Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލެ ތެރޭގައި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ

19 މާރިޗު 2019 | އަންގާރަ 06:31

ހުސްކުރާ ބިންތަކުގެ ތެރެއިން ބައެއް ބިންތައް ޕަބްލިކް ޓްރާންްސްޕޯޓަށް ބޭނުންކުރެވޭނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 19 މާރިޗު 2019 | އަންގާރަ 06:31
މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު

މާލެ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދު

މާލޭ ތެރޭގައިި ތެޔޮ ވިއްކުން ހުއްޓުމަކަށް ގެނެސް، ޕެޓްރޯލް ޝެޑްތައް އިންޑަސްޓްރިއަލް ވިިލެޖަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ސަރަހައްދު، ދަރުމަވަންތަ ބިލްޑިންގއާ އިންވެގެން ހުރި ޕެޓްރޯލް ޝެޑްތައް ނަގައި، އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށްގެންދަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ތެރޭގައި ޕެޓްރޯލާއި، ތެޔޮ ވިއްކުމަކީ ރައްކާތެރިކަމެއް ވެސް ނޫން ކަމަށާއި، އާންމު ރައްޔިތުންގެ ވެސް ބޮޑު ޝަކުވާއެއް އެކަމާ ގުޅިގެން ލިބޭ ކަމަށެވެ. އެކަމުގައިި މަޝްވަރާތައް ކުރުމަށް ފަހު ނިންމާފައި ވަނީ ޕެޓްރޯލްް ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް ކަމަށް ޝިފާ ވިދާޅުވިއެވެ.

އޭގެ އިތުރުން ތެޔޮ ވިއްކޭނެ ވަކި ސަރަހައްދުތަކެއް ކަނޑައެޅުމަށް މަޝަަވްރާތައްކޮށް، މަސައްކަތްތައްކުރާ ކަމަށާއި، ފުޅި ފުޅިޔާއި، ހަންހަމުގައި މާލެ ތެރޭގައި ޕެޓްރޯލް ވިއްކުން ވެސް ހުއްޓުމަކަށް ގެނައުމުގެ މަސައްކަތްކުރާ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޕެޓްރޯލް ޝެޑްތައް ނެގުމަށް ފަހު އެ ސަރަހައްދު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ކޮންކަމަކަށް ތޯ ސުވާލުކުރުމުން ޝިފާ ވިދާޅުވީ ޕަބްލިކް ޓްރާންސްޕޯޓެއް އަންނައިރު، އެކަމަށް ހާއްސަ ސަރަހައްދުތަކެއް ވެސް ހުންނަންޖެހޭ ކަމަށެވެ. އެހެންކަމުން ހުސްކުރެވޭ ބައެއް ބިންތައް ޕަބްލިކް ޓްރާސްޕޯޓަށް ބޭނުންކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ޕާކިން ޒޯނުތައް ހެދުމަށްވެސް. ނަމަވެސް މާލެއަށް އެބަ ބޭނުންވޭ ޕަބްލިކް ޓްރާންސްޕޯޓްގެ ނިޒާމެއް. އެ ނިޒާމު އަންނައިރު، އެކަމަށްވެސް ބައެއް ސަރަހައްދުތައް އެބަ ބޭނުންކުރެވެންޖެހޭ،" ޝިފާ ވިދާޅުވިއެވެ.

މާލޭގައި ޕަބްލިކް ޓްްރާންސްޕޯޓްގެ ހިދުމަތް ދިނުމަށް، އެމްޓީސީސީއާ ހަވާލުކުރެވި މަސައްކަތްތައް ވަނީ ފަށައިފައެވެ. އެގޮތުން މާލެއަށް ހާއްސަ މިނީ ބަސްތައް ގެނައުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

އެންމެ ފަހުން މާލޭގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތްދީފައި ވަނީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީ ސަރުކާރުގައެވެ. އޭގެ ފަހުން އެ ހިދުމަތް ހުއްޓާލިގޮތަށް، މާލޭގައި ޕަބްލިކް ޓްރާންސޕޯޓްގެ ހިދުމަތެއް ފޯރުކޮށްދީފައެއް ނުވެއެވެ. ޕަބްލިކް ޓްރާންސްޕޯޓެއް ޤާއިމްކުރުމުގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންނަށް ހެޔޮ އަގުގައިި ދަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް