Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭބަރ ޕާޓީ

ރޫމް ބޯއީންނަށް ނިސްބަތްކޮށް ރެޑްވޭވް ސަލީމް ދެއްކެވި ވާހަކަ ކުށްވެރިކޮށްފި

18 މާރިޗު 2019 | ހޯމަ 09:18

މިއީ އެންމެހާ މަސައްކަތްތެރިންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ އަމަލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2019 | ހޯމަ 09:18
އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

ރޫމް ބޯއީންނަށް ނިސްބަތްކޮށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ދެއްކެވި ވާހަކަތައް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީން ކުށްވެރިކޮށްފިއެވެ.

ލޭބާ ޕާޓީން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ޕަބްލިކް ސާރވިސް މީޑިއާ އިން އިންތިޒާމްކޮށްގެން ބޭއްވި ބަހުސްގައި އޭދަފުށީ ދާއިރާއަށް ވާދަކުރާ ވިޔަފާރިވެރިޔާ ސަލީމު ވާދަވެރި ކެންޑިޑޭޓަކަށް ނިސްބަތްކޮށް ރޫމް ބޯއީން މަޖިލީހަށް ވާދަކުރުން ކުފޫހަމަނުވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ލޭބާ ޕާޓީން ބުނީ ސަލީމް ނުސީދާކޮށް އިޝާރާތްކުރި ކެންޑިޑޭޓަކީ އެ ޕާޓީގެ ކެންޑިޑޭޓެއް ކަމުގައި ގަބޫލުކުރެވޭ ކަމަށާއި، އޭނާގެ މި އަމަލަކީ ރާއްޖޭގެ އެންމެހާ މަސައްކަތްތެރިންނަށް މަލާމާތާއި ފުރައްސާރަ ރައްދުވާ، ދަށުދަރަޖަގެ އަމަލަކަށް ވާތީ ވަރަށް ހަރުކަށި އިބާރާތުން މި ނާތަހުޒީބު އަމަލު ކުށްވެރި ކުރާ ކަމަށެވެ.

ސަލީމްއަށް ތާއީދުނުކުރާކަން ހާމަކޮށް ލޭބާ ޕާޓީން ބުނީ އޭދަފުށި ދާއިރާގެ އެންމެހާ މަސައްކަތްތެރިންނާއި، އާއިލާތަކުން އަދި މަސައްކަތްތެރިންނަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުން މަސައްކަތްތެރިން، އޭނާގެ ނާތަހުޒީބު އަމަލު އަމަލަށް މައާފަށް ނޭދޭ ނަމަ އޭނާގެ ވިޔަފާރިތައް ބައިކޮޓް ކުރުމަށް އެދޭ ކަމަށެވެ.

ލޭބާ ޕާޓީން ބުނީ މަސައްކަތްތެރިންނަށް އިހާނެތި ބަސްބުނުމާއި އެފަދަ އަމަލެއް އެ ޕާޓީ ވުޖޫދުވެފައިވާއިރު، ތަހައްމަލު ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ލޭބާ ޕާޓީން ބުނީ ސަލީމު ފަދަ ރާއްޖޭގެ މަދު ބަޔަކު މަހުޖަނުން އިންތިހާއަށް ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ދައުލަތުގެ ބާރުތައް ފިރުކާލައިގެން ދައުލަތުގެ ވަސީލަތްތަކުގެ މައްޗަށް އަތްގަދަ ކުރުމަށް ކުރަމުންދާ މަސައްކަތަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، މި ކަމާ މެދު ރައްޔިތުން ފުންކޮށް ވިސްނުމަށް އެދޭ ކަމަށެވެ.

އެ ގޮތުން އަންނަ މަހު 6 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި ގައުމުގެ ކުރިމަގާ މެދު ވިސްނައި، މަހުޖަނުން ފައިސާއަށް ވޯޓު ނުވިއްކުމަށާއި، މަސައްކަތްތެރިން ބާރުވެރިކުރުވައި، ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަސައްކަތް ކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ލޭބާ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ލޭބާ ޕާޓީން ސަލީމުގެ މިއަމަލު ކުށްވެރިކޮށްފައިވާއިރު، ސަލީމުގެ މިވާހަކަތަކުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ރިސޯޓްތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ އޭނާގެ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ވެސް ގޮވާލަމުންނެވެ.

ސަލީމްގެ އިތުރުން އޭނާގެ ގާތް މެންބަރެއް ކަމަށްވާ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް މަސްވެރިންނާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ އަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ޓީވީއެމްގެ ބަހުސްގައި ކައުންސިލްތަކުގައި ވެސް މަސްވެރިން އެބަ ތިބި ކަމަށާއި ޕާޓީއަށްޓަކައި "ތިލަފަތަށްޓަކައި" އެފަދަ މީހުން ހޮވައިގެން ކައުންސިލްތައް ހިންގާނީ ކިހިނެއްތޯ ޝުޖާއު ވަނީ ސުވާލުކުރައްވާފައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

26 ޑިސެމްބަރު 2017

ނާޝިޔާ މުހައްމަދު ސަލީމްގެ ފުރަތަމަ ފޮތް "ފާތުމަ" ނެރެފި

26 ޑިސެމްބަރު 2017
ނާޝިޔާ މުހައްމަދު ސަލީމްގެ ފުރަތަމަ ފޮތް "ފާތުމަ" ނެރެފި
25 ޑިސެމްބަރު 2017

ރެޑްވޭވް ސަލީމް ދެއްކެވި ވާހަކައާއި ގުޅިގެން، ހިތްޕުޅާނުވެ ރައީސް ޔާމީން ސަލާމެއް ނުކުރެއްވި!

25 ޑިސެމްބަރު 2017
ރެޑްވޭވް ސަލީމް ދެއްކެވި ވާހަކައާއި ގުޅިގެން، ހިތްޕުޅާނުވެ ރައީސް ޔާމީން ސަލާމެއް ނުކުރެއްވި!
03 ޑިސެމްބަރު 2017

އަދީބް ބޭސްފަރުވާއިން މަހުރޫމްކުރަނީ މަރާލުމުގެ ބޭނުމުގައި: ވަކީލު

03 ޑިސެމްބަރު 2017
އަދީބް ބޭސްފަރުވާއިން މަހުރޫމްކުރަނީ މަރާލުމުގެ ބޭނުމުގައި: ވަކީލު
14 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީގެ ޓެލެތޯނުން މުޅި ދުނިޔެއަށް މިދިން މެސެޖަކީ ދިވެހިން މިތިބީ ކުޅިބަލަން ނޫންކަން: އަހުމަދު ސަލީމް

14 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީގެ ޓެލެތޯނުން މުޅި ދުނިޔެއަށް މިދިން މެސެޖަކީ ދިވެހިން މިތިބީ ކުޅިބަލަން ނޫންކަން: އަހުމަދު ސަލީމް
15 ޖުލައި 2017

ޕީޕީއެމްގެ ބައެއް އިސްވެރިންގެ ބަހުގެ ހަމަލާތަކެއް ރެޑްވޭވް ސަލީމަށް!

15 ޖުލައި 2017
ޕީޕީއެމްގެ ބައެއް އިސްވެރިންގެ ބަހުގެ ހަމަލާތަކެއް ރެޑްވޭވް ސަލީމަށް!
12 މެއި 2017

ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ

12 މެއި 2017
ގާސިމަށް ލިބިދޭ އަސާސީ ހައްގުތަކުން މަހުރޫމް ކުރުން ގާނޫނުއަސާސީއާ ހިލާފް: އެމްޑީޕީ
26 އެޕްރީލު 2017

ރެޑްވޭވް ރޯދަ ސޭލް ފަށައިފި

26 އެޕްރީލު 2017
ރެޑްވޭވް ރޯދަ ސޭލް ފަށައިފި
20 މާރިޗު 2017

ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން

20 މާރިޗު 2017
ބިން ވިއްކޭގޮތަށް ވޯޓުދިނީ ބިރުދެއްކުމުން ކަމަށް ރެޑްވޭވް ސަލީމް ވިދާޅުވި: އަލީ ޙުސައިން
08 މާރިޗު 2017

ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް

08 މާރިޗު 2017
ރާއްޖެޓީވީ ހިނގަމުންދަނީ އަންހެން ކަނބަލުންގެ ހިތްވަރުން: އެމްޑީ ސަލީމް
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް