Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭ ކަޕް

އެފްއޭ ކަޕް: ފަހަތުން އަރައި ސްވަންސީ ބަލިކޮށް ސިޓީ ސެމީއަށް

17 މާރިޗު 2019 | އާދީއްތަ 03:14

ސްވަންސީގެ މައްޗަށް ސިޓީ ކުރި ހޯދީ 2-3 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 17 މާރިޗު 2019 | އާދީއްތަ 03:14
ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ

ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ

އެފްއޭ ކަޕްގައި ފަހަތުން އަރައި ސްވަންސީ ސިޓީ ބަލިކޮށް މެންޗެސްޓާ ސިޓީ ސެމީއަށް ދަތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސްވަންސީއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.

ސްވަންސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްވަންސީންނެވެ. މި ލަނޑު 20 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ގްރިމޭސްއެވެ.

މި ލަނޑާ އެކު ސްވަންސީން ވަނީ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން 29 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސެލީނާއެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން އެޓީމުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު، 69 ވަނަ މިނެޓުގައި ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ.

ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 78 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ސިޓީއަށް ލިބުނު ޕެނަލްޓީ ސާޖިއޯ އަގުއެރޯ ކުރިޔަށް ފޮނުވާލުމުން، އެ ޕަނަލްޓީ ދިފާއުކުރުމުގެ ތެރޭގައި ސްވަންސީގެ ކީޕަރު ނޯޑްފެލްޓްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށް ފަހު ވެސް ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް ވަނީ ފެނިގެންގޮސްފައެވެ.

މެޗުން ސިޓީ މޮޅުވި ލަނޑު 88 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސާޖިއޯ އަގުއެރޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބެނާޑޯ ސިލްވާގެ އެހީތެރިކަމާ އެކުގައެވެ.

މީގެ ކުރިން އެފްއޭ ކަޕް ފަސް ފަހަރު ހޯދާފައިވާ ސިޓީން ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާއިރު، އެ ޓީމަށް އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރެވުނީ 2010 ވަނަ އަހަރުގެ ސީޒަނުގައެވެ.

އެފްއޭ ކަޕްގެ ފައިނަލެއް މީގެ ކުރިން ކުޅެފައިނުވާ ސްވަންސީ އަށް މި މުބާރާތުގައި އެންމެ ދުރަށް ދެވުނީ ސެމީ ފައިނަލާ ހިސާބަށެވެ. އެއީ 1926 ވަނަ އަހަރުގެ ސީޒަނުގައެވެ. އެ ފަހަރު އެޓީމު ވަނީ 0-3 ގެ ނަތީޖާއަކުން ސެމީގައި ބޮލްޓަން އަތުން ބަލިވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
31 ޖެނުއަރީ 2017

ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް

31 ޖެނުއަރީ 2017
ގައުމީ ޓީމުގެ ކަންތައް ބަލަހައްޓާ ކޮމިޓީ ވަނީ އެކުލަވާލެވިފައި: އެފްއޭއެމް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި

06 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް ކަމަށް ޑޮކް ހަމަޖައްސައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް