Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖެ - އެމެރިކާ

އެމެރިކާއިން ރާއްޖެއަށް އިތުރު 20 މިލިއަން ޑޮލަރުގެ އެހީދޭން ނިންމައިފި

13 މާރިޗު 2019 | ބުދަ 12:53

ފައިސާ ލިބެނީ ފަސް އަހަރަށް ބަހާލައިގެން

އަމަން ހަލީމް
އަމަން ހަލީމް | 13 މާރިޗު 2019 | ބުދަ 12:53
ސަފީރު އެލައިނާ ޓެޕްލިޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ސަފީރު އެލައިނާ ޓެޕްލިޒް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖެ އާއި އެމެރިކާއާ ދެމެދު އަންގާރަ ދުވަހު ސޮއި ކުރެވުނު ޑިވެލޮޕްމެންޓް އޮބްޖެކްޓިވް އެސިސްޓަންސް ގްރާންޓް އެއްބަސްވުމުގެ ދަށުން ރާއްޖެއަށް 20 މިލިއަން ޑޮލަރުގެ އެހީދޭން އެމެރިކާއިން ނިންމައިފިއެވެ.

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުމް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލައިނާ ޓެޕްލިޒް ވިދާޅުވީ މި ފައިސާއަކީ ލިބިގެން ދާނީ ފަސް އަހަރުގެ ތެރޭގައި ބައިބަޔަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މި އަހަރު ތިން މިލިއަން ޑޮލަރުގެ އެހީދޭން ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

މި ފައިސާއަކީ ދައުލަތުގެ ފައިސާ މެނޭޖް ކުރުމަށާއި، ގާނޫނޫގެ ބާރު ނަގަހައްޓަން އަދި މި ނޫންވެސް އެހެން ދާއިރާތަކުން އެހީތެރިވެދިނުމުގެ ގޮތުން ދެވުނު ފައިސާއެއް ކަމަށް ވެސް ސަފީރު އެލައިނާ ވިދާޅުވިއެވެ. އަދި އެމެރިކާއިން އެހީތެރިވާން ބޭނުންވަނީ ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި އެކަނި ކަމަށާއި މި ކަންކަން ކަނޑައެޅޭނީ ދެ ގައުމުން ވެސް ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް އެނގުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުން އިތުރު އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެލައިނާ ވިދާޅުވިއެވެ. ރާއްޖެއާއި އެމެރިކާއިން ވަނީ އަންގާރަ ދުވަހު ދަ ފުލްބްރައިޓް އެކެޑަމިކް އެކްސްޗޭންޖް ޕްރޮގްރާމްގެ އެމް.އޯ.ޔޫ ގައި އަދި އޭވިއޭޝަން ސެކިއުރިޓީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ. މި ދެ އެއްބަސްވުމުގައި ވެސް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގައި އަދި ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް އެމެރިކާ ސަފީރު ވިދާޅުވިއެވެ. ނަމަވެސް ދުޅަހެޔޮ ދިމުގްރާތީ ނިޒާމަކަށް އާއްމުންގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި ދެފުށް ފެންނަ ތަހުގީގުތަކެއް ކުރުން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާ ސަފީރުގެ މި ދަތުރުފުޅުގައި އިދިކޮޅުގައި ހަރަކާތްތެރިވާ ސިޔާސީ ފަރާތްތަކާ ބައްދަލު ކުރައްވަން ވެސް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންގެ ވާހަކަތައް އަޑުއަހަން އެއްމެންގެ ހިޔާލުތައް ހުރިގޮތް އެނގެން މުހިންމުކަމަށް އެލައިނާ ވިދާޅުވިއެވެ.

މިއީ އެމެރިކާ ސަފީރު ރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އެކަމަނާ ފުރަތަމަ ރާއްޖެއަށް ވަޑައިގެންނެވީ ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ. ސަފީރުކަމުގެ ހުވާ އޮކްޓޫބަރު މަހުގެ ތެރޭގައި ހުވާކުރެއްވި އެލައިނާގެ މި ފަހަރުގެ ދަތުރުފުޅުގައި އޭނާ ވަނީ ޅަވިޔަނި އަތޮޅުގެ ތިން ރަށަކަށް ޒިޔާރަތްކޮށް އެ ރަށްތަކުގެ ކައުންސިލް މެމްބަރުންނާ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.

ސަފީރުގެ މި ދަތުރުފުޅުގައި އެމެރިކާ އެމްބަސީގެ ތަރުޖަމާނު ނޭންސީ ވެންހޯރން އަދި ޕޮލިޓިކަލް އޮފިސަރު ތެރެވިސް ހޯލް ބައިވެރިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް