Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަން

މޫދާ ގުޅުންހުރި ސްޓޭންޑަޑްތަކުގެ ޕްރޮގްރާމެއް ލޯންޗުކުރަނީ

މި މަހުގެ 27 ގެ ކުރިން އެ ޕްރޮގްރާމް ލޯންޗުކުރާނަން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 މާރިޗު 2019 | ހުކުރު 09:57
ޝެރެޓަން ރިސޯޓް

ޝެރެޓަން ރިސޯޓް

މޫދާ ގުޅުންހުރި ކަންކަމުގައި ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާއި ސްޓޭންޑަޑްތައް ދެމެހެއްޓޭނެ ގޮތަށް ކަރުދާހެއް ތައްޔާރުކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކަރުދާސް ތައްޔާރުކޮށްފައިވަނީ އޮސްޓްރޭލިއާ އަދި ނިއުޒިލޭންޑްގައި ސްޓޭންޑަޑްތަކަށް ބެލުމަށްފަހުގައި ކަމަށާއި އެ ޕްރޮގްރާމް މި މަހުގެ 27 ގެ ކުރިން އެ ޕްރޮގްރާމް ލޯންޗުކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement
"މި ޕްރޮގްރާމްގެ ބޭނުމަކީ ރާއްޖޭގައި މި ހިނގާ ހިތާމަވެރި ހާދިސާތަކާއި މިކަންކަމަށް އެދެވޭ ބަދަލެއް ގެނައުމަށް މިނިސްޓްރީން ވެސް އިސްނަގައިގެން ކުރެވިދާނެ ކަންތައްތައް ބަލާ އިންޑަސްޓްރީގެ ބޭފުޅުންނާއެކު މިކަންކަން ކުރުން. މިކަންކަން ހައްލު ކުރެވޭނީ ހުރިހާ ފަރާތްތަކުން ޒިންމާދާރުވެގެން. ވިސްނުން ޤާނޫނާއި ޤަވާދަށް އަހުލުވެރިވުން އެއީ ވަރަށް މުހިންމުކަމެއް. އަޅުގަނޑު އެދެން ހުރިހާ ފަރާތްތަކުން ވެސް މިކަންކަމަށް ސަމާލުކަން ދިނުމަށް" އަލީ ވަހީދު ވިދާޅުވިއެވެ.

މޫދުގައި ދިމާވާ އެކި ހާދިސާތަކުގެ ސަބަބުން ރާއްޖޭގައި މަރުވާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. 'ގޮތް ނޭނގޭ' ގޮތަކަށް ރާއްޖޭގައި ގިނަ ފަތުރުވެރިންތަކެއް މަރުވަމުން ދަނީ ކަނޑުއަޑީގައި އަޅާފައިވާ ކަރަންޓް ކޭބަލްތަކުގެ ސަބަބުން ކަމަށް 2017 ވަނަ އަހަރު ރާއްޖެ އައި ފަތުރުވެރިއަކު ތުހުމަތުކޮށްފައިވީ ނަމަވެސް މޫދަށް އެރި އުޅޭ މީހުން ކަރަންޓްގައި ޖެހޭ ގޮތަށް "ހައި ވޯލްޓޭޖް" ކަރަންޓް ކޭބަލްތަކެއް ރާއްޖޭގެ ކަނޑު އަޑީގައި އަޅާފައި ނުހުންނާނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފައެވެ.

ޓޫރިޒަމް ޤާނޫނުގައި އަދިވެސް ހުރީ ވަރަށް ކުރީގެ ޤަނޫނުކަން ފާހަގަކުރައްވާ އަލީ ވަހީދު ވިދާޅުވީ އެ ޤާނޫނުތައް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ވިޔަފާރިވެރިޔާ ހަލާކުވާވަރުގެ ޖޫރިމަނާ ޤާނޫނުތައް އެބަހުރި ކަމަށެވެ.

ހުޅުލެއާ މާލެ އާއި ވިލިނގިލީގައި ހާއްސަ އިންސްޕެކްޝަންތަކެއް ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

"މި ފެށޭ ހަފްތާގައި އަޅުގަނޑުމެން އެ އިންސްޕެކްޝަންތައް ކުރާނަން. ޤަވާއިދުތައް އިސްލާހުކުރާއިރު މޫދަށް އެރޭ ސަރަހައްދު ކޮންމެ ރަށެއްގައި ވެސް ކަނޑައެޅިގެންދާނެ. މޫދާއި ގުޅުންހުރި ސްޓޭންޑަޑް ޕްރޮގްރާމް ނިންމާލެވޭއިރު ކޮންމެ ރަށެއްގައި އޮޔެވަރާ ހަމައަށް އަންނަ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުވޭނެ. ދުނިޔޭގެ އެހެންތަންތަނުގައި ހުންނަ ސްޓޭންޑަޑަށް ރާއްޖޭގެ ޖަޒީރާވަންތައް ވަށައިގެންވާ ވެށި ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީގެ އަމާޒަކީ މާރޗް މަސް ނިމުމުގެ ކުރިން ކެބިނެޓަށް ޓޫރިޒަމްގެ ވިޔަފާރިކުރަން ރާއްޖޭގައި ފަހި މާހައުލެއް ޤާއިމުކޮށް، އެ ދާއިރާއަށް ގެނެވޭނެ ބަދަލުތަކުގެ މައްޗަށް ކަރުދާހެއް ތައްޔާރުކުރުމެވެ. ކެބިނެޓްގެ މަޝްވަރާއާއެކު އެ މަސައްކަތް ނިމިގެންދިޔުމުން މުޅި އިންޑަސްޓްރީއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ފަށައިފި

30 އޯގަސްޓު 2017
ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ފަށައިފި
19 އޯގަސްޓު 2017

މުޅިރަށް ސާފުކުރުމުގެ ޕްރޮގްރާމެއް މަތިވެރީގައި ހިންގައިފި

19 އޯގަސްޓު 2017
 މުޅިރަށް ސާފުކުރުމުގެ ޕްރޮގްރާމެއް މަތިވެރީގައި ހިންގައިފި
17 އޯގަސްޓު 2017

މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ

17 އޯގަސްޓު 2017
މަގުތަކުން ވެހިކަލް ނެގުމުގެ ޚާއްސަ ޕްރޮގްރާމެއް ފުލުހުން ފަށަނީ
14 އޯގަސްޓު 2017

ރާއްޖެޓީވީ އާއި މެޓްރޯޕޮލިޓަން ކޮލެޖް ގުޅިގެން ސްކޮލަޝިޕް ޕްރޮގްރާމެއް ހުޅުވާލައިފި

14 އޯގަސްޓު 2017
ރާއްޖެޓީވީ އާއި މެޓްރޯޕޮލިޓަން ކޮލެޖް ގުޅިގެން ސްކޮލަޝިޕް ޕްރޮގްރާމެއް ހުޅުވާލައިފި
09 އޯގަސްޓު 2017

"ބާރުވެރި އަންހެނުން"ގެ ނަމުގައި ޕްރޮގްރާމެއް ފަށަނީ

09 އޯގަސްޓު 2017
 "ބާރުވެރި އަންހެނުން"ގެ ނަމުގައި ޕްރޮގްރާމެއް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު