Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަސްޓަމްސް

ސީ.ޖީ.ޓީއަށް 22.7 މިލިޔަން ރުފިޔާ ދެއްކުމަށް ކަސްޓަމްސްގެ މައްޗަށް އަމުރުކޮށްފި

މުދާ ބޮންޑެޑް ވެއަރހައުސްއިން ނެރެ ދާއިމީ އިމްޕޯޓަކަށް ބަދަލުކުރުމުގެ އެންމެހައި މަރުޙަލާތައް ނިންމާފައިވަނީ އިސްލާހަށް އަމަލުކުރަން ފެށިފަހުން ކަމަށް ކަސްޓަމްސްއިން ބުނޭ

އަމްނާ އިމާދު
އަމްނާ އިމާދު | 16 މާރިޗު 2019 | ހޮނިހިރު 10:46
ކަސްޓަމްސް ބިލްޑިންގ

ކަސްޓަމްސް ބިލްޑިންގ

ސީ.ޖީ.ޓީ ޕްރައިވެޓް ލިމިޓެޑަށް 22.7 މިލިއަނަށް ވުުރެ ގިނަ ރުފިޔާ ދެއްކުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްޗަށް ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

އެކަމާއި ގުޅިގެން ކަސްޓަމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސިގިރެޓް، އިމްޕޯޓް ޑިއުޓީ ރޭޓަށް ގެނެވުނު ބަދަލުގެ ސަބަބުން އިތުރަށް ދެއްކި ޑިއުޓީއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށާ، ސީ.ޖީ.ޓީގެ ފަރާތުން ހޯދުމަށް އެދިފައިވާ 22،733،844.36 (ބާވީސް މިލިއަން ހަތްލައްކަ ތިރީސް ތިންހާސް އަށްސަތޭކަ ސާޅީސް ހަތަރު ރުފިޔާ، ތިރީސްހަ ލާރި) އަކީ ކަސްޓަމްސްއިން އެ ފަރާތަށް އަނބުރާ ދައްކަންޖެހޭ ފައިސާ ކަމަށް ހުކުމްގައި ބުނެފައިވާ ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ބުނީ ސީ.ޖީ.ޓީގެ ފަރާތުން 2017 ވަނަ އަހަރު ބޮންޑެޑް ވެއަރހައުސްއަށް ކޮންސައިންކޮށް، 01 މާރިޗު 2017 ވަނަ ދުވަހު ރާއްޖެގެނައި 6 ކޮންޓެއިނަރ ސިގިރެޓް، ބޮންޑެޑް ވެއަރހައުސްއިން ނެރެ، ދާއިމީ އިމްޕޯޓެއްގެ ގޮތުގައި ކްލިއަރކުރިއިރު، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 13 ވަނަ އިސްލާހަށް 02 މާރިޗް 2017 ވަނަ ދުވަހުގެ 14:00 އިން ފެށިގެން އަމަލުކުރަން ފަށާފައިވުމުން، އިމްޕޯޓް ޑިއުޓީ ރޭޓަށް ގެނެވުނު ބަދަލުގެ ސަބަބުން އިތުރަށް ދެއްކި ޑިއުޓީއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށާ، ޑިއުޓީގެ ގޮތުގައި ދައްކަންޖެހޭނީ ބޮންޑެޑް ވެއަރހައުސްއަށް ވެއްދުމަށް ރާއްޖެއަށް މުދާ ގެނައިރު އަމަލު ކުރަމުންދިޔަ ޑިއުޓީ ރޭޓަށް ކަމަށްބުނެ، ސީ.ޖީ.ޓީ ފަރާތުން ކަސްޓަމްސާ ދެކޮޅަށް ސިވިލްކޯޓުގައި ދައުވާކޮށްފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު 13 ވަނަ އިސްލާހަށް އަމަލުކުރަން ފެށުމާއެކު، ރާއްޖެއަށް އެތެރެކުރެވޭ މުދަލުން ޑިއުޓީ ނެގުމަށް ޑިކްލަރޭޝަން ނިންމުމާއި، ޑިއުޓީ ނެގުމާއި، މުދާ ދޫކުރުމުގައި އަމަލުކުރާނެގޮތް ބަޔާންކޮށް ކަމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ނެރެފައިވާ ޑައިރެކްޓިވްއެއްގައި ބަޔާންކޮށްފައިވާ ގޮތުން، "2017 މާރިޗު 02 ދުވަހުގެ 14:00 ގެ ކުރިން ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގާފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައިވާނަމަ އެޑިކްލަރޭޝަން ނިންމާ ދިނުމުގައި ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް ގެނެވުނު 13 ވަނަ އިސްލާހަށް ރިއާޔަތް ނުކުރުމަށް ވަނީ ނިންމާފައެވެ.

ކަސްޓަމްސްއިން ބުނީ ސީ.ޖީ.ޓީގެ ފަރާތުން ބޮންޑެޑް ވެއަރހައުސްއަށް ކޮންސައިންކޮށް ޑިކްލަރޭޝަން ނިންމާ އެމުދަލުގެ ޑިއުޓީއަށްވާ ފައިސާ 17 ފެބުރުވަރީ 2017 ގައި ދައްކާފައިވާއިރު އެމުދާ ރާއްޖޭގެ ބަނދަރަށް އައިސްފައިވަނީ 1 މާރިޗު 2017 ވަނަ ދުވަހު ކަމަށެވެ.

ނަމަވެސް މިމައްސަލާގައި އައު ޑިއުޓީރޭޓުން ފައިސާދެއްކުމަށް ކަސްޓަމްސްއިން އަންގާފައިވަނީ ސީ.ޖީ.ޓީން ބޮންޑެޑް ވެއަރހައުސްގައި މުދާ ސްޓޮކްކޮށް، އެމުދާ ބޮންޑެޑް ވެއަރހައުސްއިން ނެރެ ދާއިމީ އިމްޕޯޓަކަށް ބަދަލުކުރުމުގެ އެންމެހައި މަރުޙަލާތައް ނިމުނުއިރު އެއިސްލާހަށް އަމަލު ކުރުމުގެ ސުންގަޑި، 02 މާރޗް 2017 ވަނަ ދުވަހުގެ 14:00 ނިޔަލަށް ހަމަވެފައި ވާތީ ކަމަށެވެ.

މި މައްސަލަ ސިވިލް ކޯޓުން ބެއްލުމަށްފަހު ސީ.ޖީ.ޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯދުމަށް އެދިފައިވާ 22,733,844.36 ރުފިޔާ (ބާވީސް މިލިއަން ހަތްލައްކަ ތިރީސްތިންހާސް އަށްސަތޭކަ ސާޅީސް ހަތަރެއް ރުފިޔާ، ތިރީސްހައެއް ލާރި) އަކީ ކަސްޓަމްސްއިން އެ ފަރާތަށް އަނބުރާ ދައްކަންޖެހޭ ފައިސާ ކަމުގައި ކަނޑައަޅާ، މިމަހުގެ 6 ވަނަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު