން ބެހޭ ފޮތްތައް ޗާޕްކޮށް ނެރެނީ އިސްލާމިކް މިނިސްޓްރީގެ ހުއްދައާއެކު އެވެ. އަދި މިފަދަ ފޮތްތައް ރާއްޖެ އެތެރެ ކުރެވޭނީ ކަސްޓަމްސްއިން ޗެކްކޮށް ހުއްދަދިނުމުންނެވެ.









