Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައުދު ފުލުހަށް ހާޒިރުކުރުން

ލިޔެކިޔުންތައް ގެއްލުވާލި ކަމަށް ބުނެ ކުރާ ތުހުމަތަށް ސައުދު އިންކާރު ކުރައްވައިފި

9 ޖުލައި 2017 | އާދީއްތަ 08:22

ލިޔެކިޔުންތައް ގެއްލުވާލި ކަމަށް ކުރާ ތުހުމަތުތަކަށް ސައުދު އިންކާރު ކުރޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 9 ޖުލައި 2017 | އާދީއްތަ 08:22
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން

އެންޓިކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ލިޔެކިޔުންތަކެއް ގެއްލުވާލާފައިވާ ކަމަށް ބުނެ ފުލުހުން ކޮށްފައިވާ ތުހުމަތަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އިންކާރު ކުރައްވައިފި އެވެ.

އާދީއްތަ ދުވަހު ފުލުހުންގެ އިދާރާ އަށް ހާޒިރުވެވަޑައިގަތުމަށްފަހު ނިކުމެވަޑައިގެން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ މީގެ ހަތަރު އަހަރު ކުރިން އޭނާ ވިލިނގިލީ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އޭސީސީ އިން ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާ ގުޅޭ ކައުންސިލް އިދާރާގެ ލިޔެކިޔުންތަކެއް ގެއެލުވާލުމުގެ ތުހުމަތު ކަމަށެވެ.

Advertisement - newsAdvertisement

ސައުދު ވިދާޅުވީ އޭނާގެ މައްޗަށް އޭސީސީ އިން ކޮށްފައިވާ އެ ތުހުމަތުތަކަށް އިންކާރު ކުރާ ކަމަށެވެ. އެގޮތުން ސައުދު ވިދާޅުވީ އޭސީސީ އިން ހުށަހަޅައިގެން ފުލުހުން ތަހުގީގު ކުރަމުންދާ މި މައްސަލައަކީ އުފެދުމުގައި ވެސް ބާތިލް މައްސަލައެއް ކަމަށެވެ.

ސައުދު ވިދާޅުވީ އޭނާ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވީ މިގެ ހަތަރު އަހަރު ކުރިންކަމުން ހަތަރު އަހަރު ފަހުން ކައުންސިލްގެ ލިޔެކިޔުންތަކެއް އޭނާ ގެއްލުވާލާފައިވާ ކަމަށް ބުނެ އޭސީސީ އިން މައްސަލައެއް ފުލުހަށް ހުށަހަޅައިގެން ތަހިގީގު ކުރަމުން ދާތީ ކަންބޮޑުވާ ކަމަށެވެ.

ސައުދު ވިދާޅުވީ ކައުންސިލް އިދާރާގެ ލިޔެކިޔުންތައް ބެލެހެއްޓުމަކީ ކައުންސިލް މެމްބަރުންގެ ޒިންމާ އެއް ނޫން ކަމަށާއި ކައުންސިލް އިދާރާގެ ލިޔެކިޔުންތައް ބަލަހައްޓަނީ ސވިލް ސާވިސް ކޮމިޝަންއާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ފަރާތުން ކަމަށެވެ.

އޭނާ ވިދާޅުވީ ކައުންސިލްތަކުގެ ދައުރު ބަދަލު ވުމަށް ކުރިއަށް ގެންދަން ޖެހޭ ކަންތައްތައް ވެސް ކުރިއަށް ގެންދަނީ އެލްޖީއޭއާއި ސިވިލް ސާވިސްގެ ބެލުމުގެ ދަށުން ކަމަށާއި އަދި ހުރިހައި ލިޔެކިޔުންތަކެއް ބަދަލުކޮށް ކައުންސިލްތަކުގެ އިންތިގާލީ މަރުހަލާ ވެސް ކުރިއަށް ގެންދަނީ އެގޮތަށް ކަމަށް ސައުދު ވިދާޅުވިއެވެ. އެހެން ކަމުން ކައުންސިލް މެމްބަރެއް ނުވަތަ ކައުންސިލް އިދާރާގެ ރައީސް އެއްވެސް ލިޔެކިޔުމެއް ނުބަލަހައްޓާނެ ކަމަށާއި ކައުންސިލް މެމްބަރެއްގެ އަތުން ލިޔެކިޔުމެއް ގެއްލޭނެ ގޮތެއް ނޮއޮންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ އެއްވެސް އިދާރާއެއްގެ ލިޔެކިޔުމެއް ގެއްލިއްޖެނަމަ އެކަމެއް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް މައްސަލަތައް ތަހުގީ ކުރުމުގައި ގިނަ ދުވަސް ވެގެން ނުވާނެ ކަމަށް ސައުދި ވިދާޅުވިއެވެ. އަދި މީގެ ހަތަރު އަހަރު ކުރިން ގެއްލިގެން އުޅޭ ލިޔެކިޔުންތަކާ ބެހޭ ގޮތުން އޭނާ މިއަދު ފުލުހަށް ހާޒިރު ކޮށް ސުވާލު ކުރުމުން އޭސީސީގެ މެމްމބަރުންގެ މިނިވަން ކަމައި އިހުލާސްތެރި ކަމާ މެދު ސުވާލު އުފެދޭ ކަމަށް ސައުދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުން ކުރާ މިފަދަ ތަހުގީގުތައް އެއްވެސް މޫހެއްގެ ނުފޫޒެއް ނެތި މިނިވަން ކަމާއެކު އަވަހަށް ތަހުގީ ކުރަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ސައުދު ވިދާޅުވީ އޭނާގެ މައްޗަށް ތަފާތުއެކިއެކި ތުހަމތުތައް ކޮށް ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށް ސުވާލު ކުރި ނަމަވެސް އޭނާ ކުރަމުންދާ މަސައްކަތަށް އެއްވެސް ބަދަލެއް ނައަންނާނެ ކަމަށެވެ. އަދި ސަރުކާރުގެ ތެތޭގައި ހުރި ކޮރޮޕްންގެ މައްސަލަތަކާ ސަރުކާރުން ގޯސް ކޮށް ކުރަމުންދާ ކަންތައްތަކާ ދެކޮޅަށް އަޑު އުފުލާނެ ކަމަށާއި އިދިކޮޅު ފަރާތްތަކާ ގުޅީގެން ކުރާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
23 ފެބުރުއަރީ 2017

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް
21 ފެބުރުއަރީ 2017

އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް

21 ފެބުރުއަރީ 2017
އެޕާޓްމަންޓް ކުއްޔަށް ދޭނެ ކަމަށްބުނެ ބޮޑެތި އަދުދުތަކުން ފައިސާ ނަގަމުންދާ މައްސަލަތައް އިތުރުވެއްޖެ: ޕޮލިސް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
12 ފެބުރުއަރީ 2017

މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ

12 ފެބުރުއަރީ 2017
މެމްބަރުން ދަނީ ލޫޓުވުމުން، ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ: ސައުދުﷲ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް