Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީ

ރިޔާސީ ކޮމިޝަންތަކުގެ ބިލް އަންނަ މަހު 15 ގެ ކުރިން މަޖިލީހުގެ ތަޅުމަށް ފޮނުވާނަން: ރިޔާޒް ރަޝީދު

19 މާރިޗު 2019 | އަންގާރަ 08:01

ސުންގަނޑި ހަމަަވުމުގެ ކުރިން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް ވަނީ ވިދާޅުވެފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 19 މާރިޗު 2019 | އަންގާރަ 08:01
ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްނުކޮށް ލަސްކުރަމުންދާތީ، ރައީސް ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްނުކޮށް ލަސްކުރަމުންދާތީ، ރައީސް ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ރިޔާސީ ކޮމިޝަންތަކުގެ ބިލް އަންނަ މަހު 15 ގެ ކުރިން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް ވިދާޅުވީ ބިލްގެ ސުންގަނޑި ހަމަވާނީ އަންނަ މަހު 15 ގައި ކަމަށާއި، ސުންގަނޑި ހަމަވުމުގެ ކުރިން ބިލްގެ މަސައްކަތް ނިންމާލުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލް ހަތަރު ފަހަރަށް އެޖެންޑާ ކުރުމަށް ފަހު ވެސް ބިލް ވަނީ ފާސްނުވެފައެވެ.

ތިން ފަހަރަށް މަޖިލިސް ޖަލްސާއަށް ބިލް އެޖެންޑާކޮށް، ފާސްވެފައި ނުވަނީ ބިލް ފާސްކުރަން ބޭނުންވާ ކޯރަމް މަޖިލީހުގެ ތަޅުމުގައި ނެތުމުގެ ސަބަބުންނެވެ. ރައްޔިތުން އަމަލުކުރަން ލާޒިމު ކުރާ ގާނޫނެއް ފާސްކުރާ ނަމަ، މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާ ވަގުތު 43 މެމްބަރުން ތިބެންޖެހެއެވެ.

ހަތަރު ވަނަ ފަހަރަށް ބިލް އެޖެންޑާކުރުމަށް ފަހު، ބިލް އެޖެންޑާއިން ވަނީ ނަގާފައެވެ. ބިލް އެޖެންޑާ އިން ނަގަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ އެ ބިލް ދިރާސާ ކުރި ކޮމިޓީގެ މައްސަލައެއް ފާހަގަކުރެވިގެން އެ މައްސަލަ ބަލަމުން ދާތީ އެ ބިލަށް ވޯޓަށް ނާހަން ރިޔާސަތުން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ބިލް ދިރާސާކުރިއިރު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އައްޑޫމީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ރިޔާސަތުން ފާހަގަކުރީ ދޮގު ވާހަކަތަކެއް ކަމަށާއި ކޮމިޓީން ނުނިންމާ އެއްވެސް ކަމެއް އެ ބިލްގައި ނުހިމެނޭނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އަދި ވޯޓަށް ނޭހުމަށް ނިންމީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށާއި އެ ގޮތަށް އަމަލުނުކުރެއްވޭނެ ކަމަށް ވިދާޅުވެފައެވެ. އެ ބިލް ފާސްކުރަން ބޭނުން ނުވަނީ މަރުތަކާއި ކޮރަޕްޝަންގެ ކަންކަމުގައި ބައިވެރިވާ ބަޔަކު މަޖިލީހުގައި ތިބުމުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލު ފާސްކުރަން އެންމެ ފުރަތަމަ އެޖެންޑާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، ބިލް ފާސްނުކުރެވިވާތީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު 47 އަށް އަރައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް