Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒީލެންޑްގެ ބަޑީގެ ހަމަލާ

ނިއުޒީލެންޑްގެ ދެ މިސްކިތަކަށް ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލާއިފި

15 މާރިޗު 2019 | ހުކުރު 07:23

ހަމަލާ ދިނީ ކަނާތު ފިޔައިގެ ހަރުކަށި ފިކުރުގެ ބައެއްކަމަށް ތުހުމަތުކުރޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 15 މާރިޗު 2019 | ހުކުރު 07:23
ހަމަލާއާއި ގުޅިގެން ހަތަރު މީހަކުވަނީ ހައްޔަރުކޮށްފައި

ހަމަލާއާއި ގުޅިގެން ހަތަރު މީހަކުވަނީ ހައްޔަރުކޮށްފައި

ނިއުޒީލެންޑްގެ ކްރައިސްޓްޗަރޗްގެ ދެ މިސްކިތަކަށް ބަޑިހިފައިގެން ތިބި ބަޔަކު ހުކުރު ދުވަހު ވަދެ، ބަޑީގެ ހަމަލާތަކެއްދީ އެތައް ބަޔަކު މަރާލައިފި އެވެ.

ބޮޑުވަޒީރު ޖެސިކާ އާޑެން ވިދާޅުވީ ހަމަލާތަކުގައި 40 މީހަކު މަރާލާފައިވާކަމަށާއި، 20 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިގެން ފަރުވާދެމުން އަންނަކަމަށެވެ. އަދި އެތަންތަނުގެ ހާލަތު ގާތުން ބަލަމުންދާކަމަށާއި، މިވަގުތު އޮތީ ބަދަލުވަމުންދާ ހާލަތެއްގައިކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރުވަނީ މިއީ އެ ގައުމުގައި "ކަޅު ދުވަހެއް"ގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

ފުލުހުންގެ ކޮމިޝަނަރ މައިކް ބުޝް ވިދާޅުވީ ހަމަލާއާއި ގުޅިގެން ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް ކޮމިޝަނަރ ވިދާޅުވީ ހަމަލާގެ ބިރުވެރިކަން މުޅިން ފިލާ ދިޔައީކަމަށް އަދި ނުނިންމާ ކަމަށެވެ.

ޓީވީއެންޒެޑްގެ ރިޕޯޓަރ ސަމް ކްލާކްވަނީ ހަމަލާދޭން ފެށި ވަގުތު، މަސްޖިދު އަލް ނޫރުގައި ތިބި އެތައް ބަޔަކާ ވާހަކަދައްކާފައެވެ. އަލް ޖަޒީރާގައި އޭނާ ބުނެފައިވަނީ އޮޓަމެޓިކް ބަޑި ހިފައިގެން ހުރި ފިރެހެނަކު މިސްކިތަށް ވަދެ ހަމަލާ ދޭން ފެށީކަމަށެވެ.

"ބަޑިއެއް ހިފައިގެން ކަޅު ހެދުމެއްލައިގެން ހެލްމެޓް އަޅައިގެން ހުރި އެ މީހާ މިސްކިތުގެ ފަހަތުން އައިސް އަޅުކަމުގައި ތިބި މީހުންނަށް ހަމަލާދޭން ފެށީ." ކްލާކް ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ދެވަނަ ހަމަލާ ދީފައިވަނީ ލިންވުޑް މިސްކިތުގައި ހުކުރު ނަމާދަށް ތިއްބާކަމަށެވެ. މި ހަމަލާގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އާއްމުކޮށް ސުލްހަވެރި ގައުމެއްގެ ގޮތުގައި ފާހަގަވާ ޕެސިފިކްގެ މި ގައުމުގައި ދިން ހަމަލާތަކަށްފަހު ވަނީ މިސްކިތްތަކާއި ސްކޫލްތައް ބަންދުކޮށްފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
02 އެޕްރީލު 2017

ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި

02 އެޕްރީލު 2017
ހިމާޔަތް ހޯދުމަށް އިނގިރޭސިވިލާތުގައި އުޅުނު ކުއްޖަކަށް ހަމަލާދީފި
02 އެޕްރީލު 2017

ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ

02 އެޕްރީލު 2017
ބޯކޮށް ވާރޭވެހި ކިސަޑު ފޭބުމުގެ ސަބަބުން ކޮލަމްބިއާގެ އެތައް ބަޔަކު މަރުވެއްޖެ
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 މާރިޗު 2017

ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި

10 މާރިޗު 2017
ޖަރުމަނުގެ ރެއިލްވޭ ސްޓޭޝަނެެއްގައި ކޯރާޑިން ހަމަލާދީ ބަޔަކު ޒަޚަމްކޮށްލައިފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް