Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދު

އަޅުގަނޑު ކުރި މަސައްކަތް ބަލައިނުގަންނަ ނަމަ ޕާޓީގައި ހުންނާކަށް ބޭނުމެއް ނޫން: އަލީ ވަހީދު

15 މާރިޗު 2019 | ހުކުރު 11:23

ޔާމީންގެ އަނިޔާވެރިކަން ހިތުން ނުފިލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 މާރިޗު 2019 | ހުކުރު 11:23
އަލީ ވަހީދު އެމްޑީޕީ ޕޯޑިއަމެއްގައި ވާހަަކަފުޅު ދައްކަވަނީ

އަލީ ވަހީދު އެމްޑީޕީ ޕޯޑިއަމެއްގައި ވާހަަކަފުޅު ދައްކަވަނީ

އަޅުގަނޑުމެން ކުރި އިހުލާސްތެރި މަސައްކަތްތައް ޖުމްހޫރީ ޕާޓީގެ ލީޑަރަށް އެކަން ގަބޫލުނުކުރެވޭ ކަމަށްވަންޏާ އެ ޕާޓީގަ އެންމެ ސިކުންތަކު ވެސް ހުންނަން ބޭނުން ނުވާ ކަމަށް އެ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވާފައިވާ އަލީ ނިޔާޒުގެ ކެމްޕޭނު ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ބައިވެރިވެވަޑައިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ވެސް ހުންނެވި އަލީ ވަހީދު ވިދާޅުވީ އަޅުގަނޑުމެން ކުރި އިހުލާސްތެރި މަސައްކަތަށް ޖުމްހޫރީ ޕާޓީގެ ލީޑަރާއި، ޖުމްހޫރީ ޕާޓީއަށް އެކަން ގަބޫލުނުކުރެވޭ ކަމަށްވަންޏާ ނުވަތަ އިތުބާރު ނެތިއްޔާ އެ ޕާޓީގަ ވެސް އެންމެ ސިކުންތަކު ވެސް ހުންނާކަށް ބޭނުމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށްށާއި، ސަރުކާރަށް އަޅުގަނޑުމެން ކުރި އިހްލާސްތެރި މަސައްކަތާއި އިތުބާރު ނެތިއްޔާ ވެސް އެންމެ ހިނދުކޮޅަކު ސަރުކާރުގެ މަގާމުގަ ވެސް ހުންނަން ބޭނުންނުވާ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިނިސްޓަރު ވިދާޅުވީ ކުރިއަށްއަޅާ އެއްވެސް ފިޔަވަޅެއް ޔާމީންގެ އިތުރުން ފާތުމާއެކު ވެސް އަޅަން ބޭނުންނުވާ ކަމަށާއި، އެ އަނިޔާވެރިކަން ހިތުން ދުވަހަކު ވެސް ނުފިލާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އެ ވެރިކަން ހަމަބިމަށް ތިރިކުރީ ރައްޔިތުން ކަމަށާއި، 5000 ވޯޓުގެ ފަރަގެއް އައި ނަމަވެސް އޮޅުވާލާނެ ކަމަށެވެ.

"އެއިންތިޚާބު 5000 ވޯޓަށް ކައިރި ނަމަވެސް ހިލާލިސް. އަޅުގަނޑުމެން އެރޭ ތިބީ ވޯޓު ގުނަން. އެއީ އަޅުގަނޑުމެންނަށް ގައުމަށް އާދެވޭނެތޯ. އަދި ފަސް އަހަރަށް ރެފިއުޖީއެއްގެ ގޮތުގައި އުޅެންވީތޯ އަޅުގަނޑުމެން ކުރިމަތީގަ އޮތް ސުވާލަކީ އޮޅުވާލަން މީހަކު ފޮށީގަ އަތް އަޅަން ވެސް ޖެހެލުންވާ ވަރަށް ދިވެހިރައްޔިތުން ފަރަގު ކަނޑާލި. އެހެންވީމަ ފައިބަން ޖެހުނީ. އެހެން ނޫންނަމަ ނުފައިބާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ޔާމީނާ އުފެދުނު ދެކޮޅުވެރިކަމަށްވުރެ ބޮޑަށް ޖޭޕީ އަދި އެމްޑީޕީން ދެކޮޅުވެރިކަން އުފެދިއްޖެނަމަ މި ލީޑަރުންގެ ގާބިލްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ 25 އަހަރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ އެތައް ރައްޔިތުންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މިވެރިކަން ދިފާއު ކުރެއްވުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް