Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކީ ރޮނާލްޑޯ!

ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަށް މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ވަނީ 260 މިލިއަން ޑޮލަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2024 | ހޮނިހިރު 02:24
އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ

އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކަށް، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ހޮވިއްޖެ އެވެ.

ފޯބްސް މެގަޒިން އިން ކޮންމެ އަހަރަކު ވެސް ހޮވާ، ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓަކަށް ރޮނާލްޑޯ ހޮވުނުއިރު، ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ކުޅުންތެރިޔާ އަށް މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ވަނީ 260 މިލިއަން ޑޮލަރު ލިބިފަ އެވެ.

ފޯބްސް އިން އާންމު ކުރި ލިސްޓުގެ ދެ ވަނައިގައި އޮތީ ސްޕެއިންގެ ގޯލްފް ކުޅުންތެރިޔާ، ޖޯމް ރާމް އެވެ. އޭނާ އަށް ވަނީ އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި 218 މިލިއަން ޑޮލަރު ލިބިފަ އެވެ.

ލިސްޓުގެ ތިން ވަނައިގައި އޮތީ ރޮނާލްޑޯއާ ވާދަވެރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ. އެމެރިކާގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ މެސީ އަށް ވަނީ މިދިޔަ އަހަރުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 135 މިލިއަން ޑޮލަރު ލިބިފަ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެތުލީޓުންގެ ލިސްޓުގެ ހަތަރު ވަނައިގައި އޮތީ ބާސްކެޓު ކުޅުންތެރިޔާ ލެބްރަން ޖޭމްސް އެވެ. އޭނާ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 128.2 މިލިއަން ޑޮލަރެވެ. އަދި ފަސް ވަނައިގައި އޮތް ޖިއަނީސް އަންޓެޓޮކޮއުންމްޕޯ އަށް ލިބިފައި ވަނީ 111 މިލިއަން ޑޮލަރެވެ. ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ހަ ވަނައިގައި އޮތީ 110 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ލިބިގެންނެވެ.

ފޯބްސް މަޖައްލާކްރިސްޓިއާނޯ ރޮނާލްޑޯ

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
08 އޮކްޓޯބަރު 2025

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ
07 ސެޕްޓެމްބަރު 2025

ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ

07 ސެޕްޓެމްބަރު 2025
ރޮނާލްޑޯގެ ދެ ލަނޑާ އެކު ޕޯޗުގަލް މޮޅުވެއްޖެ
28 ޖޫން 2025

އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި

28 ޖޫން 2025
އިތުރު ދެ އަހަރަށް، އަލް ނަޞްރުގެ އެއްބަސްވުން ރޮނާލްޑޯ އައު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު