Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

އެމްޑީޕީގެ ކޮރަޕްޝަންގެ މައްސަލައެއް އޮތް ނަމަ ހުށައަޅާ، ނޯންނާނެ ކަމުގެ ޔަޤީންކަން އެބަ އޮތް: އެމްޑީޕީ

މިރޭ 9:30 ގައި އިންކަމް ޓެކްސްއާ ގުޅޭ ޕެނަލް އޮންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 މާރިޗު 2019 | އާދީއްތަ 08:12
ޢެމްޑީޕީން ބޭއްވި ހިނގާލުމެއްގެ ތެރެއިން

ޢެމްޑީޕީން ބޭއްވި ހިނގާލުމެއްގެ ތެރެއިން

އެމްޑީޕީގެ މަޖިލިސް އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް ކަމެއްގެ ސާބިތު ހެކި ހުރި ނަމަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އޮންނަ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

އާދިއްތަ ދުވަހު އެމްޑީީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް ކަމެއްގެ ސާބިތު ހެކި ހުރި ނަމަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އޮންނަ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް އެ ޕާޓީން އެދޭ ކަމަށާއި، އެފަދަ މައްސަލައެއް ނޯންނާނެ ކަމުގެ ޔަޤީންކަން އެމްޑީޕީއަށް އެބަ އޮތް ކަމަށެވެ.

ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކުގައި ދައުލަތުގެ ރައުސުލްމާލު ބޭނުންކުރާ ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން އަފްޝަން ވިދާޅުވީ، ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުތައް ބަލަހައްޓާނީ އެމްޑީޕީން ކަމަށާއި، އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާ ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައި ވަނީ ކީއްވެގެންކަން އެމަނިކުފާނު މި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ، އެމަނިކުފާނު ވިދާޅުވެފައި ވަނީ އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރެއް ކަމާ އެހުންނެވީ ފުރިހަމައަށް އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވައިގެންކަން، އަދި ތަކުރާރުކޮށް ވިދާޅުވަމުން އެ ގެންދަވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަށް މެޖޯރިޓީ ލިބިގެން މެނުވީ އެމަނިކުފާނުގެ ވައުދުތައް ފުއްދައި ނުދެވޭނެ ކަމަށް، އަދި ސިޔާސަތުތައް ތަންފީޒު ކުރުމަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވާނެކަމަށް، އެހެންކަމުން އެމަނިކުފާނުގެ ބައްލަވަނީ އެމަނިކުފާނުގެ ސަރުކާރުން، އެމަނިކުފާނުގެ ކެބިނެޓުން ކުރައްވަންޖެހޭ ކަންތައްތައް އެމަނިކުފާނުގެ ދަށުން ހުރި ވުޒާރާތަކާ ސަރުކާރުގެ އެކިއެކި ގުނަވަންތައް ފުރިހަމައަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯއްދެވުމަށް، އެހެންކަމުން އެއީ ކޮރަޕްޝަނެއް ކަމަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން" އަފްޝަން ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ، އެންމެ ފުރަތަމަވެސް ރައީސްގެ ދަތުރުފުޅުތަކަށް ލޯންޗު ހަމަޖެއްސީ އެމްޑީޕީގެ ޚަރަދުގައި ކަމަށާއި، ނަމަވެސް ދައުލަތުގެ ލޯންޗުކޮޅުގައި ރައީސް ދަތުރުފުޅު ކުރެއްވީ ސަލާމަތީ ސަބަބުތަކަށްޓަކައި އެމްއެންޑީއެފުން އެގޮތަށް އެދިގެން ސަބަބުން ކަމަށެވެ.

" މިދޭތެރެއިން ހެޑްލައިންތަކެއް ފެނުނު ރައީސުލް ޖުމްހޫރިއްޔާ އެމްއެންޑީއެފްގެ ލޯންޗުގަ ނޫނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅުގަ ދަތުރުފުޅު ކުރައްވާތީ، ދެން މިކަން އެމްއެންޑީއެފުންވެސް ވަރަށް ރަނގަޅަށް ސާފުވެގެންދާނެ، އެއީ އެބޭފުޅުން އަޅުގަނޑުމެން ދަތުރުފަތުރުގެ ވަސީލަތްތައް ހަމަޖެއްސި ނަމަވެސް އެބޭފުޅުން އިންސިސްޓް ކުރެއްވީ، އެބޭފުޅުން އެކަމަށް ބާރުއެޅުއްވީ، ރައީސުލްޖުމްޙޫރިއްޔާގެ ރައްކާތެރިކަމަށްޓަކައި އެބޭފުޅުން ރަސްމީ އުޅަނދުކޮޅުގައި މެނުވީ އެހެން ގޮތަކަށް ދަތުރުފުޅު ކުރައްވަން ޤަބޫލުފުޅު ނޫން ކަމަށް،" އަފްޝަން ވިދާޅުވިއެވެ.

އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ބޮޑެތި ތައްޔާރީތަކެއް ވަމުންދާއިރު، އާދިއްތަ ދުވަހުގެރޭ އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ އިންކަމް ޓެކްސް ނެގުމާ ގުޅޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމަށް ބާއްވާ ޕެނަލް ޑިސްކަޝަނެއް އާދިއްތަ ދުވަހުގެ ރޭ 9:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ޕެނަލްގައި ހުޅުދޫ ދާއިރާގެ ކެންޑިޑޭޓު އިލްޔާސް ލަބީބާއި، ގއ. ދާންދޫ ކެންޑިޑޭޓު ޔައުޤޫބު އަބްދުﷲ ގެ އިތުރުން ރައީސް އޮފީހުގެ ޕޮލިސީ އަންޑަރ ސެކެޓްރީ ހުސާމް ޝަރީފް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ޕެނަލް ބާއްވާނެ ތަނެއް މިއަދުގެ ފަހުގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށް އެ ޕާޓީން މައުލޫމާތު ދީފައި ވެއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު