Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްލަބް ވޯރލްޑް ކަޕް

ޔޫރަޕުގެ ބައެއް ކްލަބްތަކުން، ކްލަބް ވޯރލްޑް ކަޕް ބޭއްވުމާއި ދެކޮޅު!

ޔޫރަޕުގެ ބައެއް ކްލަބުތަކުން މުބާރާތް ބޮއިކަޓް ކުރާނެކަމަށް ބުނެފި

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 16 މާރިޗު 2019 | ހޮނިހިރު 13:51
ޔޫރަޕްގެ ފުޓުބޯޅަ ކްލަބްތަކުގެ ކުޅުންތެރިން

ޔޫރަޕްގެ ފުޓުބޯޅަ ކްލަބްތަކުގެ ކުޅުންތެރިން

ފީފާއިން 24 ޓީމާއެކު ފީފާ ކްލަބް ވޯރލްޑްކަޕް ބޭއްވުމަށް ނިންމައި 2021 ވަނަ އަހަރަށް މުބާރާތް ތާވަލު ކުރުމާއެކު ޔޫރަޕުގެ ބައެއް ކްލަބުތަކުން މުބާރާތް ބޮއިކަޓް ކުރާނެކަމަށް ބުނެފިއެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ޖޫން އަދި ޖުލައި މަހު ބޭއްވުމަށް ތާވަލްކުރި މި މިބާރާތާއި ކްލަބުތަކުން ދެކޮޅުހެދީ މުބާރާތް ކުޅުމަށް ތާވަލް ކޮށްފައިވަނީ އޮފް ސީޒަނާއި ދިމާކޮށްފައި ކަމަށްވުމުން ކުޅުންތެރިންނަށް ބުރަ ބޮޑުވާނެ ކަމަށް ބުނެއެވެ.

މީގެ ކުރިން އާދައިގެ ގޮތަކަށް ބާއްވަމުންއައި ކްލަބް ވޯރލްޑްކަޕް މިހާރު ބާއްވަމުން އަންނަނީ ޑިސެމްބަރު މަސްތެރޭގައެވެ. ހަތް ޓީމަކާއެކު ހަ ކޮންފިޑަރޭޝަނަކަށް ބަހާލައިގެން ކުޅެމުންދާ ކްލަބް ވޯރލްޑްކަޕްއަށް ޔޫރަޕުން އެންމެ އެދެވޭ ތަރުހީބެއް މިހާރު ވެސް ލިބެމުން ނުދެއެވެ.

އައު ކްލަބް ވޯރލްޑްކަޕްގައި ވާދަކުރާނީ ޔޫރަޕުގެ އަށް ޓީމާއި ދެކުނު އެމެރިކާގެ ހަ ޓީމާއި އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާ ބައްރުން، ކޮންމެ ބައްރަކުން ތިން ޓީމާއި އޯޝޭނިއާގެ ޓީމެކެވެ.

ފީފާގެ ރައީސް ގިއާނީ އިންފަންޓީނޯ ވިދާޅުވެފައިވަނީ މުބާރާތް ހަމަ ޖެހުމުން ވަރަށް އުފާވާ ކަމަށެވެ. އަދި އަސްލު ކްލަބް ވޯރލްޑްކަޕްއެއް ދުނިޔެއަށް ފެނިގެން ދާނެ ކަމަށާއި، މި މުބާރާތުގެ ސަބަބުން އެންމެ މޮޅު ކުޅުމެއް ދައްކާ މުބާރާތް ކާމިޔާބުކުރާ ޓީމަކަށް ދުނިޔޭގެ އެންމެ މޮޅު ކްލަބުގެ ލަގަބު މި މުބާރާތުގެ ސަބަބުން ލިބިގެން ދާނެކަމަށެވެ.

ކްލަބް ވޯރލްޑްކަޕްގެ ޕްލޭނަށް ޔޫއެފާއިިން ވޯޓު ދީފައެއް ނުވެއެވެ. ހަމަ އެހެންމެ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އާއި ފުޓްބޯޅަ ކުޅުންތެރިންގެ ދުނިޔޭގެ ޖަމިއްޔާ ފިފްޕްރޯ އިން ވެސް މި މުބާރާތަށް ވަނީ ނޫނެކޭ ބުނެފައެވެ.

އީސީއޭއިން ބުނެފައިވަނީ ފީފާ އާއި ކްލަބްތަކުން 2024 ގެ ނިޔަލަށް ދުނިޔޭގެ ފުޓްބޯޅަ ކަލަންޑަރު ހަދާފައިވާއިރު، އެއަށް ބެލުމެއް ނެތި ފަށާ އައު މުބާރާތަކަށް އެ އިދާރާއިން ތާއީދު ނުކުރާނެ ކަމަށެވެ.

އީސީއޭގެ ބޯރޑް މެމްބަރ އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ޗީފް އެގްޒެކެޓިވް އެޑް ވޫޑްވާރޑް ވަނީ މި މުބާރާތާއި މެދު ކަންބޮޑުވުން ފާޅުކޮށް ސިޓީއެއް އާންމު ކޮށްފައެވެ.

ވޫޑްވާރޑްގެ ސިޓީގައި ވިދާޅުވެފައިވަނީ އައު ކްލަބް ވޯރލްޑްކަޕްއާއި ދެކޮޅު ކަމަށާއި، އީސީއޭ އިންވެސް މުބާރަތް ބަލައިނުގަންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

ކްލަބްތަކާ އެކު ކުންފުނިތަކުން ސޮއިކުރާނީ އަންނަ ހަފްތާގައި: ބައްސާމް

26 ފެބުރުއަރީ 2017
ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

ޓީމު އޮތީ އިތުބާރާއެކު، ކިރިގިސްތާން ކްލަބްވެސް ބަލިކުރެވޭނެ: ނިޒާމްބެ

19 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު